ދުނިޔެ

އިސްރާއިލްގެ ހަމަލާތަކުގައި ޣައްޒާގައި މަދުވެގެން 17 މީހުން ޝަހީދުވެއްޖެ

އިސްރާއިލްގެ ހަމަލާތަކުގައި ޣައްޒާގައި މަދުވެގެން 17 މީހުން ޝަހީދުވެއްޖެ

ޣަައްޒާއަށް ދިން ހަމަލާއެއްގައި ޝަހީދުވެފައިއޮތް ކުޑަކުއްޖެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޮކްޓޯބަރު 2025، 12:41

01 އޮކްޓޯބަރު 2025، 12:41

އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، އެންމެ ފަހުން ދިން ހަމަލާތަކުގައި މަދުވެގެން 17 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ.

 މި ހަމަލާތައް ދީފައިވަނީ އެމެރިކާއިން ހަމަލާތައް ހުއްޓުވުމަށް ޕްލޭނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދުގައި ހުރި އަލް-ފަލާހް ސްކޫލަށް އިސްރާއިލުން ދިން ދެ މިސައިލް ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފައެވެ. މި ސްކޫލަކީ ގެދޮރުގެއްލި ޙާލުގައި ޖެހިފައިވާ އެތައް ސަތޭކަ މީހުން ހިމާޔަތް ހޯދަމުންދިޔަ ސަރަހައްދެކެވެ. ބެޕްޓިސްޓް ހޮސްޕިޓަލުގެ މެޑިކަލް ވަސީލަތްތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާގޮތުގައި މި ހަމަލާގައި 6 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.

ޣައްޒާ ސިޓީގެ އަލް-ދަރަޖް ސަރަހައްދުގައި ހުރި ގެއަކަށް އިސްރާއިލުން ދިން ހަމަލާއެއްގައި 7 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވެއެވެ. އަދި އަލް-ޝިފާ ހޮސްޕިޓަލްގެ ގޯތިތެރޭގައި 11 ހަށިގަނޑު ވަޅުލާފައިވާކަން ފާހަގަކުރެވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ހަމާސްއަށް އޭނާގެ ހުއްޓުވުމުގެ ޕްލޭނަށް ޖަވާބު ދިނުމަށް "ތިން ނުވަތަ ހަތަރު ދުވަސް" ލިބޭނެ ކަމަށެވެ. މި ޕްލޭންގައި ހިމެނެނީ ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، އިޒްރޭލުގެ ބަންދުގައި ތިބި ފަލަސްތީނުންނާ ހަމާސްގެ ބަންދުގައި ތިބި އިސްރާއިލްގެ އަސީރުން ބަދަލުކުރުމާއި، އިސްރާއިލް ސިފައިން ޣައްޒާއިން ފިޔަވަހިތަކަކަށް ބަހާލައިގެން ފުރާލުން ހިމެނެއެވެ.

އިސްރާއިލްގެ ދެ އަހަރުގެ ހަނގުރާމައިގައި މިހާތަނަށް 66,000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވާއިރު، ހަމާސްގެ ވާހަކަދައްކާ ޓީމުން މިހާރު ދަނީ ޓްރަމްޕްގެ ޕްލޭން ދިރާސާކުރަމުންނެވެ. މިކަން ޤަތަރުގެ ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން