Ads by Stelco

ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅުގޮތަކީ އެ ޢަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޒުކުރުން: ވަޒީރު އިޙްސާން

ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅުގޮތަކީ އެ ޢަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޒުކުރުން: ވަޒީރު އިޙްސާން

ވަޒީރު އިޙްސާނު/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 ސެޕްޓެމްބަރު 2025، 07:49

30 ސެޕްޓެމްބަރު 2025، 07:49

ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅުގޮތަކީ އެ ޢަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޒުކުރުންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް  އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަޤާމުތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޒުކުރުން ކަމަށެވެ. އެހެންކަމުން، އަދުގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ގެންދަނީ އެ މަސައްކަތް ކުރައްވަމުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.



ވަޒީރު އިތުރަށް ވިދާޅުވީ، މި ފުރުޞަތު ފާއިތުވި 15 އަހަރު ލިބުނު ނަމަވެސް، މިކަން ނުކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުތަކަށް މީހުން ނެރިގެން ކުރަން އެ އުޅެނީ ކޮންކަމެއްކަން ރައްޔިތުން ވިސްނާލަންޖެހޭ ކަމަށެވެ.  ހަމަ އެހެންމެ، މަތީ މަޤާމުތަކުގައި އެބޭފުޅުން އޭރު ތިއްބެވިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮންކަމެއްތޯ ސުވާލު ކުރަންޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ސުވާލު އުފައްދާފި ނަމަ، އެފަދަ ސުވާލުތަކަށް ޖަވާބުދެވޭނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން