ދުނިޔެ

ޠާލިބާނުން އިންޓަރނެޓް ކަނޑާލުމާއި އެކި އަފްޣާން އަންހެނުންގެ އުންމީދުތައް ފުނޑުފުނޑު !

ޠާލިބާނުން އިންޓަރނެޓް ކަނޑާލުމާއި އެކި އަފްޣާން އަންހެނުންގެ އުންމީދުތައް ފުނޑުފުނޑު !

އަފްޣާނިސްތާނުގެ އެންޓަނާތަކެއް ހުންނަ ސަރަޙައްދެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ސެޕްޓެމްބަރު 2025، 05:20

30 ސެޕްޓެމްބަރު 2025، 05:20

އަފްޣާނިސްތާނުގައި ޠާލިބާނުން އިންޓަނެޓް މުޅިން ކަނޑާލުމާއި ގުޅިގެން، އެ ޤައުމުގެ އަންހެނުންނަށް އިތުރު ހިތާމައަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ގިނަ އަންހެނުންނަށް އޮންލައިން ކިޔެވުމާއި މަސައްކަތްކުރުމަކީ ބޭރު ދުނިޔެއާ ގުޅިފައިވާ އެންމެ ފަހު ގުޅުމެވެ. މިހާރު އެ ގުޅުންވެސް ވަނީ ކަނޑާލެވިފައެވެ.

ޠާލިބާނުން ސްކޫލްތަކުން އަންހެން ކުދިން މަނާކުރުމާއި، ޔުނިވަރސިޓީތަކުން އަންހެނުން ލިޔުއްވާފައިވާ ފޮތްތައް ނެގުމާއި، އަންހެނުންގެ ވަޒީފާތައް ހަނިކުރުމާ ގުޅިގެން، ގިނަ އަންހެނުން ވަނީ އޮންލައިން ކިޔެވުމަށް ބަރޯސާވެފައެވެ. މިސާލަކަށް، ފަހީމާ ނޫރީ ކިޔާ އަފްޣާން އަންހެނަކު އޮންލައިން ޔުނިވަރސިޓީއެއްގައި ރަޖިސްޓްރީވެ، އޭނާގެ ކިޔެވުން ނިންމުމަށްފަހު މަސައްކަތްކުރުމުގެ ހުވަފެން ދެކެމުން ދިޔައެވެ. ނަމަވެސް އަންގާރަ ދުވަހު ޠާލިބާނުން އިންޓަނެޓް މުޅިން ކަނޑާލުމާ ގުޅިގެން އޭނާގެ ހުވަފެން ވަނީ ފުނޑުފުނޑުވެގެން ގޮސްފައެވެ.

"އަޅުގަނޑުމެންގެ އެންމެ ފަހުގެ އުންމީދަކީ އޮންލައިން ކިޔެވުން. މިހާރު އެ ހުވަފެންވެސް ވަނީ ނެތިގެން ގޮސްފަ" ފަހީމާ ބުންޏެވެ. ފަހީމާ ފަދަ ގިނަ އަންހެނުންނަށް މިހާރު ވަނީ ގޭތެރޭގައި މަޑުމަޑުން ތިބެން މަޖުބޫރުވެފައެވެ. އެމީހުންނަށް ކިޔެވޭނެ ނުވަތަ އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ.
އިންޓަނެޓް ބްލެކްއައުޓްގެ ސަބަބުން ބައިނަލްއަޤްވާމީ ނޫސްވެރި އިދާރާތަކަށް ކާބުލްގައި ހުރި އެމީހުންގެ އޮފީސްތަކާ ގުޅުން ގެއްލިފައިވާ ކަމަށް ބުނެއެވެ. ކާބުލް އެއަރޕޯޓުން ފުރާ ފްލައިޓްތަކަށްވެސް ދަތިތަކާ ކުރިމަތިވެފައިވެއެވެ. މޯބައިލް އިންޓަނެޓާއި ސެޓެލައިޓް ޓީވީވެސް ވަނީ ކިރިޔާ މަސައްކަތްކުރާ ހާލަތުގައެވެ. އޮންލައިން ޚިދުމަތްތަކަށް ބަރޯސާވާ ވިޔަފާރިތައް ވަނީ ބަނގުރޫޓުވެފައެވެ.

ބީބީސީއަށް ދީފައިވާ އިންޓަވިއުތަކުގައި ގިނަ އަފްޣާނުން ބުނެފައިވަނީ އެމީހުންގެ ދިރިއުޅުން ވަނީ އަނދިރިކަމުގެ ތެރެއަށް ވެއްޓިފައި ކަމަށެވެ. އޮންލައިން ކްލާސްތަކަށް ބަރޯސާވާ ދަރިވަރުންނާއި، ޑިޖިޓަލް ލާނިންގ ސެންޓަރުތައް ހިންގާ މުދައްރިސުންނާއި، ހިލޭ ވައިފައި ބޭނުންކޮށްގެން ތަޢުލީމު ހޯދާ ޢާއިލާތަކަށް މިހާރު އެއްވެސް ގޮތެއް ނެތެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން