ދުނިޔެ

އިސްރާއިލުން ޤަޠަރަށް ދިން ހަމަލާއާއި ގުޅިގެން ނަތަންޔާހޫ މަޢާފަށް އެދިއްޖެ

އިސްރާއިލުން ޤަޠަރަށް ދިން ހަމަލާއާއި ގުޅިގެން ނަތަންޔާހޫ މަޢާފަށް އެދިއްޖެ

ނަތަންޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ސެޕްޓެމްބަރު 2025، 01:44

30 ސެޕްޓެމްބަރު 2025، 01:44

އިސްރާއީލުން ޤަޠަރުގެ ދޯހާގައި ތިބި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަޢާފަށް އެދިއްޖެއެވެ. 

ޤަތަރުގެ ރައްޔިތަކު މަރުވުމާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޤަތަރަށް މަޢާފަށް އެދިއްޖެއެވެ. މި ހަމަލާއަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުށްވެރިކުރުން ލިބުނު ހަމަލާއެކެވެ.

ވޮޝިންގްޓަން ޑީސީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ބޭއްވި ބައްދަލުވުމެއްގައި، ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްޘާނީއަށް ފޯނުކޮށް ނެތަންޔާހޫ މަޢާފަށް އެދިފައިވެއެވެ.

 ވައިޓް ހައުސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ހަމާސްގެ އަމާޒުތަކަށް ދިން މިސައިލް ހަމަލާގައި ޤަތަރުގެ ސިފައިންގެ މީހަކު މަރުވެފައިވާތީ، އެކަމަށް ފުން ހިތާމައެއް ކުރާ ކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.

ސެޕްޓެމްބަރު 9 ގައި ދިން މި ހަމަލާގައި ހަމާސްގެ ދަށް ފަންތީގެ ފަސް މެމްބަރުންނާއި ޤަތަރުގެ ސެކިއުރިޓީ އޮފިޝަލެއް މަރުވިއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އެމެރިކާގެ މެދުވެރިކަމާއެކު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި ބައިވެރިވި ހަމާސްގެ އިސް ލީޑަރުންނަށެވެ. ނަމަވެސް ހަމާސްގެ އެންމެ އިސް ލީޑަރުން މި އަވަހާރަކޮށްލުމުގެ މަސައްކަތުން ސަލާމަތްވިއެވެ.

ޤަތަރުގެ ބޮޑުވަޒީރަށް ނަތަންޔާހޫ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، "ބޮޑުވަޒީރު، އަޅުގަނޑުމެންގެ ހަމަލާގައި ތިޔަ ޤައުމުގެ ރައްޔިތަކު މަރުވެފައިވާތީ އިސްރާއީލުން ހިތާމަކުރާ ވާހަކަ ދަންނަވަން. އަޅުގަނޑުމެންގެ އަމާޒަކަށްވީ ހަމާސް އެކަނި، ޤަތަރުގެ ރައްޔިތުންނެއް ނޫންކަން ޔަޤީންކޮށްދޭން ބޭނުން. އަދި މުސްތަޤުބަލުގައި ޤަތަރުގެ ސިޔާދަތަށް އަރައިގަތުމުގެ އެއްވެސް ގަސްދެއް ނެތްކަން ރައީސަށް ޔަޤީންކޮށްދީފައިވާނެ" މިފަދައިންނެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް މި ހަމަލާ ކުށްވެރިކުރައްވައި، މިއީ ޤަތަރުގެ ސިޔާދަތާއި ސަރަހައްދީ ސަލާމަތަށް ކުރި "ހާމަކަން ބޮޑު" އަރައިގަތުމެއް ކަމުގައި ވިދާޅުވިއެވެ. ޤަތަރަކީ ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ އަދި މެދު އިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ގާއިދާ ކަމަށްވާ އަލް އުދައިދު ހިމެނޭ ޤައުމެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން