ދުނިޔެ

ޣައްޒާއަށް އެހީ ގެންދާ ބޯޓުތައް ރައްކާތެރިކުރުމަށް އިޓަލީއާއި ސްޕެއިން އިން ނޭވީ ޝިޕް ފޮނުވައިފި

ޣައްޒާއަށް އެހީ ގެންދާ ބޯޓުތައް ރައްކާތެރިކުރުމަށް އިޓަލީއާއި ސްޕެއިން އިން ނޭވީ ޝިޕް ފޮނުވައިފި

ގްލޯބަލް ސުމޫދު ފްލޮޓިލާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ސެޕްޓެމްބަރު 2025، 04:36

25 ސެޕްޓެމްބަރު 2025، 04:36

ޣައްޒާއަށް އެހީ ގެންދިއުމަށް މެޑިޓަރޭނިއަން ކަނޑުގައި ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް) ރައްކާތެރިކުރުމަށް އިޓަލީއާއި ސްޕެއިން ނޭވީ ޝިޕް ފޮނުވައިފިއެވެ.  

 މިއީ އެހީ ގެންދާ ބޯޓުތަކަށް އިސްރާއިލުން ޑްރޯން ހަމަލާ އެއް ދިނުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ.

އިޓަލީގެ ދިފާއީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ޕާލަމެންޓުގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، އެ ޤައުމުން އެއް ބޯޓު ފޮނުވާފައިވާ އިރު، ދެވަނަ ބޯޓެއް ކޮންމެ ވަގުތަކުވެސް އެހީތެރިވުމަށް ފޮނުވުމަށް ވަނީ ތައްޔާރުކޮށްފައެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވިދާޅުވެފައިވަނީ، އެ ޤައުމުގެ ކާޓަޖީނާ ބަނދަރުން ހަނގުރާމަމަތީ ބޯޓެއް ފޮނުވާނެއެވެ. އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކުގައި ހުންނެވި ސަންޗެޒް ވިދާޅުވީ، ސްޕެއިންގެ ސަރުކާރުން ގޮވާލަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، މެޑިޓަރޭނިއަން ކަނޑުގައި އެ ޤައުމުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށެވެ.

އެހީ ގެންދާ ފްލޮޓިލާގައި 45 ޤައުމެއްގެ ރައްޔިތުން ބައިވެރިވެފައިވާއިރު، ބުދަ ދުވަހުގެ ރޭ އިޒްރާއީލުގެ ޑްރޯންތަކާއި މަތިންދާ ބޯޓުތަކުން އެ ބޯޓުތަކަށް ހަމަލާދިންކަމަށް އެކްޓިވިސްޓުން ވަނީ ރިޕޯޓުކޮށްފައެވެ. ފްލޮޓިލާގެ އިސްވެރިން މި ހަމަލާތައް ސިފަކޮށްފައިވަނީ "ނުރައްކާތެރި އަދި ކަންބޮޑުވާންޖެހޭ ފަދަ އެސްކަލޭޝަނެއް" ގެ ގޮތުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން