ދުނިޔެ

ފްލޮޓިއްލާއަށް އިސްރާއިލުން ހަމަލާދިނުން އިޓަލީވިލާތުގެ ދިފާޢީ ވަޒީރު ކުށްވެރިކޮށްފި

ފްލޮޓިއްލާއަށް އިސްރާއިލުން ހަމަލާދިނުން އިޓަލީވިލާތުގެ ދިފާޢީ ވަޒީރު ކުށްވެރިކޮށްފި

ޣައްޒާއަށް އެހީގެ ތަކެތި ހިފައިގެން ދަތުރުކުރަމުންދާ ޞުމޫދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2025، 05:57

24 ސެޕްޓެމްބަރު 2025، 05:57

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ "ފްލޮޓިއްލާ އޮފް ރެޒިސްޓަންސް" އަށް އިސްރާއިލުން ޑްރޯން ހަމަލާ ދިނުން އިޓަލީވިލާތުގެ ދިފާޢީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެެ.

އިޓަލީވިލާތުގެ ދިފާޢީ ވަޒީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ހަމަލާއާ ގުޅިގެން ފްލޮޓިއްލާއަށް އެހީތެރިވުމަށް އިޓަލީ ކަނޑުސިފައިންގެ އުޅަނދެއް ފޮނުވުމަށް އަންގަވާފައިވާ ކަމަށެވެ.

ފަލަސްޠީނުގެ އިންސާނީ ހައްޤުތަކާބެހޭ އދ. ގެ ޚާއްސަ ރިޕޯޓަރު ފްރަންޗެސްކާ އަލްބަނީޒީ ވިދާޅުވެފައިވަނީ، މެޑިޓަރޭނިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ ފްލޮޓިއްލާގެ އުޅަނދުތަކަށް 7 ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ. އަދި ފްލޮޓިއްލާގެ އުޅަނދުތަކުގެ މަތިން 15 ޑްރޯން ދަތުރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްލޮޓިއްލާގެ އިދާރީ ކޮމިޓީގެ މެންބަރު ތިއާގޯ ވިލާ ވިދާޅުވެފައިވަނީ، ފްލޮޓިއްލާގެ އުޅަނދުތަކަށް 11 ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ. އަދި މި ހަމަލާތަކަކީ އިންސާނީ އެހީގެ މަސައްކަތް ހުއްޓުވުމަށް ދިން ހަމަލާތަކެއް ކަމަށާއި، ނަމަވެސް މި ހަމަލާތަކުގެ ސަބަބުން ފްލޮޓިއްލާގެ ދަތުރު ނުހުއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލޮޓިއްލާގެ އުޅަނދުތަކަށް ދިން ހަމަލާތަކުގައި 13 ގޮވުން އިވިފައިވާ ކަމަށާއި، މުވާސަލާތީ ނިޒާމަށް ބުރޫއަރާފައިވާ ކަމަށް ފްލޮޓިއްލާގެ އިދާރީ ކޮމިޓީން ބުނެފައިވެއެވެ. އަދި 10 އުޅަނދަކަށް އެނގިފައިނުވާ އެއްޗެހި އަމާޒުކޮށް، އުޅަނދުތަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެ ކޮމިޓީން ބުނެފައިވެއެވެ.

ފްލޮޓިއްލާގެ މަޤްސަދަކީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގެއް ހުޅުވައި، 23 މަސްދުވަސް ވެފައިވާ އިސްރާއިލީ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެހީތެރިވުމެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން