Ads by Stelco

ޚަބަރު

ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާ ދެމެދު ތަޢުލީމީ ދާއިރާއިން މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާ ދެމެދު ތަޢުލީމީ ދާއިރާއިން މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ފަހުމުނާމާގައި ސޮއިކުރުން/ފޮޓޯ: ޚާރިޖީ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ސެޕްޓެމްބަރު 2025، 10:51

23 ސެޕްޓެމްބަރު 2025، 10:51

ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާ ދެމެދު ތަޢުލީމީ ދާއިރާއިން މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

"ކޯޕަރޭޝަން ވިތިން ދަ ފްރޭމްވަރކް އޮފް ދަ ސްޓައިޕެންޑިއަމް ހަންގޭރިކަމް 2025-2027" ފަހުމުނާމާގައި ސޮއިކޮށްފައިވަނީ،  އ.ދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ އެންމެ އިސްބޭފުޅުންގެ ބައްދަލުވުންތަކުގެ ހަވާސާ ތެރެއިންނެވެ. ދިވެހި ސަރަކުރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓަރ ސިޔާރޓޯ އެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ފަހަމުނާމާގެ ދަށުން ހަންގޭރީގެ ޔުނިވަރސިޓީ ތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޑޮކްޓޯރަލް ފެންވަރުގެ ސަނަދުތައް ހާސިލު ކުރުމަށް 2025 އިން 2027 އަށް، ކޮންމެ އަހަރުކު ވެސް ދިވެހި ދަރިވަރުންނަށް 25 ސްކޮލަރޝިޕް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމް އަކީ ބައިނަލްއަޤްވާމީ ދަރިވަރުން ހަންގޭރީގައި މަތީ ތަޢުލީމު ހާޞިލުކުރުމަށް ޝައުގުވެރިކުރުވުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ހަންގޭރީގައި އަމިއްލަ އަދި ރަސްމީ ގުޅުންތައް ޤާއިމުކުރުމުގެ ފުރުޞަތު ހޯދާދެވިގެންދާނެ ކަމަށެވެ. ހަމަ މިއާއެކު ޔޫރަޕްގައި ތިބެ، އެންމެ މަތީ ފެންވަރުގެ  ސެޓްފިކެޓްތައް  ހާސިލުކުރުމުގެ ފުރުޞަތު ވެސް މި  ޕްރޮގްރާމްގެ ދަށުން މަގުފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ގެންދަނީ ރާއްޖޭގެ ކިޔަވާ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ރަނގަޅު ފުރުޞަތުތަކެއް ހޯދައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން