ދުނިޔެ

އިސްރާއިލާ ދެކޮޅަށް ޢަމަލީ ފިޔަވަޅެއް ނާޅައި ފަލަސްޠީނުގެ ދައުލަތުގެ މިނިވަންކަން ބަލައިގަތުމަކީ ބޭކާރު ކަމެއް: ބައިނަލްއަޤްވާމީ މީޑިއާ

އިސްރާއިލާ ދެކޮޅަށް ޢަމަލީ ފިޔަވަޅެއް ނާޅައި ފަލަސްޠީނުގެ ދައުލަތުގެ މިނިވަންކަން ބަލައިގަތުމަކީ ބޭކާރު ކަމެއް: ބައިނަލްއަޤްވާމީ މީޑިއާ

ފަލަސްޠީނުގެ ދިދަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2025، 05:12

22 ސެޕްޓެމްބަރު 2025، 05:12

އިސްރާއިލާ ދެކޮޅަށް ޢަމަލީ ފިޔަވަޅެއް ނާޅައި ފަލަސްޠީނުގެ ދައުލަތުގެ މިނިވަންކަން ބަލައިގަތުމަކީ ބޭކާރު ކަމެއް ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ތަކުން ބުނެފިއެވެ. 

ފަލަސްޠީނު ޤައުމެއްގެ ގޮތުގައި ހުޅަނގުގެ ގައުމުތަކުން އިތުރަށް ބަލައިގަންނަމުންދާ ކަން ފާހަގަކޮށް ބައިނަލްއަޤްވާމީ މީޑިއާތަކުން ދައްކާފައިވާ ވާހަކަތަކުގައި، މި ފިޔަވަޅުގެ ރަމްޒީ މުހިންމުކަން ފާހަގަކުރި ނަމަވެސް، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި އިސްރާއީލަށް ޖަވާބުދާރީ ކުރުވުމަށް އަމަލީ ފިޔަވަޅުތަކެއް ނޭޅޭނަމަ މިއީ މާނައެއް ނެތް ކަމެއް ކަމުގައި ބުނެފައިވެއެވެ.

ބްރިޓިޝް ނޫސް ދަ ގާޑިއަން ގެ އެޑިޓޯރިއަލްގައި ބުނެފައިވަނީ ލަންޑަނުން ފަލަސްޠީނު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަކީ އަމަލީ ހަރަކާތްތަކެއްގެ ފެށުމަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ހިތްހަމަޖެއްސުމަށް އަޅާ ފިޔަވަޅަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އެ ނޫހުން އިތުރަށް ގޮވާލާފައިވަނީ އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުން ހުއްޓުވުމަށާއި، އެ ޤައުމާއެކު ކުރެވޭ އަސްކަރީ އަދި ވިޔަފާރީގެ އެއްބާރުލުން ހުއްޓާލުމަށެވެ.

އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް އިން ފާހަގަކޮށްފައިވާ ގޮތުގައި ފްރާންސް، ބްރިޓެން، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްޠީނު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަކީ، ކުރިން އެމެރިކާ އަދި އިސްރާއީލާ ގާތް ގުޅުމެއް އޮތް މި ޤައުމުތަކުގެ ސިޔާސަތަށް އައި ބޮޑު ބަދަލެއްކަމަށެވެ. ނަމަވެސް މި ބަދަލު އައިސްފައިވަނީ އެ ޤައުމުތަކުގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވި ބާރުގެ ސަބަބުން ކަމަށް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

ފްރެންޗް މީޑިއާ މީޑިއާޕާޓް އިން ބުނެފައިވަނީ ފްރާންސްއިން ފަލަސްޠީނު ބަލައިގަތުމަކީ ލަސްވެފައިވާ ނަމަވެސް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް އިސްރާއީލާ ދެކޮޅަށް އަމަލީ ފިޔަވަޅުތަކެއް ނޭޅޭނަމަ މިއީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ އެއްޗަކަށް ވެގެންދާނެ ކަމަށް އެ މީޑިއާއިން ވަނީ ވިދާޅުވެފައެވެ.

ފްރެންޗް ނޫސް ލޮ މޮންޑް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ވެސް ފަލަސްޠީނު ޤައުމެއްގެ ގޮތުގައި ބަލައިގަތުމާ ދެކޮޅު ހަދާފައިވެއެވެ. އަދި މިއީ އާދަޔާ ޚިލާފު އެއްބައިވަންތަކަމެއް ކަމަށް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން