ދުނިޔެ

ޒަމާންތަކަކަށްފަހު ޔޫއެންޖީއޭއަށް ޒިޔާރަތްކުރި ފުރަތަމަ ސީރިއާގެ ވެރިޔާގެ ގޮތުގައި ޝަރާ

ޒަމާންތަކަކަށްފަހު   ޔޫއެންޖީއޭއަށް ޒިޔާރަތްކުރި ފުރަތަމަ ސީރިއާގެ ވެރިޔާގެ ގޮތުގައި ޝަރާ

ރައީސް ޝަރާ އެމެރިކާގައި ދިރިއުޅޭ ސީރިއާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2025، 04:31

22 ސެޕްޓެމްބަރު 2025، 04:31

ޒަމާންތަކަށްފަހު ޔޫއެންޖީއޭއަށް ޒިޔާރަތްކުރި ސީރިއާގެ ފުރަތަމަ ވެރިއަކަށް ސީރިއާގެ މިހާރުގެ ރައީސް އަޙްމަދު އަލް ޝަރާ ވެއްޖެއެވެ. 

ސީރިއާގެ ރައީސް ޝަރާ ވަނީ އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގައި ބައިވެރިވުމަށް ނިއުޔޯކަށް ވަޑައިގެންފައެވެ. މިއީ 60 އަހަރުގެ ތެރޭގައި އދ. ގެ ޖެނެރަލް އެސެމްބްލީއަށް ޒިޔާރަތްކުރި ފުރަތަމަ ސީރިއާގެ ވެރިޔާއެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީއަށް ޒިޔާރަތްކުރި އެންމެ ފަހު ސީރިއާގެ ވެރިޔާއަކީ ރައީސް ނުރުއްދީން އަލް-އަތާސީއެވެ. އޭނާ ވެރިކަން ކުރެއްވީ އަލް-އަސަދް ޢާއިލާ 1971 ގައި ވެރިކަމަށް އައުމުގެ ކުރިންނެވެ. އަލް-އަސަދް ޢާއިލާގެ ވެރިކަން ނިމުމަކަށް އައީ މިދިޔަ ޑިސެމްބަރުގައި އަލް-ޝަރާ ބަޝާރު އަލް-އަސަދްގެ ސަރުކާރު ވައްޓާލުމުންނެވެ. ސަރުކާރުގެ މީޑިއާއިން މި ދަތުރު ސިފަކޮށްފައިވަނީ "ތާރީޚީ ދަތުރެއް" ގެ ގޮތުގައެވެ.

އަލް-ޝަރާ އަކީ އުތުރު ސީރިއާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ބަޣާވާތްތެރިއެއްގެ ގޮތުގައި ހުރުމަށްފަހު، ކުއްލި ހަމަލާއެއްގެ ތެރެއިން ވެރިކަން ހޯދި ފަރާތެކެވެ. މިދިޔަ މެއި މަހު އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާފައެވެ. މިއީ 25 އަހަރުގެ ތެރޭގައި ސީރިއާގެ ރައީސަކާއި އެމެރިކާގެ ރައީސަކާ ދެމެދު ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

ސީބީއެސްގެ "ފޭސް ދަ ނޭޝަން" އަށް ދެއްވި އިންޓަވިއުއެއްގައި އަލް-ޝަރާ ވިދާޅުވީ "ރައީސް ޓްރަމްޕް ވަނީ ސީރިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް ނައްތާލުމަށް ހިތްވަރުގަދަ އަދި ތާރީޚީ ނިންމުމެއް ނިންމަވާފައި" ކަމަށެވެ. އަދި އެމެރިކާގައި ހުންނަވާއިރު ޓްރަމްޕާ އިތުރު ބައްދަލުވުމެއް ބޭއްވުމުގެ އުންމީދު އޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާއަށް ވަޑައިގަތުމަށްފަހު އަލް-ޝަރާ ވަނީ  ސީރިއާގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި ސީރިއާގެ ފޮރިން މިނިސްޓަރު އަސާދް އަލް-ޝައިބާނީ ވަނީ ވޮޝިންގްޓަންގައި ހުރި އެމްބަސީގައި ސީރިއާގެ އައު ދިދަ ނަންގަވާފައެވެ.

 

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން