ދުނިޔެ

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމާއި ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅުނު ޤަރާރު އެމެރިކާއިން ވީޓޯކޮށްފި

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމާއި ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅުނު ޤަރާރު އެމެރިކާއިން ވީޓޯކޮށްފި

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ސެޕްޓެމްބަރު 2025، 10:58

19 ސެޕްޓެމްބަރު 2025، 10:58

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވުމަށް ގޮވާލާ، ދެކުނު އެފްރިކާއިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު އެމެރިކާއިން ވީޓޯކޮށްފިއެވެ.

 މި ޤަރާރަށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 14 މެންބަރުން ވޯޓުދިން ނަމަވެސް، އެމެރިކާގެ ވީޓޯއާ ގުޅިގެން ޤަރާރު ފާސްނުވެ ބޭރުވެގެން ދިޔައެވެ.

އދ. ގައި އެމެރިކާގެ ދާއިމީ މަންދޫބު މޯގަން އޯޓޭގަސް ވިދާޅުވި ގޮތުގައި މި ޤަރާރުގައި އިސްރާއީލާއި ޙަމާސް އެއް ހަމައެއްގައި ބަހައްޓާފައިވާ ކަމަށާއި، މިއީ ބިމުގައި އޮތް ހަޤީޤަތް ޤަބޫލުކުރާ ޤަރާރެއް ނޫން ކަމަށެވެ. އަދި ހަނގުރާމަ ނިންމުމުގެ ޝަރުތުތަކަށް އިސްރާއީލުން އެއްބަސްވެފައިވާއިރު، އެކަމަށް އިންކާރުކުރަނީ ޙަމާސްއިން ކަމަށް އޯޓޭގަސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ މި ފިޔަވަޅަކީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތައް ކުރިއަށް ގެންދިއުމަށް ހިތްވަރުދޭ ކަމެއް ކަމަށެވެ. އަދި ޙަމާސްއިން ބުނެފައިވަނީ އެމެރިކާގެ މި ފިޔަވަޅަކީ ޣައްޒާގައި ހިނގަމުންދާ ނަސްލު ފޮހެލުމުގެ ކުށުގައި ބައިވެރިވުން ކަމަށެވެ.

ޣައްޒާގައި ކާބޯތަކެތީގެ ތަދުމަޑުކަން އިންތިހާއަށް ގޮސްފައިވާ ކަމަށާއި، އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ޑެންމާކާއި އެހެނިހެން ޤައުމުތަކުން ގޮވާލާފައިވެއެވެ. އަދި ރަޝިޔާއިން އެމެރިކާގެ ވީޓޯއަށް ފާޑުކިޔާ، މި ޤަރާރު ފާސްވެފައިވާނަމަ ޣައްޒާގެ ހާލަތު ރަނގަޅުވީސް ކަމަށް ބުނެފައިވެއެވެ.

ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން މިއީ އެމެރިކާއިން ހަވަނަ ފަހަރަށް ސަލާމަތީ މަޖިލީހުގައި ވީޓޯ ބޭނުންކޮށްފައިވާ ފަހަރެވެ. މިކަމާ ގުޅިގެން ފަލަސްތީނުގެ އެކި ޖަމާޢަތްތަކުން އެމެރިކާގެ މި ފިޔަވަޅު ކުށްވެރިކޮށް، އިސްރާއީލުގެ ބަންދުގައި ތިބި މީހުން ދޫކޮށްލުމަށާއި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން