ދުނިޔެ
ޣައްޒާއިން މީހުން ބޭލުމަށް އިސްރާއިލުން ނެރެފައިވާ އަމުރަށް ކިޔަމަންނުވެ މިލިއަނެއްހާ މީހުން އެބަތިބި

ޣައްޒާގެ ރައްޔިތުން ތަކެއް ވަގުތީ ފޭލިގެ ޖަހައިގެން
ޣައްޒާ ހުސްކުރަން ޣައްޒާއިން މީހުން ބެލުމަށް އިސްރާއިލުން ނެރެފައުވާ އަމުރަށް ކިޔަމަންނުވެ މިލިއަނެއްހާ މީހުން އެބަތިބި ކަަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، އިސްރާއީލުގެ ދާއިމީ ހިޖުރަކުރުމުގެ ރޭވުންތަކުގެ ދަށުން 190،000 އެހެން މީހުން ދެކުނަށް ހިޖުރަކޮށްފައިވާއިރު، މިލިއަނެއްހާ ފަލަސްތީނު މީހުން ޣައްޒާ އަދި އުތުރުގައި ދެމިތިބިކަމަށެވެ. މިއީ އިސްރާއީލުގެ ސިފައިން ވޭތުވެދިޔަ ހަފްތާތަކުގައި ޣައްޒާ ސިޓީގެ ގިނަ ސަރަހައްދުތަކުން އިވެކުއޭޓްކުރުމުގެ އަމުރުތައް އިތުރުކޮށް، އަދި ރިހާބިލިޓޭޝަން ޓަވަރތަކާއި އެޕާޓްމަންޓް ބިލްޑިންގތަކަށް އަމާޒުކުރަމުންދާއިރު، އަންގާރަ ދުވަހު އޮފީހުން ނެރުނު ބަޔާނެކެވެ. ފަލަސްތީނުގެ އޮފިޝަލުން ބުނާގޮތުގައި މިއީ ފަލަސްތީނު މީހުން ޣައްޒާ ސިޓީން ދެކުނު ސަރަހައްދުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުމަށް ކުރާ މަސައްކަތެކެވެ.
އަންގާރަ ދުވަހު، އިސްރާއީލުގެ ސިފައިން އިޢުލާންކުރީ އެމީހުން "ގައްޒާ ސިޓީއަށް އެއްގަމުން ވަދެފައިވާ" ކަމަށެވެ. ނަމަވެސް މައިދާނީ ހެކިތަކާއި ލޯކަލް މަސްދަރުތަކުން ކަށަވަރުކޮށްދީފައިވަނީ އެއްގަމުމަގުން އެެއެއްވެސް އުޅަނދެއްް ވަނުމެއް ނެތްކަމާއި، އެމީހުން ހަމައެކަނި އާޓިލަރީ އަދި ވައިގެ މަގުން ދޭ ހަމަލާތައް އިތުރުކޮށް، އަދި ބޮން އަޅާ ރޮބޮޓްތައް މެދުވެރިކޮށް ފަލަސްތީނު މީހުންނަށް ބިރުދައްކައި، ނައްތާލުމުގެ އަދި ހިޖުރަކުރުމުގެ ހަނގުރާމައިގެ ތެރެއިން ހިޖުރަކުރުމަށް މަޖުބޫރުކުރާކަމެވެ.
ވޭތުވެދިޔަ އޯގަސްޓް 8 ވަނަ ދުވަހު، ނަތަންޔާހޫ ހުށަހެޅި ޣައްޒާ ސްޓްރިޕް އަލުން އޮކިއުޕައި ކުރުމުގެ ޕްލޭން އިސްރާއީލު ސަރުކާރުން ފާސްކުރިއެވެ. މިކަން ފެށުމަށް ހަމަޖެހިފައިވަނީ ޣައްޒާ ސިޓީން ފެށިގެންނެވެ. އޯގަސްޓް 11 ގައި، އިސްރާއީލު ސިފައިން "ގިޑިއަން 2" އޮޕަރޭޝަންގެ ދަށުން ޒައިތޫން ސަރަހައްދު (ދެކުނު އިރުމަތި) އިން ފެށިގެން ސިޓީއަށް ހަމަލާދޭން ފެށިއެވެ. މި ހަމަލާތަކުގައި ގޮވާ ތަކެތި ހަރުކޮށްފައިވާ ރޮބޯޓުތައް ބޭނުންކޮށްގެން ގެތައް ވައްޓާލުމާއި، ބޮޑެތި ހަތިޔާރުން ހަމަލާދިނުމާއި، ބަޑިޖެހުމާއި، މީހުން މަޖުބޫރުން ނެރުން ހިމެނެއެވެ.
އެމެރިކާގެ އެހީތެރިކަމާއެކު، އިސްރާއީލުން 7 އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ އަމަލުތަކުގައި 64،964 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 165،312 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ގިނަ އަދަދެއް ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން 428 ފަލަސްޠީނުން، އޭގެ ތެރެއިން 146 ކުޑަކުދިން ޝަހީދުވެފައިވެއެވެ.