ދުނިޔެ

ނަތަންޔާހޫ އިސްރާއިލްގެ ރައްކާތެރިކަމަށް އިސްކަމެއްނުދޭ، ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ގޯލަން

ނަތަންޔާހޫ އިސްރާއިލްގެ ރައްކާތެރިކަމަށް އިސްކަމެއްނުދޭ، ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ގޯލަން

އިސްރާއިލްގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޔައިރް ގޯލަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2025، 04:05

16 ސެޕްޓެމްބަރު 2025، 04:05

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްރާއިލާއި އިސްރާއިލްގެ ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންނުދޭ ކަމަށާއި އޭނާ ބޭނުންވަނީ އޭނާގެ ވެރިކަން ދަމަހައްޓަން ކަމަށް އިސްރާއިލްގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޔައިރް ގޯލަން ބުނެފިއެވެ.

ގޯލަން ބުނެފައިވަނީ ނަތަންޔާހޫ ޣައްޒާގައި ހިންގާ ހަނގުރާމަ ފުޅާކުރުމަށް ނިންމައި އެކަން އިއުލާންކޮށްފައިވަނީ އޭނާގެ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ.

ގޯލަން ބުނެފައިވާ ގޮތުގައި ނަތަންޔާހޫ އިސްރާއީލަށް ރައްކާތެރިކަން ހޯދައިނުދޭ ކަމަށާއި އަދި އެއްވެސް ވަރަކަށް އިޤްތިޞާދީ ކުރިއެރުމެއްވެސް ހޯދައިދީފައިނުވާކަމަށެެވެ. އޭގެ ބަދަލުގައި މިހާރި އެޤައުމުން ވަނީ ބައިނަލްއަޤްވާމީ ދުނިޔެއިން އެކަހެރިވެފައިކަމަށާއި އެކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުން  ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. 

"މިއީ އިޤްތިޞާދީ އަދި ސަލާމަތީ ކާރިސާއެއް. އޭނާގެ ވެރިކަން ދެމެހެއްޓުމަށްޓަކައި، ނަތަންޔާހޫ ވަނީ ޣައްޒާ ގައި ހަނގުރާމަ އިއުލާންކޮށް، އިސްރާއީލް ހަލާކުކޮށްލާފައި. އަހަރުމެން މި ހީނަރުކަން ހުއްޓުވާނަން. އޭނާ ވެރިކަމުން ދުރުކޮށް، އިސްރާއީލް އަލުން ބައިނަލްއަޤްވާމީ މުޖުތަމައުއާ ގުޅުވައިދީ، ކުރިއަރަމުންދާ އިޤްތިޞާދަކާއި ހަޤީޤީ ރައްކާތެރިކަމެއް ޤާއިމްކުރާނަން،" ގޯލަން ބުނެފައިވެއެވެ.

އިސްރާއީލްގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ވެސް ވަނީ ޣައްޒާގައި ހިންގާ ހަނގުރާމަވެރި ހަރަކާތްތައް ވަރުގަދަކުރުމުން އިތުރު ސިފައިންނާއި ހައްޔަރުކޮށްފައިވާ މީހުން މަރުވެގެންދާނެ ކަމަށް އިންޒާރުދީފައިވެއެވެ.

 އަދި މިކަމުން އެއްވެސް ސިޔާސީ ލަނޑުދަނޑިއެއް ހާސިލްނުވާނެ ކަމަށް ބުނެފައިވެއެވެ.

މި ހަނގުރާމައިގެ ސަބަބުން އިސްރާއީލްގެ ހައްޔަރުކޮށްފައިވާ މީހުންގެ އާއިލާތަކުން ވަނީ ނަތަންޔާހޫގެ ގެ ކުރިމަތީގައި އިހްތިޖާޖުކުރުމަށް ގޮވާލާފައެވެ. އަދި ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމަކީ އެމީހުންގެ އާއިލާ މެމްބަރުން ގުރުބާންކުރުން ކަމުގައި ބުނެފައިވެއެވެ.

އިސްރާއީލް ބެއިތެނާ ޕާޓީގެ ލީޑަރު އަވިގްޑޯރް ލީބަރމަން ވެސް ވަނީ ނަތަންޔާހޫއަށް ފާޑުކިޔައި، އޭނާގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ހައްޔަރުކޮށްފައިވާ މީހުންނާއި އިސްރާއީލްގެ އިސްތިރާތިޖި ގުޅުންތަކާއި އިޤްތިޞާދީ ޤުރުބާންކުރަން ތައްޔާރަށް ހުރިކަން އެއްބަސްވެފައިވާ ކަމަށް ބުނެފައިވެއެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން