ދުނިޔެ

ޣައްޒާގައި ތިބި އިސްރާއިލް ސިފައިންގެ ތެރޭގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ

ޣައްޒާގައި ތިބި އިސްރާއިލް ސިފައިންގެ ތެރޭގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ

އިސްރާއިލް ސިފައިން ޣައްޒާގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2025، 09:30

12 ސެޕްޓެމްބަރު 2025، 09:30

ޣައްޒާގައި ތިބި އިސްރާއިލްގެ ސިފައިންގެ ތެރޭގައި ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ އިސްރާއިލްގެ ނޫހެއް ކަމުގައިވާ ޔެދިއޯތް އަހްރޯނޯތުން ހާމަކޮށްފިއެވެ.

 ޣައްޒާގެ މެދު އަދި ދެކުނު ސަރަހައްދުގައި ތިބި އިސްރާއީީލް ސިފައިންނާއި ސެކިއުރިޓީ ބަލަހައްޓާ މީހުންގެ މެދުގައި ނުރައްކާތެރި ހަމުގެ އިންފެކްޝަނަކާއި ނުރައްކާތެރި އެހެންބަލިތައް ފެތުރެމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

 މިއަދު އެނޫހުން ހާމަކުރި ގޮތުގައި، ޣައްޒާގައި ތިބި އިސްރާއިލް ސިފައިން ވަނީ ތައްމަކުނުގެ ސަބަބުން ޖެހޭ ބަލިތަކުގެ ޝިކާރައަކަށް ވެފައެވެ. ވަގުތީ މަރުކަޒުތަކުގައި ތިބި ސިފައިން ބުނާ ގޮތުގައި، ޚާއްސަކޮށް ރޭގަނޑު ވަގުތުތަކުގައި ތައްމަކުނުގެ ސަބަބުން ގައިހިރުވުމާ އިންފެކްޝަން ގެ އުނދަނގޫތައް ބޮޑުވެފައިވާ ކަމަށެވެ. 

ރިޒާވް އޮފިސަރެއްގެ ބަހުން ހާމަކުރި ގޮތުގައި، ސިފައިން ވަނީ ހަފްތާތަކެއް ވަންދެން މި މައްސަލައިގައި ހަނުތިބެފައެެވެ. ނަމަވެސް ބިންމަތީގައި ނިދުމާއި، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ތިބެން ޖެހުމުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އެނދުތަކުގައި ނިދާ މީހުންނަށްވެސް މި މައްސަލަ ދިމާވަމުންދާކަމަށް ބުނެފައިވެއެވެ. 

އިސްރާއިލްގެ ހިޞާރުގެ ސަބަބުން ޣައްޒާގެ ގިނަ ސަރަހައްދުތަކެއް ވަނީ ބަލިމަޑުކަމުގެ ސަރަހައްދުތަކަކަށް ބަދަލުވެފައެވެ. ފެނާއި ސާފުތާހިރުކަން ކުޑަވުމާއި، ލައްކައަކަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ގެތަށް ދޫކޮށް ދާންޖެހުމުގެ ސަބަބުން، އެމީހުންގެ ބޯހިޔާވަހިކަން ހޯދަން ޖެހިފައިވަނީ ހަލާކުވެފައިވާ ގެތަކާއި މަގުމަތީ ޖަނަވާރުތަކާއި، އެކި ސޫފާސޫފީގެ ތެރޭގައެވެ.

އެމެރިކާގެ އެހީތެރިކަމާއެކު، 2023 އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގައި ނަޞްލު ނައްތާލުމުގެ ހަމަލާތައް ފަށައިފައެވެ. މިހާތަނަށް 64,718 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 163,859 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން 411 ފަލަސްޠީނު ރައްޔިތުން، އޭގެ ތެރެއިން 142 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން