Ads by Stelco

ޚަބަރު

މަޓާޓޯގެ ސީއީއޯގެ މަޤާމުން އާމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފި

މަޓާޓޯގެ ސީއީއޯގެ މަޤާމުން އާމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފި

އާމިނަތު ސޫޒަން ފޮޓޯ: ހޮޓަލިއަރ މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ސެޕްޓެމްބަރު 2025، 06:54

08 ސެޕްޓެމްބަރު 2025، 06:54

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަޤާމުގައި ހުންނެވި އާމިނަތު ސޫޒަން، އެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ. ސޫޒަން މި މަޤާމުގައި ޚިދުމަތް ކުރައްވާފައިވަނީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ މުއްދަތަށެވެ.

މަޤާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސޫޒަން ވިދާޅުވީ، އަމިއްލަ މަސައްކަތަށް ވަގުތު ހުސްކުރުމަށްޓަކައި އަދި މިވަގުތު ބްރޭކެއް ބޭނުންވާތީ މަޤާމުން ވަކިވެވަޑައިގަތީ ކަމަށެވެ. މަޓާޓޯގެ ސީއީއޯގެ މަޤާމުގައި ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މަޓާޓޯ އިން ވެސް ވަނީ ސޫޒަންގެ ޚިދުމަތުގެ އަގު ވަޒަންކޮށްފަ އެވެ. އެ ގޮތުން، މަޓާޓޯއަށް ކުރެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ. މަޓާޓޯ އިން ފާހަގަކުރި ގޮތުގައި، މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަޓާޓޯގެ ސީއީއޯގެ މަޤާމުގައި ހުންނަވާ ސޫޒަން ވަނީ ތާރީޚީ ގޮތުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން