ދުނިޔެ

ދުނިޔޭގެ ނަޒަރުގައި އިސްރާއިލްގެ އަގު ދަނީ ވެއްޓެމުން: އިސްރާއިލްގެ މީޑީއާތައް

ދުނިޔޭގެ ނަޒަރުގައި އިސްރާއިލްގެ އަގު ދަނީ ވެއްޓެމުން: އިސްރާއިލްގެ މީޑީއާތައް

ސްޕެއިންގެ ސައިކަލް ރޭހެއްގައި ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުން އިސްރާއީލުގެ ޓީމާ ދެކޮޅަށް މުޒާހަރާކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ސެޕްޓެމްބަރު 2025، 03:36

06 ސެޕްޓެމްބަރު 2025، 03:36

ދުނިޔޭގެ ނަޒަރުގައި އިސްރާއިލްގެ އަގު ދަނީ ވެއްޓެމުން ކަަމަށް އިސްރާއިލްގެ މީޑިއާތަކުން ބުނެފިއެވެ. 

އިސްރާއީލުގެ މީޑިއާތަކުން ވަނީ ދުނިޔޭގެ ނަޒަރުގައި އިސްރާއީލުގެ ސިފަ ނުރަނގަޅުވަމުންދާ ކަމަށް ފާހަގަކޮށްފައެވެ. ޚާއްޞަކޮށް ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް އިތުރުވެ، އެކި ޤައުމުތަކުގައި އިސްރާއީލާ ދެކޮޅު ޙަރަކާތްތައް އާންމު ކަމަކަށް ވެފައިވާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ވަނީ ބެޓްސަލްއެލް ސްމޮޓްރިޗް އަދި އިތަމާރު ބެން-ގަވީރު ޝެންގެން އެއްބަސްވުމުގެ ދަށުން ހިމެނޭ 29 ޔޫރަޕިއަން ޤައުމަށް ވަނުން މަނާކުރުމަށް ބެލްޖިއަމުން މަސައްކަތްކުރާ ކަމަށް ހާމަކޮށްފައެވެ. މި ދެ ވަޒީރުންނަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވި ބައެއްގެ ގޮތުގައި ބެލެވޭތީ، އެ ޤައުމުތަކުގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ ނަތަންޔާހޫއަށް ފާޑުކިޔާފައެވެ. އޭގެ ތެރޭގައި އޭނާއަކީ އެމެރިކާ ބޭރުގެ ހަނގުރާމަތަކަށް ވައްދާ މީހެއްގެ ގޮތުގައި ސިފަކޮށް، މީޑިއާގައި އޭނާ ދެއްކުމަކީ "މި ޒަމާނުގެ ހިޓްލަރު" ދެއްކުން ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުގެ ޗެނަލް 12 ގެ އެމެރިކާގެ ނޫސްވެރިޔާ ޔޫނާ ލިބްރޯން ބުނާ ގޮތުގައި އިސްރާއީލާ ދެކޮޅު ޙަރަކާތްތަކަކީ މިހާރު ވަގުތީ ކަމެއް ނޫނެވެ. އީރާނަށް ދިން ހަމަލާއާ ގުޅިގެން މިކަން އިތުރަށް ގޯސްވެފައިވާ ކަމަށާއި، ކުރިން އިސްރާއީލަށް ތާއީދުކުރި އެމެރިކާގެ ކޮންޒަވެޓިވް ފަރާތްތަކުން ވެސް މިހާރު އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުންދާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ސްޕެއިންގެ ސައިކަލް ރޭހެއްގައި ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުން އިސްރާއީލުގެ ޓީމާ ދެކޮޅަށް މުޒާހަރާކޮށް، ރޭސް ހުއްޓުވާލާފައިވެއެވެ. އިސްރާއީލުގެ ސައިކަލް ޓީމުގެ ވެރިޔާ ސިލްވަން އެޑަމްސް މިކަން ސިފަކޮށްފައިވަނީ "ރޭވިގެން ކުރެވުނު އަނިޔާވެރި ޢަމަލެއް" ގެ ގޮތުގައެވެ.

ނަތަންޔާހޫގެ ކުރީގެ އޮފީހުގެ އިސްވެރިޔާ އީޑޯ ނޯޑަން ބުނާ ގޮތުގައި އިސްރާއީލުގެ ޑިޕްލޮމެޓިކް އަދި މީޑިއާ މަސައްކަތްތައް ވަނީ ފެއިލްވެފައެވެ. އަދި ދުނިޔޭގެ ކުރިމަތީގައި އިސްރާއީލަކީ “އޮކިއުޕައިންގ ފޯސްއެއް”ގެ ގޮތުގައި ދެކޭ ދެކުން އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން