ދުނިޔެ

އިސްރާއިލުން 2007 ވަނަ އަހަރު ސީރިޔާއަށް ހަމަލާތައް ދިން ސައިޓްތަކުން ޔުރޭނިއަމްގެ އަސަރު ފެނިއްޖެ

އިސްރާއިލުން 2007 ވަނަ އަހަރު ސީރިޔާއަށް ހަމަލާތައް ދިން ސައިޓްތަކުން ޔުރޭނިއަމްގެ އަސަރު ފެނިއްޖެ

ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ ސީރިޔާގެ އިމާރާތެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2025، 05:39

02 ސެޕްޓެމްބަރު 2025، 05:39

އިސްރާއިލުން 2007 ވަަނަ އަހަރު ސީރިޔާއަށް ހަމަލާތައް ދިން ސައިޓްތަކުން ޔުރޭނިއަމްގެ އަސަރު ފެނިއްޖެއެެވެ.

އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައިއޭއީއޭ) އިން މެމްބަރު ޤައުމުތަކަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 2007 ވަނަ އަހަރު އިސްރާއީލުން ހަމަލާދީ ހަލާކުކޮށްލި އިމާރާތެއްގެ ސަރަހައްދުން ޔުރޭނިއަމްގެ އަސަރުތައް ފެނިފައިވެއެވެ. މިއީ އޭޖެންސީން ގަބޫލުކުރާ ގޮތުގައި އިޢުލާން ނުކުރާ ނިއުކްލިއަރ ރިއެކްޓަރެއް ކަމަށް ބެލެވޭ ތަނެކެވެ.

2011 ވަނަ އަހަރު އައިއޭއީއޭ އިން ނިންމާފައިވަނީ މި އިމާރާތަކީ "ގަބޫލުކުރެވޭ ގޮތުގައި" ސީރިއާގެ ވެރިކަމުން ސިއްރުން އިމާރާތްކޮށްފައިވާ އަދި އިޢުލާންކުރަންޖެހޭ ރިއެކްޓަރެއް ކަމަށެވެ. ރޮއިޓަރސް އިން ބުނާ ގޮތުގައި، ސިއްރު ރިޕޯޓެއްގައި ފާހަގަކޮށްފައިވަނީ، ނަން ހާމަނުކުރާ ތިން ތަނަކުން ސާމްޕަލްތަކެއް ނަގާފައިވާ ކަމަށެވެ.

މި ތިން ތަނުގެ ތެރެއިން އެއް ތަނުން ނެގުނު ސާމްޕަލްތަކުން ގިނަ އަދަދެއްގެ ނެޗުރަލް ޔުރޭނިއަމް ޕާޓިކަލްސް ފެނިފައިވެއެވެ. މި ޕާޓިކަލްތަކުގެ ތަހުލީލުން ދައްކާ ގޮތުގައި މިއީ އިންސާނުން އުފައްދާފައިވާ ޔުރޭނިއަމް ކަމަށާއި، މިއީ ކެމިކަލް ޕްރޮސެސިންގގެ ނަތީޖާއެއްގެ ގޮތުން އުފެދިފައިވާ އެއްޗެކެވެ.

ސީރިއާގެ މިހާރުގެ އިސްވެރިން ބުނެފައިވަނީ މި ޔުރޭނިއަމް ޕާޓިކަލްތައް އެތަނުން ފެނުނު ސަބަބު ދެނެގަނެވޭނެ އެއްވެސް މަޢުލޫމާތެއް އެ ފަރާތްތަކުގެ އަތުގައި ނެތް ކަމަށެވެ. ނަމަވެސް، އިތުރު ސާމްޕަލްތަކެއް ނެގުމަށް މި އަހަރުގެ ޖޫން މަހު އެ ސަރަހައްދަށް އަލުން ވަނުމުގެ ހުއްދަ އޭޖެންސީއަށް ދީފައިވެއެވެ.

2018 ވަނަ އަހަރު އިސްރާއީލުން ވަނީ 2007 ވަނަ އަހަރު ސީރިއާގެ ދެއިރު އަލް-ޒޫރު ސަރަހައްދުގައި ހުރި ނިއުކްލިއަރ ރިއެކްޓަރެއް ހަލާކުކުރި ކަމަށް ރަސްމީކޮށް އިޢުތިރާފުވެފައެވެ. އިސްރާއިލުން އެކަމަށް އިޢުތިރާފުވެފައިވަނީ 10 އަހަރަށްވުރެ ގިނަ ދުވަހު އެކަން ސިއްރުކުރުމަށްފަހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން