ދުނިޔެ

އިސްރާއިލް ސިފައިންގެ ތެރޭގައި ހިތްހަމަ ނުޖެހުން ބޮޑުވެ ރިޒާވް ސިފައިން ހޯދަން ދަތިވެއްޖެ

އިސްރާއިލް ސިފައިންގެ ތެރޭގައި ހިތްހަމަ ނުޖެހުން ބޮޑުވެ ރިޒާވް ސިފައިން ހޯދަން ދަތިވެއްޖެ

އިސްރާއިލް ސިފައިންގެ ތެރެއިން މަރުވި މީހެއްގެ މައްޗަށް އޭނާގެ އެކުވެރިން ހިތާމަކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2025، 05:10

02 ސެޕްޓެމްބަރު 2025، 05:10

އިސްރާއިލް ސިފައިންގެ ތެރޭގައި ހިތްހަމަ ނުޖެހުން ބޮޑުވެ ރިޒާވް ސިފައިން ހޯދަން ދަތިވެއްޖެ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ހާމަކޮށްފިއެވެ.

 މި ހާލަތާ ގުޅިގެން ބައެއް އޮފިސަރުން ވަޓްސްއެޕް މެދުވެރިކޮށް ސިފައިން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

30 އަށްވުރެ ގިނަ އޮފިސަރުންނާއި ސިފައިންނާއެކު ކުރެވުނު އިންޓަވިއުތަކުގައި، އެމީހުން ވަނީ "ބަނޑުހައިހޫނުކަމުގެ ހަނގުރާމައިގެ އުކުޅުތަކާއެކު ހަމާސް ނައްތާލުމަކީ ނުކުރެވޭނެ ކަމެއް" ކަމަށް ބުނެފައެވެ. އަދި ގާތްގަނޑަކަށް ދެ އަހަރު ވަންދެން އެކި ޖަބްހާތަކުގައި ހަނގުރާމަ ކުރުމުގެ ސަބަބުން ސިފައިން ވަނީ ވަރުބަލިވެފައި ކަމަށާއި، މި ހަނގުރާމައިގެ ބޭނުން ސުވާލު އުފައްދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށްވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

އިސްރާއީލީ ސިފައިންގެ އެތެރޭގައި އިތުބާރު ގެއްލިފައިވާ ކަމަށް ހާއަރެޓްޒް ނޫހުން ބުނެފައިވެއެވެ. އަދި ސިޔާސީ އަދި ސަލާމަތީ ވެރިންގެ މެދުގައި އޮތް އިތުބާރު ގެއްލިފައިވާ ކަން ސިފައިންގެ ސަފުތަކަށް ފެތުރެމުންދާ ކަމަށް އިސް އަސްކަރީ ވެރިން ބުނާކަމަށް އެ ނޫހުން ހާމަކޮށްފައިވެއެވެ.

މި އަހަރު ފެށުނީއްސުރެ 18 ސިފައިން ވަނީ އަމިއްލައަށް މަރުވެފައެވެ. އަދި 2024 ވަނަ އަހަރު 21 ސިފައިން ވަނީ އަމިއްލައަށް މަރުވެފައެވެ. މީގެ އިތުރުން 10،000 އަށްވުރެ ގިނަ ސިފައިން މިވަގުތު ނަފްސާނީ ފަރުވާ ހޯދަމުންދާ ކަމަށާއި، ނަމަވެސް މީގެ ތެރެއިން 3،769 ސިފައިންނަށް އެކަނި ޕީޓީއެސްޑީ (ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ) އަށް ފަރުވާ ދެވެމުންދާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޣައްޒާ ހިފުމަށް ތައްޔާރުވުމުގެ ގޮތުން 60،000 ރިޒާވް ސިފައިން ރެކްރޫޓް ކުރުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ. ނަމަވެސް ސިފައިންގެ ތެރޭގައި އޮތް ހިތްހަމަނުޖެހުމާއި، ނަފްސާނީ މައްސަލަތަކުގެ ސަބަބުން މި ލަނޑުދަނޑި ހާސިލުކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން