ދުނިޔެ

ޕާކިސްތާނުގެ ޕަންޖާބުގައި ތާރީޚުގައި ދެކެފައިނުވާ ފެންބޮޑުވުމެއް: 2 މިލިއަން މީހުންނަށް އަސަރުކޮށްފި

ޕާކިސްތާނުގެ ޕަންޖާބުގައި ތާރީޚުގައި ދެކެފައިނުވާ ފެންބޮޑުވުމެއް: 2 މިލިއަން މީހުންނަށް އަސަރުކޮށްފި

ޕާކިސްތާނުގައި ފެންބޮޑުވެފައި ވާ ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2025، 11:49

01 ސެޕްޓެމްބަރު 2025، 11:49

ޕާކިސްތާނުގެ އިރުމަތީ ސަރަހައްދުގައި އޮންނަ ޕަންޖާބު ޕްރޮވިންސްގައި މިހާރު ކުރިމަތިވެފައިވަނީ އެ ސަރަހައްދުގެ ތާރީޚުގައި ދެކެފައިނުވާ ފެންބޮޑުވުމެއް ކަމަށް އެސަރަހައްދުގެ ޑިޒާސްޓަރ މެނޭޖްމަންޓުގެ އިސް އޮފިޝަލުން ހާމަކޮށްފިއެވެ.

 މި ފެންބޮޑުވުމުގެ ސަބަބުން 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ.

ޕަންޖާބުގެ ސީނިއަރ މިނިސްޓަރ މަރިޔަމް އައުރަންގްޒޭބް ވިދާޅުވި ގޮތުގައި މިއީ ޕަންޖާބުގެ ތާރީޚުގައި ފެނިފައިވާ އެންމެ ބޮޑު ފެންބޮޑުވުމެވެ. އަދި ފުރަތަމަ ފަހަރަށް ސަޓްލެޖް، ޗެނާބް އަދި ރާވީ މި ތިން ކޯރުގައިވެސް މިހާ މަތީ މިންވަރަކަށް ފެން އުފުލިފައިވާ ކަމަށް އެ މިނިސްޓަރު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިއަހަރު ޕާކިސްތާނުގައި މޫސުމީ ވިއްސާރަ އިތުރަށް ގޯސްވެފައިވާ ކަމަށް އައު ދިރާސާއަކުން ދައްކައެވެ. މީގެ އިތުރުން، އިންޑިއާއިން އެ ޤައުމުގެ ޑެމްތަކުން ފެން ދޫކޮށްލުމުގެ ސަބަބުން ޕާކިސްތާނުގެ ބިންގަނޑު ތިރި ސަރަހައްދުތަކަށް ފެންބޮޑުވުމުގެ އަސަރު ކޮށްފައިވެއެވެ.

ސަރުކާރުން ވަނީ ރައްޔިތުން ސަލާމަތްކުރުމަށް ސްކޫލްތަކާއި، ފުލުހުންގެ މަރުކަޒުތަކާއި އަދި ސަލާމަތީ ބާރުތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަގުތީ ހިޔާވެހިތައް ޤާއިމްކޮށްފައެވެ. މި ހިޔާވެހިތަކުގެ ތެރެއިން އެއް ސްކޫލެއްގައި 2،000 އަށްވުރެ ގިނަ މީހުން ވަނީ ހިމާޔަތް ހޯދާފައެވެ.

މުލްތާން ސިޓީގައި، ޗެނާބް ކޯރުން އަންނަ ބޮޑު ރާޅު އެ ސިޓީއަށް ނުވަދެވޭނެ ގޮތް ހެދުމަށް ފަސް މުހިންމު ހިސާބެއްގައި ގޮއްވާލެވޭ ގޮތަށް ވަނީ ތައްޔާރުކޮށްފައެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ ވަސީމް ހަމަދް ސިންދު ވިދާޅުވި ގޮތުގައި މި ފެންބޮޑުވުމަކީ ހުއްޓުވޭނެ އެއްޗެއް ނޫން ކަމަށާއި، ރައްޔިތުން ސަރުކާރުން ޤާއިމްކޮށްފައިވާ ހިޔާވެހިތަކަށް ދިއުމަށް އިލްތިމާސްކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން