ދުނިޔެ

މުޅި ދުނިޔެ ދަނީ އަހަރެމެންނާ ދެކޮޅުވަމުން: އިސްރާއިލްގެ ލިޔުންތެރިއެއް

މުޅި ދުނިޔެ ދަނީ އަހަރެމެންނާ ދެކޮޅުވަމުން: އިސްރާއިލްގެ ލިޔުންތެރިއެއް

ސްވިޑެން ގައި އިސްރާއިލުން ޣައްޒާގައި ހިންގާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ބޭއްވި އެއްވުމެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2025، 06:00

31 އޯގަސްޓު 2025، 06:00

މުޅި ދުނިޔެ ދަނީ އިސްރާއިލާ ދެކޮޅުވަމުން ކަމަށް އިސްރާއިލްގެ ލިޔުންތެރިއެއް ބުނެފިއެވެ. 

އިސްރާއީލުގެ ނަން މަޝްހޫރު ލިޔުންތެރިއާ އަދި ދިރާސާކުރާ ފަރާތެއް ކަމުގައިވާ ބެން ދްރޯރް ޔަމީނީ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލާއި މެދު ދެކެވެމުންއަންނަ ގޮތައް އަންނަމުންދާ ބޮޑު ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. 

“ޔަދީއޯތް އަހަރޯނޯތް” ނޫހުގައި ޝާއިއުކުރި އާޓިކަލެއްގައި އޭނާ ވަނީ ޚާއްސަކޮށް އެމެރިކާގައި އިސްރާއީލަށް ލިބެމުންދާ ތާއީދު ދަށްވަމުންދާކަން ފާހަގަކޮށްފައެވެ.

ޔަމީނީ ބުނާ ގޮތުގައި މިއީ "ހަމައެކަނި ޑިޕްލޮމެޓިކް ނިންމުމެއް" ނޫނެވެ. މިއީ "އިސްތިރާޖީ އަދި ވުޖޫދީ ނުރައްކަލެކެވެ." ޚާއްސަކޮށް އިސްރާއީލު ސަރުކާރުން ޣައްޒާގެ އެތެރެއަށް އިތުރަށް ވަދެ، ހަނގުރާމަ ކުރިއަށް ގެންދާނަމައެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ފަހުގެ ޖަލްސާގައި ދެ ދައުލަތުގެ ހައްލަށް ތާއީދުކުރާ ގަރާރެއް ފާސްނުކުރުމަކީ މުހިންމު ބަދަލެއްކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މިއީ ފަލަސްތީނުގެ މައްސަލައިގައި އެމެރިކާގެ ސިޔާސަތަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ނިޝާނެއްކަމަށް ބުންޏެވެ.

ޔަމީނީ އިތުރަށް ފާހަގަކުރި ގޮތުގައި އެމެރިކާގެ ޒުވާނުންގެ މެދުގައި އިސްރާއީލާ ދެކޮޅު ޝުއޫރުތައް އިތުރުވަމުން އަންނަކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ޒުވާނުން މިހާރު ވަނީ ސިޔާސީ ނިންމުންތައް ނިންމާ ފަރާތްތަކުގެ ތެރެއަށް ވަދެފައެވެ.

ކުއިނިޕިއަކް ޔުނިވަރސިޓީން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހެދި ސަރވޭއެއްގައި 60 އިންސައްތަ އެމެރިކާ ރައްޔިތުން އިސްރާއީލަށް އިތުރު އަސްކަރީ އެހީ ދިނުމާ ދެކޮޅުވާކަން ދައްކައެވެ. އަދި 50 އިންސައްތަ އެމެރިކާ ރައްޔިތުން ދެކޭ ގޮތުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގާފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން