ދުނިޔެ

އިސްރާއިލްގެ މޮސާޑަށް ޖާސޫސްކޮށްދިން 8 މީހަކު އީރާނުން ހައްޔަރުކޮށްފި

އިސްރާއިލްގެ މޮސާޑަށް ޖާސޫސްކޮށްދިން 8 މީހަކު އީރާނުން ހައްޔަރުކޮށްފި

އީރާނުގައި އެއްވުމެއް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2025، 06:33

30 އޯގަސްޓު 2025، 06:33

އިސްރާއީލާއި އެމެރިކާއާ އެކު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑަށް އީރާނުގެ މުހިންމު ތަންތަނުގެ ކޯޑިނޭޓްސްތަކާއި އިސް ސިފައިންގެ މަޢުލޫމާތު ފޯރުކޮށްދޭން މަސައްކަތްކުރި ކަމަށް ބުނެ 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ.

އައިއާރްޖީސީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ހައްޔަރުކުރެވުނު މީހުންނަށް މޮސާޑުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޚާއްސަ ތަމްރީނުތަކެއް ދީފައިވެއެވެ.

 އެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުންގެ ޕްލޭން ތަންފީޒުކުރުމުގެ ކުރިން އީރާނުގެ އިރުމަތީ އުތުރު ސަރަހައްދުންނެވެ. އަދި އެ މީހުންގެ އަތުން ލޯންޗަރުތަކާއި، ބޮންތަކާއި، ގޮވާ ތަކެއްޗާއި، ބޫބީ ޓްރެޕްތައް ހެދުމަށް ބޭނުންކުރާ ތަކެތި ހޯދިފައިވެއެވެ.

މި މަހުގެ ކުރީކޮޅު އީރާން ސަރުކާރުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ޖޫން މަހު ހިނގި ހަނގުރާމައިގެ ތެރޭގައި 21،000 "މަޝްކޫކު" މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް މި މީހުން ހައްޔަރުކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އީރާނުން ޖާސޫސީ ކުރުމުގެ ދައުވާތަކާއި އަވަސް އަވަހަށް މަރުގެ އަދަބު ތަންފީޒުކުރުން ބޭނުންކުރަނީ ސިޔާސީ ގޮތުން މީހުން އަނިޔާވެރިކަމުގެ ދަށުގައި ބޭތިއްބުމަށެވެ. އިސްރާއީލާއި އެމެރިކާއާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން އީރާނުގައި ތިބި އަފްގާން ރެފިއުޖީންނާއި މުހާޖިރުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަވަސްވެފައިވާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެއެވެ. އަދި ބައެއް އަފްގާން ރައްޔިތުންނަށް އިސްރާއީލަށް ޖާސޫސީ ކުރާ ކަމުގެ ތުހުމަތުވެސް ކުރެވިފައިވެއެވެ.

ފުލުހުންގެ ތަރުޖަމާނު ސައީދު މޮންޓަޒެރޮލްމަހްދީ މި މަހުގެ ކުރީކޮޅު ބުނި ގޮތުގައި ހަނގުރާމައިގެ ތެރޭގައި 5،700 އަށްވުރެ ގިނަ ސައިބަރ ކުށުގެ މައްސަލަ ބަލަން ޖެހުނެވެ. މީގެ ތެރޭގައި އޮންލައިން ފްރޯޑާއި ހުއްދަނެތި ފައިސާ ނެގުމުގެ މައްސަލަތައް ހިމެނެއެވެ. އޭނާ ބުނި ގޮތުގައި ހަނގުރާމައިގެ ތެރޭގައި ސައިބަރ ސްޕޭސް ވެފައިވަނީ މުހިންމު ހަނގުރާމައިގެ މައިދާނަކަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން