Ads by Stelco

ޚަބަރު

މާފުށީ ސްކޫލުގެ 12 ކްލާސްރޫމުގެ ޢިމާރާތް ނިމި، ފިނިންޝިންގ މަރުޙަލާ ކުރިއަށް

މާފުށީ ސްކޫލުގެ 12 ކްލާސްރޫމުގެ ޢިމާރާތް ނިމި، ފިނިންޝިންގ މަރުޙަލާ ކުރިއަށް

މާފުށީ ސްކޫލުގެ 12 ކްލާސްރޫމުގެ ޢިމާރާތް ނިމި، ފިނިންޝިންގ މަރުޙަލާ ކުރިއަށް ދަނީ. ފޮޓޯ: އެމް.ޓީ.ސީ.ސީ.

farudhun logo

ފަރުދުން

28 އޯގަސްޓު 2025، 10:16

28 އޯގަސްޓު 2025، 10:16

މާލެ އަތޮޅު މާފުށީ ސްކޫލުގައި ތަރައްޤީކުރާ 12 ކްލާސްރޫމުގެ މަޝްރޫޢުގެ ޢިމާރާތްކުރުން ނިންމާލައިފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.) އިން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދަނީ މަޝްރޫޢުގެ އެންމެ ފަހު މަސައްކަތްތަކެވެ. އެގޮތުން، ޓައިލިންގ ގެ މަސައްކަތާއި ސީލިންގ ގެ ގެ މަސައްކަތް މިހާރު ނިމެމުންދާ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ. އަދި ޢިމާރާތަށް ބޭނުންވާ ބައެއް އެހެން ތަކެތި ސަޕްލައިކޮށް އިންސްޓޯލްކުރުން ކުރިިއަށްދާކަމަށް ވެސް އެމް.ޓީ.ސީ.ސީ. އިން ބުނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާ މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ 758،066.60 (ހަތް ލައްކަ ފަންސާސް އަށް ހާސް ފަސްދޮޅަސް ހަ ރުފިޔާ ފަސްދޮޅަސް ލާރި) އަށެވެ.

ސަރުކާރު ސްކޫލްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސްކޫލްތަކުގައި އައު ޢިމާރާތާއި މަލްޓިޕަރޕަސް ހޯލްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް މިހާރު ވެސް ހިނގަމުން ދެއެވެ.

ސްކޫލްތަކަށް ދަރިވަރުން އިތުރުވަމުންދާ ވަރަކުން، އެތަންތަނަށް އެންމެ މުހިންމު ކަމަކީ ޖާގަ ތަނަވަސް ޢިމާރާތްތައް ކަން ސްކޫލްތަކުން ފާހަގަކުރެއެވެ. އަދި ބައެއް ސްކޫލްތަކުގައި ހުރި މުސްކުޅި ޢިމާރާތްތަކުގައި ކިޔަވައިދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަން ވެސް ބައެއް ސްކޫލްތަކުން ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން