ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި
ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފި
މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދު، ޞިއްޙީ ދާއިރާ، ތަޢުލީމު، ފަތުރުވެރިކަން، ސިވިލް އޭވިއޭޝަން އަދި ދިފާޢީ ދާއިރާ ހިމެނެއެވެ.
ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފި
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުމުގައި ތާރީޚީ އަދި އައު ބާބެއް ފެށިގެންދިޔަ މުހިންމު ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެއްވި މެސެޖުގައި ރައީސް ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ގައުމުގެ ސަރުކާރާއި ރައްޔިތުން އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ވަފުދަށް ދެންނެވި ހޫނު މަރުހަބާއާއި އަދާކުރެއްވި މެހުމާންދާރީއަށް އިޚްލާސްތެރި ޝުކުރު އަދާކުރައްވާފައެވެ.
"ޕާކިސްތާން ބިޒްނަސް ފޯރަމް 2026"ގެ ބައެއް ބައިވެރިންނާ ބައްދަލުކޮށް، ފޯރަމްއާ ގުޅިގެން ފަހިވެގެންދާނެ ފުރުސަތުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދާލުން
ތެލާއި ފާމަސޫޓިކަލްސްއަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި އެތެރެކުރާ މުދާ ކަމަށްވުމާއެކު، އެއީ ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރެވިދާނެ މުހިންމު ދާއިރާތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯލްޑް ޗެއިން ލޮޖިސްޓިކްސް، ފިނިހޫނުމިން ކޮންޓްރޯލްކޮށްގެން އެތެރެކުރާ ބާވަތްތައް، ޒަމާނީ ފުޑް ޕްރޮސެސިންގ އަދި މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ޕާޓްނަރޝިޕްތައް ޤާއިމުކުރުމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.
ތެލާއި ފަރމަސޫޓިކަލްސްއަކީ ވިޔަފާރީގެ ގުޅުން ބަދަހި ކުރެވޭނެ މުހިންމު ދާއިރާތަކެއް: ރައީސް
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ދެއްވާ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" އަކީ ދެ ޤައުމުގެ ދެމެދުގައި އައު ގުޅުންތަކެއް އުފެދި، އިންވެސްޓްމަންޓްތައް އިތުރުވެ، ދެ ޤައުމަށްވެސް އޭގެ ޙަޤީޤީ ފައިދާ ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ހަމައެކަނި މުދާ ވިއްކުމަށް އޮތް ބާޒާރެއްގެ ގޮތުގައި ނުދެކި، ގުޅިގެން ކުރިއެރުން ބިނާކުރުމަށް އޮތް ބައިވެރިއެއްގެ ގޮތުގައި ދެކުމަށް "ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ރައީސް ގޮވާލައްވައިފި
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް އެމަނިކުފާނު އަރުވާ ދަޢުވަތަކީ ވަރަށް ސާދާ ދަޢުވަތެއް ކަމަށެވެ. އެގޮތުން ރާއްޖެއަކީ ހަމައެކަނި ވިޔަފާރިކުރާ މާކެޓެއްގެ ގޮތުގައި ނުދެކި، ދެޤައުމު ގުޅިގެން ކަންކަން ބިނާކުރުމުގެ ބައިވެރިއެއްގެ ގޮތުގައި ބެލުމަށް އެދިވަޑައިގެންނެވިއެވެ.
ރާއްޖެއަކީ ގުޅިގެން ކުރިއެރުން ބިނާކުރުމަށް އޮތް ބައިވެރިއެއްގެ ގޮތުގައި ދެކުމަށް ރައީސް އެދިވަޑައިގެންފި
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ދެން އޮތީ ފާގަތިކަމާއި ތަނަވަސްކަމުގެ ފަސްދޮޅަސް އަހަރުގެ ފެށުން: ރައީސުލްޖުމްހޫރިއްޔާ
"ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިންވެސްޓްމަންޓް އޮނިގަނޑު ހަރުދަނާކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަލުވިކޮށް، އިންވެސްޓަރުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ދެން އޮތީ ފާގަތިކަމާއި ތަނަވަސްކަމުގެ ފަސްދޮޅަސް އަހަރުގެ ފެށުން: ރައީސުލްޖުމްހޫރިއްޔާ
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
އަމާޒަކީ 2027 ގައި ޕާކިސްތާނަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުން: ރައީސުލްޖުމްހޫރިއްޔާ
"ޕާކިސްތާން ބިޒްނަސް ފޯރަމް 2026"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ޤާއިމުކޮށް، ދަތުރުތައް އިތުރުކުރުމަށް އެއާލައިންތަކަށާއި، އޭވިއޭޝަން ދާއިރާގެ އިދާރާތަކަށް އަދި އަމިއްލަ ދާއިރާގެ ބައިވެރިންނަށް ބާރުއަޅުއްވާ ކަމަށެވެ. އަދި 2027 ގައި ފަށަން އަމާޒުހިފާފައިވާ މި ޚިދުމަތުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް "ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޕާކިސްތާނާއި ދެމެދު އޮތް ސިޔާސީ ގުޅުމާ އެއްވަރަށް، އިޤްތިޞާދީ ގުޅުން ފާގަތިކަމުގެ އައު ދައުރަކަށް ބަދަލުކޮށްލަންޖެހޭ ވަގުތު ޖެހިއްޖެ: ރައީސުލްޖުމްހޫރިއްޔާ
'މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026' ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ބަދަހި ގުޅުން، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ދެފަރާތުގެ ފާގަތިކަމުގެ އައު ދައުރަކަށް ބަދަލުކޮށްލަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށެވެ.
ޕާކިސްތާނާއި ދެމެދު އޮތް ސިޔާސީ ގުޅުން ވަރުގަދަ ނަމަވެސް، އިޤްތިޞާދީ ގުޅުން އަދި ފުރިހަމައެއް ނުވޭ: ރައީސް
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ރައީސް މުޢިއްޒުގެ ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއެރުވުމުގައި އިންޤިލާބީ ބަދަލެއް ގެނުވާނެ އައު ފެށުމެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެ
އިސްލާމްއާބާދުގައި ބޭއްވި ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ 200 މިލިއަން ޑޮލަރަށް އިތުރުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ރައީސް މުޢިއްޒު މާލެ ވަޑައިގަންނަވާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އިސް ވިޔަފާރިވެރިންނާއި ސަރުކާރުގެ ވަޒީރުން ހިމެނޭ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ.
ރައީސް މުޢިއްޒުގެ ޒިޔާރަތަކީ ވިޔަފާރީގެ އައު ފެށުމެއް: ޕާކިސްތާނުގެ ބޮޑުވަޒީރު
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް، އޮނަރަބަލް ސަރުދާރު އަޔާޒް ޞާދިޤް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށާއި، ދެ ޤައުމުގެ ޕާލަމެންޓުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސްގެ ދެކަނބަލުން ޕާކިސްތާނުގެ އެންމެ ބޮޑު މިސްކިތަށް ޒިޔާރަތްކުރައްވައިފި
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ މަޝްހޫރު ފައިސަލް މިސްކިތަކީ އެ ގައުމުގެ އެންމެ ބޮޑު މިސްކިތުގެ އިތުރުން، އޭގެ ހާއްސަ ފަރުމާއާއި ދީނީ އަދި ތާރީޚީ މުހިންމުކަމުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ފާހަގަކޮށްލެވޭ އިސްލާމީ ބިނާއެކެވެ.
ރައީސްގެ ދެކަނބަލުން ޕާކިސްތާނުގެ އެންމެ ބޮޑު މިސްކިތް ބައްލަވާލައްވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޕާކިސްތާނުގެ ސެނެޓްގެ ޗެއާމަން ސައްޔިދު ޔޫސުފް ރަޒާ ގީލާނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހޯއްދެވުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ޕާކިސްތާނު ސެނެޓްގެ ޗެއާމަން ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީއާއި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި، އިއްޔެ ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެދެކެނބަލުންނަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީއާއި ބައްދަލުކުރައްވައިފި
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްއުސްތާޛު މުޙައްމަދު ޠާހާއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަން ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، އަދި ހައިކޮމިޝަނުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ފަސްޓްލޭޑީ، ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަށް ޒިޔާރަތްކުރައްވައިފި
އެ އޮތޯރިޓީއަށް އެކަމަނާ ޒިޔާރަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެކަމަނާ ވަނީ، ޕާކިސްތާނުގެ ސިއްޙީ ދާއިރާގެ އެންމެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.
ފަސްޓްލޭޑީ، ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަށް ޒިޔާރަތްކުރައްވައިފި
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ޕާކިސްތާނުގެ ރައީސް ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
މި ބައްދަލުކުރެއްވުމާއި ފަރިއްކޮޅަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ޝަރަފުގައި ބޭއްވެވި ޚާއްޞަ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޕާކިސްތާނުގެ ރައީސް ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ޕާކިސްތާންއާ ދިވެހިރާއްޖެއާ ގުޅުން ބަދަހި ކުރުމަށް ބަދަލު ކުރެވުނު އެމްއޯޔޫތައް
ދަތުރުފަތުރާއި، ތަޢުލީމާއި، ސިއްޙީ އަދި ދިފާޢީ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 އެއްބަސްވުމެއް ވަނީ ބަދަލުކޮށްފައި.
ޕާކިސްތާނުގެ ރައީސްއާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސުލްޖުމްހޫރިއްޔާ
ރައީސް ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ދެކެވުނު އެކުވެރި ވާހަކަތަކުގެ ސަބަބުން، ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ. މިއީ އިސްލާމީ އެއް އަޤީދާއާއި، އެއްގޮތް އާދަކާދަތަކާއި، އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ރައީސް ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
ޕާކިސްތާނުގެ ރައީސް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވި މެންދުރުގެ ފަރިއްކޮޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވުން
ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވި މެންދުރުގެ ފަރިއްކޮޅު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައިފި
ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ފަރުދުން
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ހިނގި މުހިންމު ކަންކަމުގެ ކުރު ޚުލާސާ
ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތް އިތުރު ކުރުމަށް ނިންމުމަކީ ލިބުނު ބޮޑު އުފަލެއް: ރައީސުލްޖުމްހޫރިއްޔާ
ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށްފަހު، 'އެކްސް' މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި މިހާރު ހިނގަމުންދާ 13 މިލިއަން ޑޮލަރުގެ ވިޔަފާރި، 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިއީ އެ މަނިކުފާނަށާއި ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ދެ ގައުމުގެ ދެމެދުގައި މިހާރު ބަދަލުކުރެވެމުންދާ ވިޔަފާރީގެ އަގު 13.9 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް މަތިކުރުމަށް ނިންމައިފި
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދެ ގައުމުގެ ދެމެދުގައި މިހާރު ބަދަލުކުރެވެމުންދާ ވިޔަފާރީގެ އަގު 13.9 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް މަތިކުރުމަށް ނިންމައިފިއެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޕާކިސްތާނުން ފުރިހަމަ އެއްބާރުލުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޕާކިސްތާނުން ރައީސްއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޔާސީ ދާއިރާއިންނާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތައް ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފިއެވެ.
ރައީސްއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
"ދެ ޤައުމުގެ ދެމެދުގައި ސީދާ ފްލައިޓްތައް ފެށުމާއެކީ ދެ ޤައުމުގެ ޓުއަރިޒަމް ދާއިރާ އިތުރަށް ފުޅާވެގެންދާނެ"، ޕާކިސްތާނާއި ދިވެހިރާއްޖެއިން ގުޅިގެން ދެއްވި ނޫސް ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
"މާދަމާ އޮންނަ ބިޒްނަސް ފޯރަމްގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިންވެސްޓްމެންޓުތަކެއްގެ ސިފައިގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރަން"، ޕާކިސްތާނާއި ދިވެހިރާއްޖެއިން ގުޅިގެން ދެއްވި ނޫސް ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
"މިއަދު ވާނީ ވިޔަފާރި އާއި އިންވެސްޓްމެންޓް، ޞިއްޙަތާއި ތަޢުލީމު، ދަނޑުވެރިކަން، މަސްވެރިކަން، ޔޫތު އެންޑް ސްޕޯޓްސް، ޕޮލިސިން އެންޑް ޑިފެންސް، ޓްރެއިނިން އެންޑް ކެޕޭސިޓީ ބިލްޑިންގް އަދި ޓުއަރިޒަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި"، ޕާކިސްތާނާއި ދިވެހިރާއްޖެއިން ގުޅިގެން ދެއްވި ނޫސް ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
"We will do our best to raise the bilateral trade quantum from 13M dollars to 200M dollars in the next two years", Prime Minister Shehebaaz Shareef
"މިއަދު ސޮއިކުރެވުނު އެމްއޯޔޫތަކާ ގުޅޭ ހުރިހާ ކަމެއް ހަޤީޤަތަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް، ލަސްނުކޮށް ކުރާނެކަމުގެ ޔަޤީންކަން އަރުވަން"، ޕާކިސްތާނާއި ދިވެހިރާއްޖެއިން ގުޅިގެން ދެއްވި ނޫސް ބަޔާނުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް
"މިއަދު ސޮއިކުރެވުނު 20 އެމްއޯޔޫއިން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން"، ޕާކިސްތާނާއި ދިވެހިރާއްޖެއިން ގުޅިގެން ދެއްވި ނޫސް ބަޔާނުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް
"ދިވެހިރާއްޖެއާ ޕާކިސްތާންއާ ސީދާ ގުޅުންހުރި ހުރިހާ ކަމަކާއި، މި ސަރަޙައްދުގެ މަސްލަހަތާ ގުޅޭ ގިނަކަމާ މިއަދު މަޝްވަރާކުރެވިއްޖެ"،
ޕާކިސްތާނާއި ދިވެހިރާއްޖެއިން ގުޅިގެން ދެއްވި ނޫސް ބަޔާނުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް
ޕާކިސްތާންއާ ދިވެހިރާއްޖެއާ ދެމެދު 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެމްއޯޔޫގައި ސޮއިކޮށްފި
1. އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އަރޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ސްކިލްސް އެންޑް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން
2. ކޮމްބެޓިން އިލިސިޓް ޓްރެފިކިން އެންޑް އެބިއުސް އޮފް ނާކޮޓިކްސް ޑްރަގްސް
3. ސޯޝަލް ޕްރޮޓެކްޝަން
4. ހެލްތު ކޯޕަރޭޝަން، އެންޑް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީ އެންޑް ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން
5. ރެކްރޫޓްމެންޓް އޮފް ހެލްތު ޕްރޮފެޝަނަލްސް
6. ޑިފެންސް ކޯޕަރޭޝަން
7. މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން
8. އެގްރިކަލްޗަރަލް ކޯޕަރޭޝަން
9. ފިޝަރީޒް ކޯޕަރޭޝަން
10. ކޮލަބޯރަޝަން ޓު ޕްރޮމޯޓް ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިން
11. ހަޔަރ އެޑިއުކޭޝަން
12. ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް
13. އެންހޭންސިން އެއަރ ކަނެޓްޓިވިޓީ
14. ޓުއަރިޒަމް ކޯޕަރޭޝަން
15. އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
16. މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނޭޝަނަލް ޕޮލިސް އެކަނޑަމީ އޮފް ޕާކިސްތާން
17. ސިވިލް ސަރވިސް އަދި ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަން އޮފް ޕާކިސްތާން
18. ސިވިލް ސަރވިސް ކޮމިޝަން އަދި ސިވިލް ސަރވިސް އެކަޑަމީ އޮފް ޕާކިސްތާން
19. އެސްޓީއޯ އަދި ޓްރޭޑިން އަދި ޓްރޭޑިން ކޯޕަރޭޝަން އޮފް ޕާކިސްތާން، އިން ޓްރޭޑް އޮފް އެގްރިކަލްޗުރަލް ކޮމޯޑިޓޯސް، ފުޑް އެންޑް އަދާ ކޮމޯޑިޓީސް
20. އެންވަޔަރޮމެންޓް
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޕާކިސްތާނުގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑު ވަޒީރު، މުޙައްމަދު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުޙަބާ ދަންނަވައިފި.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޕާކިސްތާނުން ހޫނު މަރުޙަބާއެއް.
ޕާކިސްތާނުން ދެންނެވި ހޫނު މަރުޙަބާއަކީ ލިބުނު ބޮޑު ޝަރަފެއްކަމަށް ރައީސް ވިދާޅުވެއްޖެ
ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުން ވިދާޅުވި ހޫނު މަރުޚަބާއަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގެންފި
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގެންފި
ލިޔުން ވިދާޅުވުމަށް ކްލިކް ކުރައްވާ
ދިހަ އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ބޮޑުވަޒީރު ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކަށްފަހު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި މުހިންމު ފަހުމުނާމާތަކެއްގައި (އެމް.އޯ.ޔޫ) ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންނެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް