Ads by Farudhun

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ބާއްވާ ޕްރެސްކޮންފަރެންސް

LIVE
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ބާއްވާ ޕްރެސްކޮންފަރެންސް

ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ބައްދަލުކުރެއްވުން (20/04/2026) / ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް

farudhun
ފަރުދުން 31 މޭ 2026، 04:36

މި ބްލޮގުގައި މި ގެނެސްދެނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ބާއްވާ ޕްރެސްކޮންފަރެންސްގެ އުސްއަލިތަކެވެ. 

އަޕްޑޭޓްތައް 11
11 ލިޔުން
54 މިނެޓް ކުރިން

ބްލެކް މާކެޓުގައި ޓޮބޭކޯ ދައުރުވާ ގޮތް ދަނީ ދިރާސާ ކުރެވެމުން

މި މަސައްކަތުގެ ތެރެއިން މި ބަލަނީ، ބްލެކް މާކެޓުގެ ތެރެއިން ރީޓެއިލް ފިހާރަތަކަށް ދުންފަތް ވަންނަ މިންވަރު. އެއަށްފަހު މިތަކެތި އަންނަ ދިމާތައް (ސޯސްތައް) ބަލަމުން މިދަނީ. އެއަށްފަހު އެ ކުންފުނިތަކުން ނުވަތަ އެޖެންސީތަކުން އެތެރެކުރާ ތަކެތި ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކަސްޓަމްސްއިން ދަނީ ބަލަމުން.
- ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
10 ލިޔުން
59 މިނެޓް ކުރިން

ޓޮބޭކޯ ކޮންޓްރޯލްކުރުމުން ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރިކަމަކަށް ޤަބޫލެއް ނުކުރެވޭ

މިކަމަށް ހެކިދެނީ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތައް. އަޅުގަނޑަށް ޤަބޫލުކުރެވެނީ ފަތުރުވެރިން މިކަމަށް ވަރަށް ބޮޑަށް އިޙްތިރާމްކުރާކަމަށް.
- ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
9 ލިޔުން
1 ގަޑި ކުރިން

މިފަދަ ކަންކަމުގައި އެންމެ ފުރަތަމަ ވެސް ހިފާ ހައްޔަރުކުރުން ފަދަ ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން

މިފަދަ ކަންކަމުގައި ސަރުކާރުގެ ސިޔާސަތަކީ އެންމެ ފުރަތަމަ ނަސޭހަތްދީ މުޖުތަމަޢު އެވެއަރކުރުން. އެހެންކަމުން ފިޔަވަޅުތައް އަޅާނީ އެ މަރުހަލާތަކަށްފަހު.
- ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
8 ލިޔުން
1 ގަޑި ކުރިން

މުޅި ކޮންޓެއިނަރު ހުރިގޮތަށް ހުއްޓައި ސްކޭން ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު އެބަކުރިޔަށްދޭ

އެމްޕީއެލްއާ ކަސްޓަމްސްއާ ގުޅިގެން ކުރިޔަށްގެންދާ މި މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ބެލެވޭ. މި ނިޒާމާއެކު ދުންފަތް ސްމަގުލް ކުރުމުގެ ކަންކަންވެސް އެއްކޮށް ހުއްޓުވޭނެ.
- ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
7 ލިޔުން
1 ގަޑި ކުރިން

ރާއްޖޭގައި ޓޮބޭކޯ ކޮންޓްރޯލްކޮށްފައިވާއިރު ދުންފަތަށް ޑިއުޓީ ނެގުމުގައި 2026އަށް ރާއްޖެއަށް ރެކޮމެންޑްކޮށްފައިވަނީ 4 ރުފިޔާ

މިއީ ޑަބްލިޔު އެޗްއޯގެ ދިރާސާއަކަށްފަހު ޑަބްލިޔުއެޗްއޯއިން ރިކޮމެންޑްކުރި ރޭޓެއް. މިކަމުގައި ގޮތެއް ނިންމާނީ ހުރިހާ ސްޓޭކްހޯލްޑަރުންނާ ވާހަކަދައްކައި، މާކެޓް ޑިމާންޑަށް ބަލައިގެން.
- ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
6 ލިޔުން
1 ގަޑި ކުރިން

މިފަދަ ޕްރޮގްރާމެއް ކާމިޔާބުކުރެވޭނީ މުޅި މުޖުތަމަޢުގެ ބައިވެރިވުމާ އެކީ

އަޅުގަނޑުމެން އެދެނީ މި ފުރުސަތުގެ ބޭނުން ހިފައިގެން ރާއްޖޭގެ ހުރިހާ އެންޖީއޯތަކެއްވެސް މި ކެމްޕެއިން ކާމިޔާބުކުރުމަށް މަސައްކަތްކުރުން. ސަރުކާރުން މިކަމަށް ބޭނުންވާ އެއްބާރުލުން އެންޖީއޯތަކަށް ދޭނަން. މިކަމުގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ އެންޖީއޯތަކުގެ އަގުވަޒަންކުރުމަށް ވެސް ވަނީ ހަމަޖެހިފައި
- ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
5 ލިޔުން
1 ގަޑި ކުރިން

ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމަށް ބާރުއެޅުވުމުގެ ގޮތުން ކްލަބް ޖަމްޢިއްޔާތަކަށް އިންސެވްޓިވްސްތަކާއި އެވޯޑުތަކެއް ދިނުމަށް ވަނީ ނިންމާފައި

ޔޫތު ލީޑަރޝިޕް ޕްރޮގްރާމްތަކެއް މިކަމާ ގުޅުވައިގެން ކުރިޔަށްގެންދިއުމަށް ވެސް ވާނީ ނިންމާފައި. އޭގެތެރޭގައި ޔޫތު އެމްބެސެޑަރުން ހޮވުމާއި، އެޑްވޮކަސީ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމާއި، ޒުވާނުންލައްވާ އަތޮޅުތެރޭގައި އެފަދަ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުން ހިމެނޭ.
- ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު
4 ލިޔުން
1 ގަޑި ކުރިން

މި ކެމްޕެއިންގައި ތަޢުލީމީ ދާއިރާގެ ދައުރު ވަރަށް ބޮޑުވާނެ

އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމްގެ ތެރެއިން މި ކެމްޕެއިން ކުރިޔަށްގެންދިއުމަށް ނިންމައިފިން. މި ޕްރޮގްރާމްގެ ތެރެއިން މަދަރުސީ ނިޒާމުގެ ތެރެއިން، ދުންފަތުގެ ނުރައްކަލާއި، އެކަމުގެ ފަރާތުން ލިބޭ ގެއްލުމާ ގުޅޭ މެސެޖުތައް ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދޭނަން.
- ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
3 ލިޔުން
1 ގަޑި ކުރިން

މި ކެމްޕެއިންގައި ރައްޔިތުންނާއި، ސަރުކާރާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ ވުޒާރާތަކުގެ ބައިވެރިވުން މުހިންމުވާނެ

މިފަދަ ކަންކަމުގައި މީގެކުރިން ވެސް ދިވެހި ރައްޔިތުންވަނީ ލާމަސީލު ނަމޫނާއެއް ދައްކާފައި. މިކަން ކާމިޔާބުކުރެވޭނީ ރައްޔިތުންނާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން އެއްބާރުލުން ދިނުމުން.
- ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
2 ލިޔުން
1 ގަޑި ކުރިން

ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން މަދުކުރުމުގެ ގޮތުން 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެއް ލޯންޗުކޮށްފި

މި ކެމްޕެއިން އިޢުލާން ކުރެއްވީ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
1 ލިޔުން
1 ގަޑި ކުރިން

މި ޕްރެސްގައި ހަތަރު ވަޒީރަކު ބައިވެރިވޭ

މި ޕްރެސްކޮންފަރެންސްގައި ބައިވެރިވަނީ:
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު