Ads by Farudhun

ނޭޝަން ޗެޓް

ނޭޝަން ޗެޓް

ނޭޝަން ޗެޓް ޕްރޮގްރާމް---

farudhun
ފަރުދުން 21 މޭ 2026، 09:08

މި ބްލޮގުގައި ފަރުދުން މީޑިއާއިން މި ގެނެސްދެނީ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ އުސްއަލިތަކެވެ.

އަޕްޑޭޓްތައް 9
9 ލިޔުން
1 މަސް ކުރިން

ކެބިނެޓަށް ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި

މި ބަދަލާއެކީގައި މިނިސްޓްރީތަކުގެ މަސައްކަތްތަކުގެ އެފިސިއެންސީ މަތިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ މާނައަކީ ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރި ވާހަކައެއް ނޫންކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ބަދަލުތަކަކީ ކުރިޔަށް ވުރެ ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންވެގެން ގެނައި ބަދަލުތަކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
8 ލިޔުން
1 މަސް ކުރިން

ދެ އަހަރާ ބައިގެ ތެރޭގައި ރާއްޖެއިން ޖުމްލަ 1،100 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކިއްޖެ

މިއީ ގާތްގަނަޑަކަށް 21 ރަށުގެ މަސައްކަތްކަމަށާއި އެ ތަނުން އެމްނެ ގިނައިން ވެލި ބޭނުންކުރީ ރަސްމާލެއަށްކަމަށް ވިދާޅުވިއެވެ.
7 ލިޔުން
1 މަސް ކުރިން

އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު އިޤުތިޞާދު އޮތް ހާލަތަކީ ރައްޔިތުނަށް ކަންކަން ގެނެސްދިނުމަށް ބެލިއިރު ކުރިމަތިވި ބޮޑު ގޮންޖެހުމެއް

މިދިޔަ ދެ އަހަރާބައިގެ ތެރޭގައި ބޭރުގެ ދަރަނިތައް ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިދިޔަ 40 ވަރަކަށް ދުވަސްތެރޭގައި ބިލިއަނެއްހާ ޑޮލަރު ބޭރުގެ ފަރާތްތަކަށް ދެއްކިފައިވާކަމަށް ވިދާޅުވިއެވެ. އަދި ބައެއް ދަރަނިތައް، އެކުވެރި ދައުލަތްތަކާއެކީ ގޮތް ގާތް ގުޅުމުގެ ސަބަބުން ލަސް ކުރެވުނުކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ތާވަލުކުރަން އުނދަގޫވީ އިޤުތިޞާދީ ޙާލަތުންކަމަށް ވިދާޅުވިއެވެ.
6 ލިޔުން
1 މަސް ކުރިން

މި ސަރުކާރުގެ މިވީ ދެ އަހަރާ ބައިގެ މުއްދަތުގެ ތެރޭގައި އިތުރު 206،400 މީހުންގެ ބަޔޯމެޓްރިކްސް ނަގައިފި

މިދިޔަ ސަރުކާރުގެ މުޅި ފަސް އަހަރުގެ މުއްދަތުގައި ބަޔޮމެޓްރިކްސް ނަގާފައި ވަނީ ޖުމްލަ 27،200 ބިދޭސީންގެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން މިހާރު ނުނަގާ ތިބީ އެއް އިންސައްތަ ބިދޭސީންގެ ބަޔޮމެޓްރިކްސްއެވެ.
5 ލިޔުން
1 މަސް ކުރިން

ބިދޭސީންގެ މައްސަލަ އާއި ޑްރަގުގެ މައްސަލަ އާއި ގޭންގު ކުށްތައް ހުއްޓުވުމަށް މީގެކުރިން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވޭ

އެއީ ފެކްޗުއަލީ ގޮތުން ބަލާއިރު ތެދު ވާހަކައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއީ ސިޔާސީ ގޮތުން ބައްޓަން ކުރެވޭ ވާހަކައެއް ވެސް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން މިހާތަނަށް މި ތިން މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
4 ލިޔުން
1 މަސް ކުރިން

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކުރި ވަރަށް ގިނަ ކުދިން ތިބީ މިހާރު ވަޒީފާގައި

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ޕްރޮގްރާމް ފުރިހަމަކުރި ގިނަ ކުދިން މިހާރު ތިބީ ވަޒީފާގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދެވަނަ ބުރުގައި ތަމްރީނު ފުރިހަމަ ކުރި ގިނަ ކުދިން ވެސް ވަޒީފާތަކަށް ފޮނުވުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެމްއެންޑީއެފް، ޕޮލިސް އަދި ޔުނީފޯމް ބޮޑީސްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވި ގިނަ ކުދިންނަށް އެ ފުރުސަތު ހޯދައިދީފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
3 ލިޔުން
1 މަސް ކުރިން

އަޅުގަނޑު ދެކޭ ގޮތުގައި އެންމެ މާނާހުރި ތަރައްޤި އަކީ ހެޔޮލަފާ، ޤައުމުދެކެ ލޯބިވާ، ދީނަށް ހުރުމަތްތެރިކޮށް ހިތާ އަދި ހުނަރުވެރި ޒުވާނެއް ބިނާކުރުން

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީއަކީ ހަމައެކަނި އިމާރާތްތަކެއް ނޫންކަމަށެވެ. ނަމަވެސް ބެލެންސްކޮށް ފޮރިން ޕޮލިސީ ގެންގުޅުމާއި އިމާރާތްތައް ކުރުމަކީ ވެސް ތަރައްޤީ ކަމަށާއި، އަދި އެއަށްވުރެ މުހިންމު ކަމެއްގެ ގޮތުގައި އެ މަނިކުފާނު ދެކެވަޑައިގަންނަވަނީ އިންސާނުން ބިނާކުރުމުގެ ތަރައްޤީކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް އަލިއަޅުވާލައްވަމުންނެވެ.
2 ލިޔުން
1 މަސް ކުރިން

އިނގިރޭސި ރަސްގެފާނާ ބައްދަލުވުމުން ވެސް އެންމެ ގިނައިން ވާހަކަދެއްކީ ޓެރިފް ކަނޑާލުމާ ގުޅޭގޮތުން

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅުގައި އިނގިރޭސި ރަސްގެފާނާއި ބައްދަލުވުމުންނާއި، އެ ޤައުމުގެ ފޮރިން މިނިސްޓަރ އަދި ޕާލަމެންޓުގެ ފްރެންޑްޝިޕް ގްރޫޕް އަދި މިނޫން ވެސް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާ ވެސް އެންމެ ގިނައިން ދެކެވުނީ ޓެރިފް ކަނޑާލުމުގެ ވާހަކައެވެ.
1 ލިޔުން
1 މަސް ކުރިން

އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުން ޓެރިފް ކަނޑާލުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވުނު

މިހާރުގެ ފޮރިން މިނިސްޓަރ ކުރިން އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގައި ހުންނެވިއިރު އެންމެ އިސްކަމެއް ދެއްވުމަށް އަޅުގަނޑު ދެންނެވީ މިކަމަށް. އަޅުގަނޑު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި ވެސް އެންމެ އިސްކަމެއް ދިނީ މިކަމަށް.