Ads by Farudhun

ޙައްޖުގެ މަތިވެރި އަޅުކަން 1447

LIVE
ޙައްޖުގެ މަތިވެރި އަޅުކަން 1447

ޙައްޖު 1447، ފޮޓޯ: ފަރުދުން

farudhun
ފަރުދުން 18 މޭ 2026، 09:09

މި ބްލޮގުގައި "ފަރުދުން" ނިއުސް ޓީމުން ގެނެސްދޭނީ، 1447ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމާ ގުޅޭ އެންމެހާ އުސްއަލިތަކެވެ.

އަޕްޑޭޓްތައް 49
49 ފޮޓޯ
1 ދުވަސް ކުރިން
ދިވެހި ޙައްޖުވެރިން ޠަވާފުލްއިފާޟާ ކޮށްފި
Update image
ދިވެހި ޙައްޖުވެރިން ޠަވާފުލްއިފާޟާ ކުރުން / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
48 ފޮޓޯ
1 ދުވަސް ކުރިން
ދިވެހި ހުރިހާ ޙައްޖުވެރިން ތިން ޖަމުރާއަަށް ހިލައުކުމާއި، މައްކާއަށް ދަތުރު ފެށުން.
Update image
ދިވެހި ހުރިހާ ޙައްޖުވެރިން ތިން ޖަމުރާއަަށް ހިލައުކުމާއި، މައްކާއަށް ދަތުރު ފެށުން | ފޮޓޯ: ޙައްޖު ކޯރފަރޭޝަން
47 ލިޔުން
2 ދުވަސް ކުރިން

ހިނގާފައި ޖަމުރާއަށް ހިލައުކަން ނުދެވޭ ޙައްޖުވެރިން މިނާއިން މައްކާއަށް ދިއުމަށް ބަހުގައި ދަތުރުފަށައިފި

ހިނގާފައި ޖަމުރާއަށް ހިލައުކަން ނުދެވޭ ޙައްޖުވެރިން މިނާއިން މައްކާއަށް ދިއުމަށް ބަހުގައި ދަތުރުފަށައިފިކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފި
46 ޓްވީޓް
2 ދުވަސް ކުރިން
ޙައްޖުވެރިން މިނާއިން މައްކާއަށް އެނބުރި ދިއުމަށް ދަތުރު ފެށުމުގެކުރިން އަތްދަބަސްތައް ނަގަނީ. ހުރިހާ ޙައްޖުވެރިންވެސް މިއަދު މައްކާއަށް ދިއުމަށްވަނީ ހަމަޖެހިފަ
45 ލިޔުން
3 ދުވަސް ކުރިން

ދިވެހި ޙައްޖުވެރިން 3 ޖަމްރާއަށް ހިލައުކަން ދިއުމަށް ދަތުރު ފަށައިފި

ދިވެހި ޙައްޖުވެރިން 3 ޖަމްރާއަށް ހިލައުކަން ދިއުމަށް ދަތުރުފެށީ ސައުދީ ޢަރަބިއްޔާގެ ގަޑިން މެންދުރުފަހު 2:00ގައި. މިކަމަށް 4 ގަޑިއިރު ވާނެކަމަށް ލަފާކޮށްފައިވޭ.
44 ޓްވީޓް
3 ދުވަސް ކުރިން
ދިވެހި ޙައްޖުވެރިން، ޖަމުރަތުލް އަޤަބާއަށް ހިލައުކައި އިޙްރާމް ކެނޑުން.
43 ލިޔުން
3 ދުވަސް ކުރިން
ދިވެހި ޙައްޖިވެރިން ޖަމްރަތުލް އަޤަބާއަށް ހިލައުކުމަށްފަހު އިޙްރާމް ކަނޑައިފި
42 ޓްވީޓް
4 ދުވަސް ކުރިން
ދިވެހި ޙައްޖުވެރިން، ޖަމުރަތުލް އަޤަބާއަށް ހިލައުކުން.
41 ލިޔުން
4 ދުވަސް ކުރިން

ދިވެހި ޙައްޖުވެރިން، ޖަމުރަތުލް އަޤަބާއަށް ހިލައުކަން ދިއުމަށް ތައްޔާރުވެއްޖެ

ދިވެހި ޙައްޖުވެރިން، ޖަމުރަތުލް އަޤަބާއަށް ހިލައުކަން ދިއުމަށް ތައްޔާރުވެއްޖެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފި
40 ޓްވީޓް
5 ދުވަސް ކުރިން
ޙައްޖު 1447: އަރަފާތު ޓެންޓުން ވަގުތުން ޢިލްމުވެރިޔާ: އައްޝައިޚް އިލްޔާސް ޙުސައިން
39 ލިޔުން
5 ދުވަސް ކުރިން

ޙައްޖު ޚުޠުބާ : އީމާންކަމުގެ އަހުލުވެރިންގެ ޝިޢާރަކީ ތައުޙީދު

އީމާންކަމުގެ އަހުލުވެރިންގެ ޝިޢާރަކީ ތައުޙީދު، އިސްލާމްދީނުގެ ރުކުންތައް ވެސް ބިނާވެގެން ވާނީ މި ދެންނެވި ތައުޙީދުގެ މަތީގައި ކަމަށް މިއަދުގެ ޚުތުބާގައި ފާހަގަކުރެއްވި ، އެއީޝަހާދަތުގެ ދެކަލިމައާއި ނަމާދުކުރުމާއި ޒަކާތްދިނުމާއި ރޯދަހިފުމާއި ޙައްޖުވުން
38 ލިޔުން
5 ދުވަސް ކުރިން

ޙައްޖު ޚުޠުބާ : ތަޤުވާއަކީ ﷲ އެންގެވި ހުރިހާ ކަމެއް ފުރިހަމައަށް އަދާކުރުމާއި އެއިލާހު ނަހީކުރެއްވި ކަންކަމުން ދުރުވުން

ތަޤުވާއަކީ ﷲ އެންގެވި ހުރިހާ ކަމެއް ފުރިހަމައަށް އަދާކުރުމާއި އެއިލާހު ނަހީކުރެއްވި ކަންކަމުން ދުރުވުން ކަމުގައި ހަނދާންކޮށްދެއްވި
37 ލިޔުން
5 ދުވަސް ކުރިން

ދިވެހި ހުރިހާ ޙާޖީން ޢަރަފާތުގައި، އެންމެންގެ ހާލުވެސް ރަނގަޅު

ދިވެހި ހުރިހާ ޙާޖީން މިހާރު ތިބީ ޢަރަފާތުގައި ކަމަށާއި ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ
36 ޓްވީޓް
5 ދުވަސް ކުރިން
1.8 މިލިއަން ޙައްޖުވެރިން ޢަރަފާތް ބިމަށް ޖަމާވެއްޖެ
35 ލިޔުން
5 ދުވަސް ކުރިން

ހޮސްޕިޓަލުގައި އޮތް ޙާޖީ ވެސް މިހާރުވަނީ އަރަފާތުގަ

ހޮސްޕިޓަލުގައި އޮތް ޙާޖީ ވެސް މިހާރުވަނީ އަރަފާތުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވީ
34 ފޮޓޯ
5 ދުވަސް ކުރިން
މިއަހަރުގެ ޢަރަފާތު ޚުޠުބާ ދެއްވާނީ ޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީ
Update image
33 ފޮޓޯ
5 ދުވަސް ކުރިން
ދިވެހި ޙައްޖުވެރިން ޢަރަފާތު ބިމުގައި.
#ޙައްޖު1447
Photo Credits:@hajjmission_mv
Update image
32 ލިޔުން
5 ދުވަސް ކުރިން
އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތަށް ވަދެފަ. އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު. އަލްޙަމްދު ލި ﷲ. - މިނިސްޓަރ ޝަހީމް -
31 ލިޔުން
5 ދުވަސް ކުރިން
الحمد لله
ދިވެހި ޙައްޖުވެރިން މިހާރުތިބީ އަރަފާތުގައި.
30 ފޮޓޯ
5 ދުވަސް ކުރިން

ޙައްޖުވެރިން ޢަރަފާތަށް ދަތުރު ފަށައިފި

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ފަތިސް ވާންވާއިރަށް ޙައްޖުވެރިންނަށް އަރަފާތަށް ދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޙައްޖުވެރިން ޢަރަފާތަށް ދަތުރު ފަށައިފި
ޙައްޖުވެރިން ޢަރަފާތަށް ދިއުމަށް ތައްޔާރުވެގެން ބަހުގެ އިންތިޒާރުގައި / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
29 ޓްވީޓް
5 ދުވަސް ކުރިން

ދިވެހި ޙައްޖުވެރިން އަރަފާތަށް ދިއުމަށް ރާއްޖެ ގަޑިން މިރޭ 11 ޖަހާއިރު ފުރާނެ

ރާއްޖޭގެ ގަޑިން މިރޭގެ 11 ޖަހާއިރު، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ގޮސްފައިވާ ދިވެހި ހުރިހާ ޙައްޖުވެރިން އަރަފާތަށް ދިއުމަށް ދަތުރު ފަށާނެކަމަށް، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޝަކީލް ވިދާޅުވީ، މިރޭ ފަތިސް ވާންވާއިރަށް ޙައްޖުވެރިންނަށް އަރަފާތަށް ދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
28 ލިޔުން
6 ދުވަސް ކުރިން

ދިވެހި ހުރިހާ ޙައްޖުވެރިން މިނާއަށް ގޮސްފި

ޙައްޖުވެރިން މިނާއަށް ދަތުރުކޮށްފައި ވަނީ ބަހުގައެވެ. މި ދަތުރަށް 22 ބަސް ބޭނުންކޮށްފައިވެއެވެ.
27 ފޮޓޯ
6 ދުވަސް ކުރިން

މިނާގައި ދިވެހި ޙައްޖުވެރިން ތިބޭނީ ދިވެހީންނަށް ޚާއްޞަ ސަރަހައްދެއްގައި

މި އަހަރުވެސް މިނާގައި ދިވެހި ޙައްޖުވެރިން ތިބޭނީ ދިވެހީންނަށް ޚާއްޞަ ސަރަހައްދެއްގައި ކަމަށާއި އެ ސަރަޙައްދުގައި އިތުރު އެއްވެސް ޤައުމެއްގެ ޙާޖީން ނުތިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
މިނާގައި ދިވެހި ޙައްޖުވެރިން ތިބޭނީ ދިވެހީންނަށް ޚާއްޞަ ސަރަހައްދެއްގައި
ޙައްޖުވެރިން މިނާއަށް ދިއުމަށް ދަތުރު ފެށުން / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
26 ފޮޓޯ
6 ދުވަސް ކުރިން

މިނާ އާއި ޢަރަފާތުގެ ޓެންޓުތައް ތައްޔާރީ ޙާލަތުގައިކަމަށް ދިވެހި ޙައްޖު މިޝަނުން ހާމަކޮށްފި

މިނާގައި ޓެންޓުތައް ހުންނާނީ އަންހެނުންނަށާއި ފިރިހެނުންނަށް ވަކިންނެވެ. ޓެންޓުގައި ކޮންމެ ހާޖީއަކަށް ސޯފާ ބެޑަކާއި ބާލިސް އަދި ބެޑްޝީޓް ހުންނާނެއެވެ. މީގެއިތުރުން މުސައްލަ، ކުޑަ، ފެންފުޅި، ހިލަކޮޅު ހޮވާފައި އަޅާ ކޮތަޅު، ކުޑަ ދަބަހެއް އަދި ބައެއް ކަހަލަ ރީތިވާ ސާމާނުވެސް ކޮންމެ މީހަކަށް ވަކިން، ޕެކޭޖެއްގެ ގޮތުގައި ލިބޭނެއެވެ.
މިނާ އާއި ޢަރަފާތުގެ ޓެންޓުތައް ތައްޔާރީ ޙާލަތުގައިކަމަށް ދިވެހި ޙައްޖު މިޝަނުން ހާމަކޮށްފި
މިނާގެ ޓެންޓުތައް / ފޮޓޯ: ޙައްޖު މިޝަން
25 ލިޔުން
6 ދުވަސް ކުރިން

ދިވެހި ތާރީޙުގައި ވެސް މިއީ ޙައްޖުވެރީންނަށް ދެވޭ އެންމެ މަތީ ޚިދުމަތް: ވަޒީރު ޝަހީމް

ޝަހީމް މިހެން ވިދާޅުވީ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ދަށުން މި އަހަރު ވެސް ދިވެހި ޙައްޖާޖީންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ވަނިކޮށެވެ. މީގެއިތުރުން މި އަހަރު ޙައްޖު ކޯޕަރޭޝަނުގެ ޚިދުމަތްތަކަކީ ވެސް މީގެކުރިން މި ޚިދުމަތްތައް ދީފައިނުވާ ފެންވަރަށް ދެވޭ ރަނގަޅު ޚިދުމަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
24 ޓްވީޓް
6 ދުވަސް ކުރިން
މިނާއާއި ޢަރަފާތުގައި ދިވެހި ޙައްޖާޖީން ތިއްބަަވަން ހަމަޖެހިފައިވާ ޓެންޓްތައްވަނީ ތައްޔާރުވެފަ.
23 ފޮޓޯ
1 ހަފްތާ ކުރިން
ޙައްޖުވެރިން މަޝާއިރަށް ދިއުމުގެކުރިން އެކަމަށް ތައްޔާރުކުރުމުގެގޮތުން، ހަތަރުވަނަ ފްލައިޓުގެ ޙައްޖުވެރިންނާއެކު ވެސް ބައްދަލުވުން ބާއްވައިފި
Update image
ޙައްޖުވެރީންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ސެޝަން / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
22 ޓްވީޓް
1 ހަފްތާ ކުރިން
މަޝާއިރަށް ދިއުމުގެކުރިން އެކަމަށް ތައްޔާރުކުރުމުގެ މަޢުލޫމާތު ސެޝަން ދެވަނަ ފްލައިޓުގެ ހާޖީންނަށް ދެއްވައިފި
21 ޓްވީޓް
1 ހަފްތާ ކުރިން
ޙައްޖުވެރިން މަޝާއިރަށް ދިއުމުގެކުރިން އެކަމަށް ތައްޔާރުކުރުމުގެގޮތުން ބައްދަލުވުމެއް ބާއްވައިފި
20 ޓްވީޓް
1 ހަފްތާ ކުރިން
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައިފި
19 ޓްވީޓް
1 ހަފްތާ ކުރިން

ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން ޙައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ދަރުހެއް ކުރިޔަށް ގެންގޮސްފި

"ޙައްޖުގެ ވާޖިބުތައް" މި މަޢުޟޫއަށް ދަރުސް ދެއްވީ ޝައިޚް ޢަބްދުލް ޤާދިރު މުޙައްމަދު.
18 ފޮޓޯ
1 ހަފްތާ ކުރިން
ޞަފްވާ ފައުންޑޭޝަންގެ ފަރާތުން ޙައްޖާޖީންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި.
Update image
ޞަފްވާ ފައުންޑޭޝަންގެ ފަރާތުން ޙައްޖާޖީންނަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ދިވެހި ޙައްޖު މިޝަން
17 ޓްވީޓް
1 ހަފްތާ ކުރިން
މިނާގެ ތައްޔާރީތައް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ބައްލަވާލައްވައިފި.
ޙައްޖު ކޯޕަރޭޝަނުން ބޭނުންވާ ފެންވަރަށް މިނާގެ ފޭލިގެތައް ތައްޔާރުކުރުން ބާރު ސްޕީޑުގައި ދަނީ ކުރިއަށް. މިދިޔަ އަހަރަށްވުރެ މިއަހަރުގެ އިންތިޒާމުތައް އެތައް ގުނައެއް ފުރިހަމަ.
ވީޑިއޯ ކްރެޑިޓްސް: ޙައްޖު ކޯރޕަރޭޝަން
16 ފޮޓޯ
1 ހަފްތާ ކުރިން

ދިވެހި ޙައްޖުވެރިންގެ އެހީތެރިންނާއި ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ބައްދަލުކުރައްވައިފި

ދިވެހި ޙައްޖުވެރިންގެ އެހީތެރިންނާއި ބައްދަލުކުރައްވައި ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ވަނީ ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޙައްޖުވެރިން ހިތްހަމަޖެހޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެދި، އެ ކަމަށް ހިތްވަރުދެއްވާފައެވެ.
ދިވެހި ޙައްޖުވެރިންގެ އެހީތެރިންނާއި ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ބައްދަލުކުރައްވައިފި
ދިވެހި ޙައްޖުވެރިންގެ އެހީތެރިންނާއި ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ބައްދަލުކުރެއްވުން / ފޮޓޯ: ދިވެހި ޙައްޖު މިޝަން
15 ފޮޓޯ
1 ހަފްތާ ކުރިން

ޙައްޖުވެރިންގެ ހޮޓަލުގައި ދަރުހެއް ކުރިޔަށް ގެންގޮސްފި

ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން ޙައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ދަރުޙެއް ކުރިޔަށް ގެންގޮސްފިއެވެ. "ޙައްޖުގެ ރުކުންތައް" މި މަޢުޟޫއަށް ދަރުސްދެއްވީ ޑރ. އިލްޔާސް ޙުސައިންއެވެ.
ޙައްޖުވެރިންގެ ހޮޓަލުގައި ދަރުހެއް ކުރިޔަށް ގެންގޮސްފި
ޙައްޖުވެރިންނަށް ކުރިޔަށް ގެންދިޔަ ދަރުން / ފޮޓޯ: ދިވެހި ޙައްޖު މިޝަން
14 ޓްވީޓް
1 ހަފްތާ ކުރިން
ގްރޭންޑް ޙަޖް ސިމްޕޯސިއަމް 1447ގެ ފުރަތަމަ ސެޝަންގައި ސައުދީ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރ، ޑރ. ތައުފީޤު އައް-ރަބީޢާ އިސްލާމީ ޤައުމުތަކުގެ ޙައްޖު އޮފީހުގެ އިސްވެރިންނާ ބައްދަލުކުރެއްވުން
13 ޓްވީޓް
1 ހަފްތާ ކުރިން
ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި އައި ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕްގެ ޙައްޖުވެރިން، ޢުމްރާ ފުރިހަމަކުރުން.
12 ފޮޓޯ
1 ހަފްތާ ކުރިން
ހަތަރުވަނަ ފްލައިޓްގެ ޙައްޖުވެރިން މިހާރު ވަނީ ހޮޓަލަށް ގޮސްފައެވެ.
Update image
ޙައްޖުވެރިން ހޮޓަލަށް ދިއުން / ފޮޓޯ: ޙައްޖު މިޝަން
11 ފޮޓޯ
1 ހަފްތާ ކުރިން
ހަތަރުވަނަ ފްލައިޓުން ޖިއްދާއަށް ދިޔަ ޙައްޖާޖީންނަށް މަރުޙަބާ ކިޔައިފި
Update image
ޙައްޖާޖީންނަށް މަރުޙަބާ ކިޔުން / ފޮޓޯ: ޙައްޖު މިޝަން
10 ޓްވީޓް
1 ހަފްތާ ކުރިން
1447 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ޙައްޖުވެރިންގެ ތިންވަނަ ފްލައިޓްގެ ޙައްޖުވެރިން ހޮޓަލަށް އައުން. ޖުމްލަގޮތެއްގައި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅު
9 ލިޔުން
1 ހަފްތާ ކުރިން

ދިވެހި ޙައްޖުވެރިން ދަތުރުކުރާ އެންމެ ފަހު ފްލައިޓް ރާއްޖެއިން ފުރައިފި

ޙައްޖާޖީންގެ ހަތަރުވަަނަ ފްލައިޓުގައި 259 ޙައްޖާޖީން ދަނީ ޖިއްދާއަށް ދަތުރުކުރަމުންނެވެ. މި ފްލައިޓް ޖިއްދާއަށް ދެވޭނެކަމަށް ބެލެވެނީ ރާއްޖެ ގަޑިން މެންދުރުފަހު 14:07ގައެވެ.
8 ޓްވީޓް
1 ހަފްތާ ކުރިން
ތިންވަނަ ފްލައިޓުން ދިޔަ ހުރިހާ ޙައްޖުވެރިން ހޮޓަލަށް ގޮސްފި.
7 ފޮޓޯ
1 ހަފްތާ ކުރިން
ތިންވަނަ ފްލައިޓުން ދަތުރުކުރި ޙައްޖުވެރީންނަށް ސަޢުދީގައި ތިބި ޙައްޖު މިޝަނުން މަރުޙަބާ ކިޔުން
Update image
ޙައްޖުވެރީންގެ ތިންވަނަ ފްލައިޓަށް މަރުޙަބާ ކިއުން / ފޮޓޯ: ދިވެހިރާއްޖޭގެ ޙައްޖު މިޝަން
6 ލިޔުން
1 ހަފްތާ ކުރިން

ޙައްޖުވެރިންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މައްކާ ހޮޓަލުގައި ޚާއްޞަ ކްލިނިކެއް ވަނީ ޤާއިމްކޮށްފައި

މި ކްލިނިކް ޤާއިމްކޮށްފައި ވަނީ މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައެވެ. މި ކްލިނިކަކީ ސަޢުދީ ނޭޝަނަލް ހޮސްޕިޓަލާއެކު ގުޅިގެން ޙައްޖު ކޯޕަރޭޝަނުން ދޭ ޚިދުމަތެކެވެ. އެގޮތުން، ޙައްޖުވެރިއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތުގައި ސަޢުދީ ނޭޝަނަލް ހޮސްޕިޓަލުގެ އެހީތެރިކަން ލިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
5 ލިޔުން
1 ހަފްތާ ކުރިން

ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ސައުދީއަށް ފުރީ މެއި 15ގައި

ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓުގައި 235 ޙާޖީން ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ.
4 ލިޔުން
1 ހަފްތާ ކުރިން

މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން، ދަތުރުގެ ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީގެ ޓީމެއް ރާއްޖެ އައިސްފައިވޭ

މީގެ ކުރިން ދިގު ދަތުރަކަށްފަހު ޖިއްދާ އެއަރޕޯޓަށް ފައިބައި، އިމިގްރޭޝަން ކިއޫގައި މަޑުކޮށް، އަދި ލަގެޖް ހޯދުމުގައި ޙައްޖުވެރިން އިންތިހާއަށް ވަރުބަލިކަން ތަހައްމަލު ކުރަންޖެހެއެވެ. ނަމަވެސް، މައްކާ ރޫޓްގެ ދަށުން ސައުދީ އަރަބިއްޔާއިން އައި ޓީމުގެ އެހީތެރިކަމާއެކު އިމިގްރޭޝަން ކަންކަން ފުރިހަމަ ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުންނެވެ.
3 ލިޔުން
1 ހަފްތާ ކުރިން

ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް މި އަހަރުވެސް ބަހުގެ ޚިދުމަތް ދީފައިވޭ

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާއިން އިސްނަގައިގެން، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން، ޙައްޖާޖީން ފުރުމުގެ ކުރިން މި އިންތިޒާމުތައް ހަމަޖައްސާފައިވާނެކަމަށެވެ.
2 ލިޔުން
1 ހަފްތާ ކުރިން

މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން، ޖިއްދާގައި ލަގެޖުތައް އުފުލުމަށް މިދިޔަ އަހަރަށް ވުރެ ފަސޭހަ އިންތިޒާމުތަކެއް އޮތީ ހަމަޖެހިފައި

ސައުދީ އަރަބިއްޔާގެ ސައުދީ ޕޯސްޓުގެ ދަށުން ހިންގާ ސުބުލް އޮތޯރިޓީއާ ގުޅިގެން، ލަގެޖުތައް އެއާރޕޯޓުން ހޮޓަލަށް ގެންދިއުމަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް، ޙާޖީން ޖިއްދާއަށް ދިއުމުގެ ކުރިން އޮތީ ހަމަޖެހިފައެވެ. އެގޮތުން ދިވެހި ޙައްޖާޖީންގެ ލަގެޖު ޖިއްދާ އެއަރޕޯޓާއި ހޮޓަލާ ދެމެދު އުފުލުމުގެ ކަންކަމުގައި ޙާޖީންނާއި ޙައްޖު ކޯޕަރޭޝަނަށް އެއްވެސް ވަގުތެއް ހުސްކުރާކަށް ނުޖެހޭނެއެވެ.
1 ލިޔުން
1 ހަފްތާ ކުރިން

މި އަހަރުވެސް ޙައްޖުގެ ހުރިހާ އިންތިޒާމެއް ކުރިޔަށްދަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން

މައްކާ ރޫޓް އިނިޝިއޭޓިވްއަކީ ހަމައެކަނި ނިސްބަތުން ގިނަ ޙައްޖުވެރިން ދަތުރުކުރަމުންދާ ޤައުމުތަކަށް ހަމަޖައްސައިދޭ އިންތިޒާމްތަކެކެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ރާއްޖެއަށް މި އިންތިޒާމްތައް ހަމަޖެހުނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުންކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކޮށްފައެވެ.