Ads by Farudhun

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ވަޑައިގެންނެވުން---

farudhun
ފަރުދުން 03 މޭ 2026، 10:08

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް މި މަހުގެ 3ވަނަ ދުވަހުން ފެށިގެން 6ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. 

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން، ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާއި އެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ބްލޮގްގައި "ފަރުދުން"ގެ ނިއުސް ޓީމުން ގެނެސްދޭނީ، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މުހިންމު އުސްއަލިތަކެވެ.

އަޕްޑޭޓްތައް 29
29 ފޮޓޯ
4 ދުވަސް ކުރިން

ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގެންފި

ސްރީލަންކާގެ ރައީސް އަނޫރާ ޑިސަނަޔަކޭގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ.
ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގެންނެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
28 ޓްވީޓް
4 ދުވަސް ކުރިން

ސްރީލަންކާއަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅު އެ ނިންމަވާލައްވަނީ އެ ޤައުމާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ އާ އަޒުމަކާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއިން ފުރާވަޑައިގެންނެވުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ ޤައުމުގެ ބޮޑު ވަޒީރު، ހަރިނީ އަމަރަސޫރިޔާއާ ކުރެވުނު މަޝްވަރާތަކާއެކު އިތުރު ހިތްވަރަކާއި އުއްމީދެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި ދެން އޮތީ ބައްދަލުވުންތަކުގެ ނަތީޖާ ނެރުމަށް މަސައްކަތްކުރުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
27 ލިޔުން
4 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮޅުނބުގެ މޭޔަރާއި ބައްދަލުކުރައްވައިފި

މިއީ ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާ ކުރުމުގެ ގޮތުން ކޮޅުނބުގެ މޭޔަރު، ކެލީ ބެލްތަޒާ އިންތިޒާމް ކުރެއްވި ހަރަކާތެކެވެ. ބައްދަލުކުރެއްވުމުގައި ވަނީ ސްރީލަންކާގައި ސައި ކެއްކުމަށް ގެންގުޅޭ ތަފާތު ވައްޓަފާޅިތައް ދައްކާލުމުގެ އިތުރުން، ސަޔާއެކުގައި ބޭނުންކުރަން ކަމުދާނެ ކާނާގެ ބައެއް ބާވަތްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ކުރިއަށް ގެންދަވާފައެވެ.
26 ފޮޓޯ
4 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮޅުނބުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި

މި ދަތުރުފުޅުގައި ސްރީލަންކާގެ ސަރުކާރާއެކު ކުރިއަށްގެންދެވި މަޝްވަރާތަކުގައި، ވިސާއާ ގުޅުންހުރި މައްސަލަތައް ފަދަ، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާމެދު ވާހަކަދެކެވުނުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އެ ފަދަ ކަންކަމަށް މިހާރު ހުރި އުނދަގޫތަކަށް ދާއިމީ ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮޅުނބުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮޅުނބުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
25 ފޮޓޯ
5 ދުވަސް ކުރިން

އިޤްތިޞާދު ބައްޓަންކުރުމުގައި އަމިއްލަ ފަރާތްތަކުގެ ދައުރަކީ ކޮންމެހެން ބޭނުންތެރި، މުހިންމު ދައުރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ މިހާރު އޮތީ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު މަރުޙަލާއެއްގައި ކަމަށާއި، މި ދަތުރު ކުރިއަށްދަނީ "ވިޝަން 2040" ގެ ދަށުން ކަމަށް ވިދާޅުވިއެވެ.
އިޤްތިޞާދު ބައްޓަންކުރުމުގައި އަމިއްލަ ފަރާތްތަކުގެ ދައުރަކީ ކޮންމެހެން ބޭނުންތެރި، މުހިންމު ދައުރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައިފި
މޯލްޑިވްސް–ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޤުރީރު ކުރައްވަނީ
24 ފޮޓޯ
5 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ކޮލަމްބޯގައި މިއަދު ބޭއްވި މިފްކޯގެ އުފެއްދުންތައް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި

މި ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސަގާފީ 'މާލަފަތެއް' ވަނީ ދައްކާލާފައެވެ. މިއީ އެ ކުންފުނީގެ ވެލިއު-އެޑަޑް މަހުގެ އުފެއްދުންތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ..
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ކޮލަމްބޯގައި މިއަދު ބޭއްވި މިފްކޯގެ އުފެއްދުންތައް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި
23 ފޮޓޯ
5 ދުވަސް ކުރިން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށާއި މޯލްޑިވްސް ކަލްޗަރަލް ސެންޓަރަށް ޒިޔާރަތްކުރައްވައިިފި
Update image
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށާއި މޯލްޑިވްސް ކަލްޗަރަލް ސެންޓަރުން މަރުޙަބާ ދެންނެވުން
22 ފޮޓޯ
5 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުން

މި ދަތުރުފުޅުގައި މިއުޒިއަމްގެ އޮފިޝަލުން ވަނީ އެތަނުގައި ބަހައްޓާފައިވާ ސްރީލަންކާގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ މުހިންމު ތަކެއްޗާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް މި ކުރެއްވި ޒިޔާރަތަކީ، ސްރީލަންކާގެ ތާރީޚާއި ސަގާފީ ތަރިކައަށް އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުންނާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ސަގާފީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުން
21 ފޮޓޯ
5 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތްކުރައްވައިފި

ގުޑް މާކެޓްގެ ފަރާތުން އިންތިޒާމުކުރި މި ޒިޔާރަތުގައި، އެކަމަނާ ވަނީ ކޮލަންބޯގެ ޒަމާންވީ "ދި 80 ކްލަބު އޮފް ކޮލަންބޯ" ގައި ކުރިއަށްދިޔަ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ދައްކާލާ މައުރަޒެއް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތްކުރައްވައިފި
ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
20 ފޮޓޯ
5 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި

މި ޒިޔާރަތުގައި ހޮސްޕިޓަލުގެ ތަޢާރަފެއް ހިމެނޭ ޕްރެޒެންޓޭޝަނެއް އެ ކަމަނާއަށް ހުށައަޅާފައިވެއެވެ. މީގެއިތުރުން ކަށީގެ ޚިދުމަތްތަކާ، އަދި ޕްލާސްޓިކް ސާރޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
19 ލިޔުން
5 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ރަސްމީ ޖާފަތެއް ބާއްވަވައިފި

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތައުލީމީ ދާއިރާ އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
18 ޓްވީޓް
6 ދުވަސް ކުރިން

މިއަދު ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް އަވަށްޓެރި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ، ނަތީޖާ ނެރެވޭނެ ފަދަ އުއްމީދީ ބައްދަލުވުންތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނު އެ ޤައުމަށް ފައިބާވަޑައިގެންނެވި ވަގުތުން ފެށިގެން އެ މަނިކުފާނާއި އެ މަނިކުފާނުގެ ވަފުދަށް ސްރީލަންކާއިން ދެންނެވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ފުރިހަމަ މެހެމާންދާރީއަށްޓަކައި، ސްރީލަންކާގެ ރައީސްއަށް ޝުކުރު އަދާކުރައްވާފައި.
17 ޓްވީޓް
6 ދުވަސް ކުރިން
ސިލޯނުގެ ޕާލަމެންޓުގެ ރައީސް، ޑރ. ޖަގަތު ވިކްރަމަރަތުނަ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
16 ޓްވީޓް
6 ދުވަސް ކުރިން
ސިލޯނުގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
15 ފޮޓޯ
6 ދުވަސް ކުރިން

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، ތަފާތު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކެއްގައި މިއަދު ވަނީ ސޮއިކޮށްފައި

* ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ފަހުމުނާމާ
* އަރުޝީފުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާ
* ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމާއި ގުޅޭ ފަހުމުނާމާ
* ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވާރުން ތަމްރީނު ކުރުމާއި ފަންނީ ތަރައްޤީގެ ފަހުމުނާމާ
* ދިފާޢީ ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާ
* ދިފާޢީ ދާއިރާގެ ތަޢުލީމާއި ތަމްރީނާއި ދިރާސާގެ ފަހުމުނާމާ
* މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކުރުމުގެ ފަހުމުނާމާ
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، ތަފާތު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކެއްގައި މިއަދު ވަނީ ސޮއިކޮށްފައި
ޚާރިޖީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ދިވެހިރާއްޖޭގެ ފަރާތުން ގިނަ ފަހުމުނާމާތަކެއްގައި ސޮއިކުރައްވާފައި / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
14 ފޮޓޯ
6 ދުވަސް ކުރިން

ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ރަސްމިއްޔާތުގައި ދެ ބޭފުޅުން އިންދަވާފައިވަނީ ''ހޯސްފީލްޑިއާ އިރީއޫގެޑީ'' ނަމަކަށް ކިޔާ ގަހެކެވެ. މި ގަހަކީ ސްރީލަންކާއަށް ޚާއްޞަ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ގަހެކެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތެއް ބާއްވައިފި
ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
13 ޓްވީޓް
6 ދުވަސް ކުރިން
އަޅުގަނޑުމެން މިދަނީ އަމަލީ ގޮތުން ކުރެވިދާނެ ކަންކަން ދިރާސާކުރަމުން. އޭގެ ތެރޭގައި ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމުކުރުމުގެ ފުރުސަތު އޮތްތޯ ބެލުން ހިމެނޭ
12 ޓްވީޓް
6 ދުވަސް ކުރިން
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ތަފާތު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފަ
11 ލިޔުން
6 ދުވަސް ކުރިން

ދެ ޤައުމުގެ ދެމިއޮތުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިން: ރައީސުލްޖުމްހޫރިއްޔާ

"މީގެ އިތުރުން، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅޭގޮތުން، ޚާއްޞަކޮށް ދެ ޤައުމުގެ ދެމިއޮތުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅުގަނޑުމެން މުހިންމު މަޝްވަރާތަކެއް ކުރިން. އެހެންކަމުން، ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް ވަކާލާތުކުރުން އިތުރަށް ހަރުދަނާކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ މަޝްރޫޢުތައް ހިންގުމަށާއި، މޫސުމީ ނުރައްކާތަކަށް ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވަނީ މުހިންމު މަޝްވަރާތަކެއް ކުރިޔަށްގެންގޮސްފައި"
10 ލިޔުން
6 ދުވަސް ކުރިން

މަތީ ތަޢުލީމާއި، ފަންނީ ތަމްރީނުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވޭ

ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގައި، މަތީ ތަޢުލީމާއި، ފަންނީ ތަމްރީނާއި، މުސްތަޤުބަލުގެ ސިނާޢަތްތަކަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމުގެ ދާއިރާއިންނާއި، މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވެސް ހިމެނޭ.
9 ލިޔުން
6 ދުވަސް ކުރިން

އަޅުގަނޑުމެން މިދަނީ ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ޤާއިމުކުރުމުގެ ފުރުސަތުތައް ދިރާސާކުރަމުން: ރައީސުލްޖުމްހޫރިއްޔާ

"ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދު ފުޅާކުރުމުގެ ގޮތުން، އަޅުގަނޑުމެން މިދަނީ ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ގާއިމުކުރުމުގެ ފުރުސަތުތަކާ އެކު، ޢަމަލީ ގޮތުން ކުރެވިދާނެ މުހިންމު މަސައްކަތްތަކެއް ދިރާސާކުރަމުން. މީގެ އިތުރުން، މަހުގެ ޕްރިމިއަމް އުފެއްދުންތައް ސްރީލަންކާގެ މާކެޓަށް ތަޢާރަފުކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުން"
8 ލިޔުން
6 ދުވަސް ކުރިން

މިއަދުގެ ބައްދަލުވުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދިނީ އިޤުތިޞާދީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާތަކަށް: ރައީސުލްޖުމްހޫރިއްޔާ

"ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް މުސްތަޤުބަލުގައި އަޅުގަނޑުމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް މަޝްވަރާކޮށްފިން. އަދި އިންވެސްޓަރުންނަށް ބޭނުންވާނެ ފަހި މާހައުލެއް ޤާއިމްކޮށް، ވިޔަފާރީގެ އައު ފުރުސަތުތަކަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން އިސްކަންދޭނަން"
7 ލިޔުން
6 ދުވަސް ކުރިން

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، މިއަދު ވަނީ މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައި: ރައީސުލްޖުމްހޫރިއްޔާ

"މީގެ ތެރޭގައި މަތީ ތަޢުލީމާއި ތަމްރީނު، އަރުޝީފީ މަސައްކަތްތަކުގައި އެއްބާރުލުން ދިނުން، ޞިއްޙީ ދާއިރާ، ދިފާޢީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުން އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ"
6 ލިޔުން
6 ދުވަސް ކުރިން

ރައީސް ޑިސަނާޔަކެއާއެކު ފުޅާދާއިރާއެއްގައި ގިނަ މަޝްވަރާތަކެއް ކުރެވިއްޖެ: ރައީސުލްޖުމްހޫރިއްޔާ

"ރައީސް ޑިސަނާޔަކެ އާއި އަޅުގަނޑާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގަ އާއި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ގިނަ ކަންތައްތަކަކާ ގުޅޭގޮތުން އެއްބަސްވުންތަކަކަށް ވަނީ އާދެވިފައި. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ވިޔަފާރި އާއި އިންވެސްޓްމަންޓް، ސިއްޙީ ދާއިރާ، ދިފާއީ އަދި ސަލާމަތީ ކަންކަން، ތަޢުލީމު، ޒުވާނުންނާއި ކުޅިވަރުގެ ކުރިއެރުން، މަސްވެރިކަން، ތިމާވެށި އަދި އިޖުތިމާއީ ތަރައްޤީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވާނީ އެއްބަސްވެފައި"
5 ލިޔުން
6 ދުވަސް ކުރިން

ކޮލަމްބޯއަށް ކުރެވޭ މި ޒިޔާރަތަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް: ރައީސުލްޖުމްހޫރިއްޔާ

"ކޮލަމްބޯއަކީ އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ދިގު ތާރީޚާއި، ސާބިތުކަމާއި، ގާތް ރަޙުމަތްތެރިކަން ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ސިޓީއެއް. މި ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އައުކޮށްދޭ ދަތުރެއްގެ އިތުރުން، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މުސްތަޤުބަލަށް އަމާޒު ހިފާފައިވާ، އައު އަދި އުންމީދީ ފެށުމެއް ރަމްޒުކޮށްދޭ މުހިންމު ފުރުޞަތެއް"
4 ޓްވީޓް
6 ދުވަސް ކުރިން

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރުމަށް ބާއްވާ ރަސްމިއްޔާތު

މި ރަސްމިއްޔާތުގައި ފަހުމުނާމާތައް ބަދަލުކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ބަޔާނެއް ދެއްވާނެއެވެ.
3 ލިޔުން
6 ދުވަސް ކުރިން

ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު ވަނީ އެ މަނިކުފާނުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
2 ލިޔުން
6 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން ކުރިޔަށް ދަނީ ސްރީލަންކާގެ ރައީސްގެ ރަސްމީ އޮފީހުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ވަޑައިގެންނެވިއިރު، އިސްތިޤުބާލުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ހުންނެވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.
1 ލިޔުން
6 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސްރީލަންކާއިން ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއަށް ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް (ބީ.އައި.އޭ) އިން މަރުޙަބާ ދެންނެވީ ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް ސަގާފީ ހަރަކާތެއް ހިމެނޭހެން، މަރުޙަބާ ވިދާޅުވުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.