މި ސަރުކާރުން ކުރެއްވި މަސައްކަތުން %93 މުވައްޒަފުންގެ ޕޭ-ހާމަނައިޒްކޮށް ނިމިއްޖެ
ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް މިހާރު ދެއްވާފައިވާ އިންސްޓްރަކްޝަނަކީ ވީހާވެސް އަވަހަކަށް ބާކީތިބި މީހުން ކުރާށޭ، އަދި މި ޙާލަތާއެކުގައި އަޅުގަނޑުމެން އެކަން އަވަސްވެސް ކުރަން ބޭނުން. އެއީ ދުނިޔޭގެ މި އަންނަ ބަދަލާއެކުގައި ތަކެތީގެ އަގު އެބަ ބޮޑުވޭ، އަދި ރާއްޖޭގައި އަޅުގަނޑުމެން ކިތަންމެ ވަރަކަށް ކޮންޓްރޯލްކުރަން އުޅުނުކަމުގައި ވިޔަސް މުޅި ދުނިޔެއަށް އަންނަ ބަދަލެއް އަންނާނެ. އެހެންވީމަ އެމީހުންނަށް ޕޭ-ހާމަނައިޒް ނުކުރެވިއްޖެ ނަމަ ލިބޭ އާމްދަނީ މަދުވާނެ. އެހެންވީމަ ވަރަށް އަވަހަށް ބާކީތިބި %7 މީހުންގެ ޕޭ-ހާމަނައިޒްކޮށް ނިންމާނަން.
-މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު-
ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށްޓަކައި ރާވާފައިވާ ހުރިހާ ކަމެއް ކުރިއަށް އެބަދޭ
މިއަހަރުގެ ބަޖެޓަކީ ވަރަށް ބޮޑަށް ރައީސް ބައްލަވާފަ، ދިރާސާކުރުމަށްފަހު، ނިންމަވާފައިވާ ބަޖެޓެއް. ދެން މި ދުވަސްކޮޅު ރެވެނިއު ޑިޕެއް އައިސްފައިވީ ނަމަވެސް، އަދި ދެ ތިން މަހެއް ނަގާނެ ޢާންމު ޙާލަތަށް ކަންކަން އަންނަން. އެކަމަކު އެއަށް ވެސް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން.
-މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު-
ގަސްކާނާގެ ގޮތުގައި އެންމެ ގިނައިން ބޭނުންކުރާ 'ޔޫރިއާ' ލިބުމުގައި ދަތިތަކެއް އެބަހުރި
އީރާނަކީ 5ވަނަ އަށް އެންމެ ގިނައިން ޔޫރިއާ އުފައްދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް. މީގެ %35 މި އުފައްދަނީ މިޑްލް-އީސްޓްގެ ޤައުމުތަކުން. ދެން ދިވެހިރާއްޖެއަށް ޔޫރިއާ އެތެރެކުރާ ބައެއް އެހެން ޤައުމުތަކުން އެ އުފެއްދުން ނުވަތަ އެކްސްޕޯޓްކުރުން މަނާކުރެވިފައިވާތީއާ އެކު، އެތަކެތި ލިބުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް އެބަހުރި.
-މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް-
މަސްވެރި އުޅަނދުފަހަރަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ތެޔޮ ލިބޭނެ
ރާއްޖޭގެ އުތުރާއި، ދެކުނާއި، މެދުރާއްޖެތެރޭގެ ވެސް ގާތްގަނޑަކަށް ހުރިހާ ހިސާބަކުން މިހާރު ތެޔޮ ލިބޭނެ އިންތިޒާމްތައް އެސްޓީއޯއާ ވާހަކަދައްކައިގެން މި ވަނީ ހަމަޖެހިފައި. ދެން ކަޅުބިލަމަހުގެ މަސްވެރިންނަށް ކުރިން ލިބެނީ ދަތުރަކަށް 1200 ލީޓަރުގެ ތެޔޮ. އެހެންވީމާ އެވަރު ތަންކޮޅެއް ކުޑަވާތީ މިހާރު ދަތުރަކަށް 1800 ލީޓަރުގެ ތެޔޮ ފޯރުކޮށްދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައި.
-މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް-
ހުއްޓިގެންދިޔަ އެއަރލައިންތަކުގެ ދަތުރުތައް އަލުން ފެށިއްޖެ
މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި އޭގެ އިތުރަށް އަޅުގަނޑުމެންނަށް އޯލްޓަރނޭޓް ރޫޓްތައް ވެސް ޑިވެލޮޕްކުރެވިގެން ގޮއްސި. އަދި އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި ޓޫރިޒަމް ސެކްޓަރ އަށް އަންނަ އިމްޕެކްޓް ކުޑަކުރުމަށްޓަކައި މި ޙާލަތަށް އަންނަ ބަދަލަށް ވެސް އަޅުގަނޑުމެން މިދަނީ އެޑަޕްޓްވަމުން. ޓޫރިޒަމް އަދި އެއަރޓްރާންސްޕޯޓް އެއްކޮށްލާއިރު، މި ދިމާވި ބޮޑު ކަންތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ރިކަވަރީ ވަނީ ރަނގަޅު ޓްރެންޑެއްގައި.
-ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން-
އިތުރު މާކެޓްތަކުން ތަކެތި ގެނެވޭނެ އިންތިޒާމުތައް މިދަނީ ބަލަމުން
އޭގެ ތެރޭގައި އިތުރު ޝިޕިންގ ލައިންތަކާއި، އިތުރު އޭވިއޭޝަން ލައިންތަކުގެ އިތުރުން، ދިވެހިރާއްޖޭގަ އެމްޕީއެލް މެދުވެރިކޮށް ލޮޖިސްޓިކްސް ގެ ނެޓްވޯކެއް ޤާއިމްކުރުމަށްޓަކައި 'އެންކާރ' ގެ ނަމުގައި ދާދިފަހުން ވާނީ ވަރަށް ފުޅާ ދާއިރާއެއްގެ ނެޓްވޯކެއް ޤާއިމްކުރެވިފަ. މި ނެޓްވޯކް ވެސް މި ދަނީ ހަމަ ކުރިއަށް.
-އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު-
މިދިޔަ އަހަރާ އަޅާބަލާއިރު އިމްޕޯޓްގެ ޢަދަދު %19 ވަނީ އިތުރުވެފައި
އިމްޕޯޓް އިތުރުވުމުގަ އެއްކަމަކީ، ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު އިތުރުވުން، ހިނގާ މަޝްރޫޢުތައް އިތުރު، ރާއްޖެއަށް މަޝްރޫޢުތަކަށް އިމްޕޯޓުކުރާ ކޮމޯޑިޓީސް އިތުރު، އަދި ވަކީން ޚާއްޞަކޮށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ މިދިޔަ ދެއަހަރުގެ ތެރޭގައި ޕީއެސްއައިޕީ މުޅި ޕްލެޖުގެ ތެރޭގައި ދިވެހި ކޮންޓްރެކްޓަރުންނަށް މި ދިން ބޮޑެތި މަޝްރޫޢުތައް މީގެ އެއް ސަބަބަކަށް ވާނެ. މި ހުރިހާ ކަމަކާއެކު ފުރަތަމަ ކުއާޓާގެ އިމްޕޯޓް މިވަނީ އިތުރުވެފައި.
-އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު-
އަސާސީ ކާބޯތަކެތީގައި ހިމެނޭ 26 ބާވަތަކީ ސަރުކާރުން އަގު މެނޭޖްކޮށް "ސްޓޭބަލައިޒް" ކުރާނެ ބާވަތްތަކެއް
ބާޒާރުން އޭގެން އެއްވެސް ބާވަތެއްގެ އަގު އުފުލިގެންދާނަމަ ސަރުކާރުގެ ސްޓޭބަލައިޒް ކުރާ ވެހިކަލްއަކަށް އަޅުގަނޑުމެން މި ބޭނުންކުރަނީ އެސްޓީއޯ. އެ ކުންފުނި 1980ގެ ތެރޭގައި ވެސް އަދި އޭގެ ކުރިން ވެސް އުފެއްދުމުގެ މަޤްޞަދަކީ އެއީ. ރައްޔިތުންގެ އަސާސީ ކާބޯތަކެތި ލިބޭނެކަން އެ ކުންފުނިން ކަށަވަރުކުރާނެ. އެހެންވީމާ، ދުވަހާއި ވަގުތާއި އެކަން ކުރަމުން އައި ގޮތް ބަދަލުވި ނަމަވެސް، އެކަން ކުރަން އުފެއްދި މަޤްޞަދު އޮތީ އެއްގޮތަކަށް.
-އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު-
ވިޔަފާރިވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ދަނީ ކުރެވެމުން
ސުޕަމާކެޓްސް ހިންގާ ފަރާތްތަކާ ދާދި ދެންމެއަކު ވެސް އަޅުގަނޑު ބައްދަލުކުރިން. މިދިޔަ ހަފްތާގައި ރާއްޖޭގެ އިމްޕޯޓަރުންނާއެކު ވެސް ވާހަކަދެއްކިން. އަދި ބިޒްނަސް ކައުންސިލްގެ މެންބަރުންނާއެކު ވެސް ވާހަކަދައްކަން. މި ހުރިހާ ބޭފުޅުންގެ ވިސްނުންފުޅު ވެސް ހޯދައިގެން، ސަރުކާރުގެ ސިޔާސަތުގެ މާލީ ސްޕޭސް ހަމަ ލިބޭނެ އެންމެ ފުޅާ ދާއިރާއެއްގައި މިނިސްޓަރ އޮފް ފިނޭންސް އާއެކު މިދަނީ މަސައްކަތް ކުރަމުން.
-އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު-
މިއުޅެނީ އެއްކޮށް އިކޮނޮމީ ހުއްޓިގެނެއް ނޫން!
ބައެއް ފަހަރު ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މިވެނިކަހަލަ ލުއިތަކެއް ނުދެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެން މިހާރު ލުއިދިނުމުގައި މިބަލަނީ ބޭންކް އޮފް މޯލްޑިވްސްއާއެކު މަޝްވަރާކޮށްގެން، ވިޔަފާރިތަކަށް މިވަގުތު ހުރި އުނދަގޫތައް ޙައްލުކުރުމަށްޓަކައި އެޑިޝަނަލް ވޯކިންގ ކެޕިޓަލްއާ އަދި އެހެނިހެން ފައިނޭންސިންގ ނީޑްސްތަކަށް ފައިސާ ދޫކުދުމަށް.
-މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު-
ތެލުގެ އަގާއެކު ތަކެތީގެ އަގުތަކަށް ވެސް ދުނިޔޭގެ މާކެޓުގައި ބަދަލުތަކެއް އެބަ އާދޭ
ދުނިޔޭގެ މާކެޓުގައި މި ބަދަލުތައް އަންނައިރު އަޅުގަނޑުމެން ވެސް ހުންނާނީ މި އަގުތައް ހިފެހެއްޓުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި.
-މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު-