Ads by Farudhun

ރައީސުލްޖުމްހޫރިއްޔާ އއ. ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އއ. ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އއ. ރަސްދޫއަށް ވަޑައިގެންނެވުން---

farudhun
ފަރުދުން 18 އޭޕްރީލު 2026، 09:13

ލޯކަލް ކައުންސިލް އިންތިޚާބު 2026 އަދި އތމ ކޮމިޓީގެ އިންތިޚާބު ގައި، އއ ރަސްދޫއާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުން.

އަޕްޑޭޓްތައް 10
10 ލިޔުން
1 ހަފްތާ ކުރިން

ކުރިޔަށް އޮތް ދުވަސްތަކުގައި އަނެއްކާ ވެސް އަޅުގަނޑު ރައްޔިތުންގެ ގާތަށް ދަތުރުތައް ކުރާނަން

ކުރިޔަށް އޮތް ދުވަސްތަކުގައި އަނެއްކާ ވެސް އަޅުގަނޑު ރައްޔިތުންގެ ގާތަށް، ކުރިން ދަންނަވާފައިވާ ގޮތަސް ދަތުރުތައް ކުރާނަން. އެހެންނަމަވެސް އެ ދަތުރުތައް ކުރުމުގައި މިހާރު އަޅުގަނޑުމެނަށް ކުރިމަތިވެފައި މިއޮތް މެދުއިރުމަތީގެ ހާލަތަށް ވިސްނައިގެން އަޅުގަނޑުމެން ހަރަދުކުރުމުގެ ކަންތައް ތަރުތީބުކުރަމުން ގެންދާނީ. އެކިރަށްރަށުގަ ނިމިފަހުރި މަޝްރޫޢުތައް ހުރިނަމަ، އެ މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމާއި، މިފަދަ ބައެއް ކަންކަމަށް ވިސްނައިގެން ދަތުރުތައް ތަރުތީބުކުރަމުން ގެންދާނަން. އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަން ބޭނުންވަނީ ރައްޔިތުންނާ ވަރަށް ގާތުން.
9 ލިޔުން
1 ހަފްތާ ކުރިން

މި އަހަރުގެ އޮކްޓޫބަރު ހިސާބުގައި ޕާޓީގެ ކޮންގްރެސް ބާއްވާން އޮންނާނި ލީޑަރޝިޕުން ފާސްކޮށްފައި

މިއީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ޕާޓީ ވަރުގަދަކުރުމަށް އެންމެ މުހިންމު ދަނޑިވަޅު. ކުރިޔަށް މިއޮތް ދުވަސްތަކުގައި ހުރިހާ ރަށެއްގައި ތިބި އަޅުގަނޑުމެންގެ ސަޕޯޓަރުން ކުރައްވަންވީ ކަމަކީ، މި ކޮންގްރެސްއަށް ތައްޔާރުވުން. އެއްކަމަކަށް ހުރިހާ ރަށެއްގައި ސްޓިއަރިން ކޮމެޓީތައް އަލުން އިންތިހާބު ކުރެވޭނެ. އަދި އެގޮތަށް އިންތިހާބުކުރެވޭ މުހިންމު މަގާމުތަކެއް އަސާސީ ގަވާއިދުގައި ކަނޑައަޅާފައި އެބަހުރި. އެހެންވީމާ ޕާޓީ ވަރުގަދަކުރުމަށް މިހާރު ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް.
8 ލިޔުން
1 ހަފްތާ ކުރިން

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނެގި ވޯޓު ނާކާމިޔާބުވީ އެކި ސަބަބުތަކާއެކީ

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނެގި ވޯޓު ނާކާމިޔާބުވީ ވެގެންދިޔައީ އެކި ސަބަބުތަކާހެދި. އެކަން ވަރަށް ތަފްސީލްކޮށް އަޅުގަނޑު ބެލިން. ބެލިއިރު ނާކާމިޔާބުވެގެންދިޔަ ސަބަބުތަކުގެ ތެރޭގައި، ޕީއެންސީގެ ފަރާތުން، ޕީއެންސީގެ ކެމްޕެއިން ޓީމްތަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ. އެއީ އެހާ ސާފުކޮށް އެތް މައްސަލައެއް. އެކަމެއް ނެތް ރައްޔިތުންނަށް ކިޔާދެވިފައެއް.
7 ލިޔުން
1 ހަފްތާ ކުރިން

ޕީއެންސީގެ ފިކުރަކުން ގައުމާ އިދިކޮޅަށް އެއްވެސް ކަމެއް ނުކުރާނެ

ހަމަ ޔަގީނުން ވެސް ޕީއެންސީގެ ފިކުރަކުން ގައުމާ އިދިކޮޅަށް އެއްވެސް ކަމެއް ނުކުރާނެ. އަޅުގަނޑުމެނަށް މުހިންމީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާ އެއްގޮތަށް، ގައުމުގެ މަސްލަހަތު އިސްކޮށްގެން ކުރިޔަށްދާން. އެހެންވީމާ އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ އަޅުގަނޑުމެނަށް އެއްބާރުލުން ދިނުމަށް.
6 ލިޔުން
1 ހަފްތާ ކުރިން

ކޮންމެ ސިޔާސީ ފިކުރެއްގައި ހޮވުނު ކަމުގައި ވިޔަސް، އެ މީހާ ހޮވޭ ހިސާބުން އެއީ ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ހޮވޭ މީހެއް

ކޮންމެ ސިޔާސީ ފިކުރެއްގައި ހޮވުނު ކަމުގައި ވިޔަސް، އެ މީހާ ހޮވޭ ހިސާބުން އެއީ ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ހޮވޭ މީހެއް. އިސްކުރަން ޖެހޭނީ އެ ތަނެއްގެ މަސްލަހަތު، އެ މީހާ ހޮވުނު ޕާޓީގެ މަސްލަހަތެއް ނޫން. ޕާޓީ ޤައުމާ ޚިލާފަށް ދާނަމަ، ގައުމުގެ ވިސްނުމާ ކިލާފަށް ދާނަމަ، ޕާޓީ ޖެހޭނީ ދޫކޮށްލަން. އަދި އަމުދުން ދީނާ ހިލާފަށްދާ ކަންކަން ކުރުމަށް ބާރުއަޅާނަމަ، އެ ކަމެއް ދޫކޮށް ދީނުގައ އޮންނަގޮތަށް ދާންޖެހޭނެ. މިގޮތަށް އަޅުގަނޑުމެންގެ ކަންކަން ބައްޓަން ކުރުމަށް އަޒުމުކަނޑަނާޅާހާ ހިނދަކު ގައުމަށް އުފާފާގަތިކަމެއް ނުލިބޭނެ.
5 ލިޔުން
1 ހަފްތާ ކުރިން

އަޅުގަނޑުމެންގެ އިދިކޮޅު ކެނޑިޑޭޓުންގެ ފަރާތުން ފެންނަނީ ޤައުމާއި ދީނު އިސްނުކޮށް ހަމަނުޖެހުން ނަގާލަން މަސައްކަތްކުރާތަން

އަޅުގަނޑުމެނަށް ފެނިގެން މިދަނީ، އަޅުގަނޑުމެނާ އިދިކޮޅު ފިކުރުގެ މީހުންގެ ކިބައިން ހަމަ އަބަދުވެސް ފެންނަ މަންޒަރެއް. ގައުމެއް އިސްކުރަނީކީ ނޫން، ދީނެއް މިއްލަތެއް އިސްކުރަނީކީ ނޫން، މުޅިން އެހެން ގޮތަކަށް އުޅޭތަން މި ފެންނަނީ. އެހެންވީމަ ހަމަވިސްނޭ ރައްޔިތުން، އަދުލު އިންސާފަށް ލޯބިކުރާ ރައްޔިތުން، ދީންދެކެ ލޯބިވާ ރައްޔިތުން ވިސްނަން އެބަޖެހޭ އަޅުގަނޑުމެން އިސްކުރަން ޖެހޭނީ ގައުމުކަން.
4 ލިޔުން
1 ހަފްތާ ކުރިން

ޕްރައިވެޓް ސެކްޓާއަށް މިހާރު އެ ވަނީ މީގެ ކުރިން ދުވަހަކު ވެސް ހަވާލުނުކުރާހާ ގިނަ މަސައްކަތްތައް ހަވާލުކޮށްފައި

ޕްރައިވެޓް ސެކްޓާއަށް ހަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން 4 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް އެހުރީ ބީއެމްއެލްގެ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން ފައިނޭންސް ސެކިއާރކޮށް %100 ކޮންފާމްކޮށްފައި. އެތައް ސަތޭކަ ދިވެހި ކުންފުނިތަކަށް ހަވާލުކޯށްފައިވާ މި މަޝްރޫޢުތައް ކުރިޔަށް އެބަދޭ، ހުރީ އެކި މަރުހަލާތަކުގައި.
3 ލިޔުން
2 ހަފްތާ ކުރިން

ސަރުކާރުން އެންމެ އިސްކަމެއް ދިނީ ސުކޫކު ދެއްކުމަށް

އެންމެ އިސްކަމެއް މިދިނީ، އަޅުގަނޑުމެނަށް ކުރިމަތިވެފަ އޮތް، މިދިޔަ ސަރުކާރުން، އަދި އޭގެކުރީ ސަރުކާރުން ފެށިގެން އައި 500 އެތައް މިލިއަން ޑޮލަރެއްގެ ސުކޫކު ދެއްކުމަށް، ޤައުމު ޑިފޯލްޓުނުވެ، ބަނގުރޫޓުނުވެ ދެއްކުމަށް. އިރާދަކުރެއްވީތީ އެކަން އަޅުގަނޑުމެން ކުރިން. އެކަން ކުރީ އަޅުގަނޑުމެންގެ ޤައުމުގައި ހުރި ހަކަތައިން، އިތުރު ބޮޑު ދަރަނިތަކެއް ނުނަގާ.
2 ލިޔުން
2 ހަފްތާ ކުރިން

މުޅި ރާއްޖެއިން ޕީއެންސީއަށް ވަނީ ގިނަ ގޮނޑިތަކެއް ލިބިފައި

ޖުމްލަކޮށް ބަލާއިރު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް ގިނަ ގޮނޑިތަކެއް ލިބުނު، އަދި ނުލިބޭ ގޮނޑިތަކެއް ވެސް އެބަހުރި. އެހެންވީމަ ކާމިޔާބީ ގިނައީ. ވަރަށް ބޮޑެތި ކާމިޔާބީތައް، ޚާއްސަކޮށް މި ދާއިރާ (ރަސްދޫ ދާއިރާ). އެންމެ ބޮޑަށް ނާކާމިޔާބުވެގެން ދިޔައީ ސިޓީތަކުން. އަދި ރިފަރެންޑަމްގައި ވެސް އަޅުގަނޑުމެނަށް ލިބުނީ ބޮޑު ނާކާމިޔާބީއެއް.
ނާކާމިޔާބީގައި ވެސް އަޅުގަނޑުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން.
1 ލިޔުން
2 ހަފްތާ ކުރިން

މި ސަރުކާރުގެ ވިސްނުމަކީ ހަމަހަމަކަމާއެކީ ޚިދުމަތްތައް ދިނުން

ކޮންގްރެސް ޕާޓީން ހޮވުނު ކެނޑިޑޭޓުންގެ ވިސްނުމަކަށް ވާންވާނީ، މި މަޤާމާއި ހަވާލުވާ ދުވަހުން ފެށިގެން، ފުރަތަމަ މިނެޓުން ފެށިގެން ވެސް މި ޒިންމާ އަދާކުރުމުގައި ތެދުވެރިވާން، އަމާނާތްތެރިވާން، އިޚްލާސްތެރިވާން.
ތިމަންނާއަށް ވޯޓުދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކުރުމެއް ނޯންނާނެ. އެންމެން ހަމަހަމަވާންޖެހޭނެ. ރިވެތި މިސާލު ދައްކަން ޖެހޭނެ. ހަމަހަމަކަމާއެކީ މަސައްކަތް ކުރެވިއްޖެނަމަ އިރާދަކުރެއްވިއްޔާ ކާމިޔާބީ އޮންނާނީ ވަރަށް ކައިރީގައި.
ސަރުކާރުން މަސައްކަތްކުރާނީ، ހޮވުނު ހުރިހާ ބޭފުޅުންނާ އެކީގައި ހަމަހަމަކަމާއެކީ މަސައްކަތްކުރުމަށް.