މޫސުމާއި ހަކަތައާ ބެހޭ ކަންކަމަށް އައު މިނިސްޓްރީއެއް އުފައްދަވައިފި
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީގެ ނަމުގައި އުފެއްދެވި މި މިނިސްޓްރީއަށް އައްޔަންކުރެއްވީ އަލްފާޟިލް ޢަލީ ޝަރީފް
ހައުސިން މިނިސްޓްރީގެ ނަމަށް ބަދަލު ގެންނަވައިފި
އެ މިނިސްޓްރީގެ ނަން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުން ބަދަލުކުރެއްވީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓަށް. އެ މިނިސްޓްރީއަށް އައްޔަންކުރެއްވީ ޑރ. އަބްދުالله މުއްޠަލިބު
އިސްލާމިކް މިނިސްޓްރީގެ ނަމަށް ބަދަލުގެންނަވައިފި
އިސްލާމިކް މިނިސްޓްރީގެ ނަން ބަދަލުކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އެންޑް އެންޑޯމެންޓްއަށް. އެ މިނިސްޓްރީއަށް އައްޔަންކުރައްވާފައި ވަނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު
އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީ އެއްކުރައްވައިފި
އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީ އެއްކުރައްވައި އުފެއްދެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް. އެ މިނިސްޓްރީއަށް އައްޔަންކުރެއްވީ އަލްފާޟިލް މުޙައްމަދު ސައީދު
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަން ބަދަލުކުރައްވައި އައު މިނިސްޓަރަކު އައްޔަންކުރައްވައިފި
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަން ބަދަލުކުރެއްވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްއަށް. އެ މިނިސްޓްރީއަށް އައްޔަންކުރެއްވީ އަލްފާޟިލާ ޙީނާ ވަލީދު
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އެއްކުރައްވައިފި
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އެއްކުރައްވައި އުފެއްދެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް. އެ ވުޒާރާއަށް އައްޔަންކުރެއްވީ ޑރ. އިސްމާއިލް ޝަފީއު
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އެއްކުރައްވައިފި
މި ދެ މިނިސްޓްރީ އެއްކުރައްވައި އުފެއްދެވި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއަށް އައްޔަންކުރެއްވީ ކުރިން ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު، އަލްފާޟިލާ ޤީލާ ޢަލީ
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަމަށް ބަދަލުގެންނަވައިފި
މިނިސްޓްރީ އޮފް ޓޫރިޒަމުގެ ނަމަށް ބަދަލުގެންނަވައި އަލަށް އުފެއްދެވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން. އެ މިނިސްޓްރީއަށް އައްޔަންކުރެއްވީ އަލްފާޟިލް މުޙައްމަދު އަމީން
ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އެއްކުރައްވައިފި
މި ދެ މިނިސްޓްރީ އެއްކުރައްވައި އުފެއްދެވި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މަޤާމަށް އައްޔަން ކުރެއްވީ އަލްފާޟިލް އަބްދުالله ރާފިޢު
މިނިސްޓަރ އޮފް ފޮރިން އެފެއާރޒްއަށް ބަދަލު ގެންނެވުން
މިނިސްޓަރ އޮފް ފޮރިން އެފެއާރޒްއަށް އައްޔަންކުރެއްވީ ކުރިން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު އަލްފާޟިލާ އިރުތިޝާމް އާދަމް
ހޯމް މިނިސްޓްރީގެ ނަމަށް ބަދަލުގެންނަވައިފި
އެ މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީއަށް ބަދަލުކުރައްވާފައި. އެ މިނިސްޓްރީއަށް އައްޔަންކުރެއްވީ އަލްފާޟިލް އަލީ އިޙްސާން
ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުގެންނަވައިފި
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އަށް ބަދަލުކުރައްވައި އެ މިނިސްޓްރީގެ ވަޒީރަކަށް އައްޔަންކުރެއްވީ އަލްފާޟިލް މޫސާ ޒަމީރު
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި އައު ކެބިނެޓު ހުވާކުރައްވައިފި.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެ ބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން.