Ads by Farudhun

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ސިނާން--

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އިތުރު ތަފްޞީލް އަންނަނީ....

އަޕްޑޭޓްތައް 1
1 ލިޔުން
2 ހަފްތާ ކުރިން

މި މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގައި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އައިޝާ ޝުޖޫން މުޙައްމަދު

ސުޕްރީމް ކޯޓުގައި މިއަދު މި މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގައި ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވީ އައިޝާ ޝުޖޫން މުޙައްމަދެވެ. ފަނޑިޔާރު ޝުޖޫންގެ ރަޢުޔުގައި ވިދާޅުވީ ސިނާންގެ މައްޗަށް ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ނުވަތަ ބާތިލްކުރަން އޭނާގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.