ދުނިޔެ

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ---

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޯގަސްޓު 2025، 06:12

22 އޯގަސްޓު 2025، 06:12

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކޮށްފިއެވެ.

މިއީ އެ ޤައުމުގެ ތާރީޚުގައި، ދައުލަތުގެ މަތީ ވެރިޔާގެ މަޤާމު ފުރުއްވާފައިވާ ބޭފުޅަކު ހައްޔަރު ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ސްރީލަންކާގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަނިލް ވިކްރަމަސިންހަ ހައްޔަރު ކޮށްފައި ވަނީ އެ ޤައުމުގެ ފުލުހުންގެ އެންމެ މަތީ ތަޙުޤީޤީ އިދާރާކަމަށްވާ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ހަމައެހެންމެ، އޭނާ ހައްޔަރުކޮށްފައިވަނީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ތުހުމަތުގައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ މައްޗަށް ސީއައިޑީއިން ތަހުޤީގުކުރަމުންދަނީ، އޭނާގެ ރައީސް ކަމުގެ ދައުރުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން، މި ތަހުޤީގާއި ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ)އަށް ހާޒިރުވެ، ތަޙުޤީޤަށް ބޭނުންވާ ބަޔާނެއް ދެއްވާފައިކަމަށް އެ ޤައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ފަރާތުން އެ ޤައުމުގެ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުން، ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ، އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އަދި އެ ދަތުރުފުޅަށް ވިކްރަމަސިންހަ ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ސްރީލަންކަން ރުޕީސް، ނުވަތަ ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު ޚަރަދު ކުރައްވާފައިވާ ކަމުގެ ތުހުމަތުކުރެވޭކަމަށް އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން، މިއަދުގެ ވަގުތެއްގައި ސްރީލަންކާގެ ފޯޓް މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން