ކޮލަމް

ފިރުޢައުނުމުދާތަކެއްގެ ސަބަބުން ފްރާންސްގެ ބޮޑު ނިއުކްލިއަރ ކާރުހާނާއެއްގެ ހަތަރު ރިއެކްޓަރު ހުއްޓިއްޖެ

ފިރުޢައުނުމުދާތަކެއްގެ ސަބަބުން ފްރާންސްގެ ބޮޑު ނިއުކްލިއަރ ކާރުހާނާއެއްގެ ހަތަރު ރިއެކްޓަރު ހުއްޓިއްޖެ

މައްސަލަ ކުރިމަތިވި ކާރުހާނާ އަދި ފިރުޢައުނުމުދާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 އޯގަސްޓު 2025، 06:30

13 އޯގަސްޓު 2025، 06:30

ފްރާންސްގެ ގްރެވްލައިންސް ނިއުކްލިއަރ އުފައްދާ ކާރުހާނާގެ ހަތަރު ރިއެކްޓަރު، ފެން ފިލްޓަރުތަކަށް ގިނަ އަދަދެއްގެ  ފިރުޢައުނުމުދާ ވަނުމުގެ ސަބަބުން، ރިއެކްޓަރުތައް ހުއްޓިއްޖެއެވެ. މި ހާދިސާ ހިނގާފައިވާ ކާރުހާނާ ހިންގާ ކުންފުނި "ޕީޑީއެފް" އިން ހާމަކުރި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހުގެ ރެއެވެ.

ފްރާންސްގެ އުތުރުގައި ހުންނަ މި ކާރުހާނާއަކީ އެ ޤައުމުގެ އެންމެ ބޮޑެތި ނިއުކްލިއަރ ކާރުހާނާތަކުގެ ތެރޭގައި ހިމެނޭ އެއްތަނެވެ. މިއީ "ނޯތު ސީއާ" ގުޅިފައިވާ ކެނަލަކުން ފިނިކުރަމުން ގެންދާ ކާރުހާނާއެކެވެ. މި ކާރުހާނާގައި ޖުމްލަ ހަ ޔުނިޓު ހުރިއިރު، ކޮންމެ ޔުނިޓަކުން 900 މެގަވޮޓްގެ ބާރު އުފައްދައެވެ. މުޅި ކާރުހާނާއިން ޖުމްލަ 5.4 ގެލިގަވޮޓް ބާރު އުފައްދައެވެ.

ޕީޑީއެފް އިން ބުނި ގޮތުގައި، ކާރުހާނާގެ ނަންބަރު 2، 3، އަދި 4 ރިއެކްޓަރު ވަނީ އޮޓޯމެޓިކުން ހުއްޓިފައެވެ. ސަބަބަކީ ފެން ޕަންޕުކުރާ ސްޓޭޝަންތަކުގެ ފިލްޓަރު ޑްރަމްތަކަށް "ބޮޑު އަދި ކުރިން ލަފާކުރެވިފައިނުވާ" ގިނަ އަދަދެއްގެ ފިރުޢައުނުމުދާ ޖަމާވުމެވެ. މީގެ އިތުރުން ނަންބަރު 6 ރިއެކްޓަރުވެސް ވަރަށް ކުޑަ ވަގުތުކޮޅެއް ފަހުން ވަނީ އޮފްލައިން ކޮށްފައެވެ.

ޕީޑީއެފްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، މިހާރު މުޅި ނިއުކްލިއަރ ކާރުހާނާ ވަގުތީ ގޮތުން ހުއްޓާލާފައިވާކަން ވަނީ ހާމަވެފައެވެ. ސަބަބަކީ ބާކީ ހުރި ދެ ޔުނިޓުވެސް މީގެ ކުރިން ބަލަހައްޓަން ޖެހޭ މަރާމާތުތަކެއް ކުރުމަށް އޮފްލައިންކޮށްފައި ވާތީއެވެ.
ނޯތު ސީގައި ތަފާތު ބާވަތްތަކުގެ ފިރުޢައުނުމުދާ އުޅެއެވެ. އަދި ގިނައިން މިފެންނަނީ ކަނޑުގެ ފެން ހޫނުވާ ހޫނު މޫސުމުގައި އައްސޭރިފަށުގެ ވަށައިގެންނެވެ. ނަމަވެސް މިހާ ގިނަ އަދަދަކަށް ފިރުޢައުނުމުދާ އެއްފަހަރާ ފިލްޓަރުތަކަށް ވަނުމަކީ ނާދިރު ކަމެކެވެ. ޕީޑީއެފް އިން ބުނި ގޮތުގައި، މި ހާދިސާއަކީ ކާރުހާނާގެ ސަލާމަތަށް ނުވަތަ މުވައްޒަފުންނަށާއި ރައްކާތެރިކަމަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމެއް ނޫނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން