ޚަބަރު
މިނިވަންދުވަހާ ގުޅުވައިގެން 60 ރުއް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، އަލްފާޟިލާ މަރްޔަމް މާރިޔާ ރުއް އިންދަވަނީ---

ފަރުދުން
11 އޯގަސްޓު 2025، 08:31
11 އޯގަސްޓު 2025، 08:31
ރާއްޖޭގެ 60ވަނަ މިނިވަންދުވަހާ ގުޅުވައިގެން 60 ރުއް އިންދުމުގެ ހަރަކާތެއް ހުޅުމާލޭ ފޭސް-2ގައި ކުރިޔަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގުޅިގެންނެވެ. އަދި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، އަލްފާޟިލާ މަރްޔަމް މާރިޔާއެވެ.
މި ހަރަކާތުގައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. މީގެއިތުރުން، ސްކޫލްކުދިންނާއި އިސްރަށްވެހިންވެސް މި ހަރަކާތުގައި ބައިވެރިވެ، ރުއް އިންދާފައިވެއެވެ.
މިއަދު ބޭއްވި މި ހަރަކާތް ރަސްމީކޮށް ފެށިގެން ދިޔައީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ރުކެއް އިންދެވުމުންނެވެ.
ރުއް އިންދެވުމަށްފަހު ވަޒީރު ވަނީ ރުއް އިންދުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ޕީއެސްއެމް ނިއުސްއަށް އިންޓަވިއުއެއް ވެސް ދެއްވާފައެވެ.
ހުޅުމާލޭގައި ކުރިއަށްގެންދިޔަ 60 ރުއް އިންދުމުގެ ހަރަކާތަކީ ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ސަރުކާރުން ފައްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަ ލައްކައާއި ގާތްކުރާ އަދަދަކަށް ގަސް ވަނީ އިންދާފައިވެއެވެ.