ދުނިޔެ

ޣައްޒާގެ ހަޤީޤަތް ދެނެގަތުމަށް ނޫސްވެރިން ފޮނުވަން ފަލަސްތީނުން ގޮވާލައިފި

ޣައްޒާގެ ހަޤީޤަތް ދެނެގަތުމަށް ނޫސްވެރިން ފޮނުވަން ފަލަސްތީނުން ގޮވާލައިފި

ފަލަސްތީނުގެ އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާޟް މަންސޫރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2025، 11:15

11 އޯގަސްޓު 2025، 11:15

ފަލަސްތީނުގެ އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާޟް މަންސޫރު، ޣައްޒާގެ ހަޤީޤަތް ދެނެގަތުމަށް ނޫސްވެރިން އެ ސަރަޙައްދަށް ފޮނުވުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވައިފިއެވެ. މިކަން އެދިވަޑައިގެންނެވީ، ޣައްޒާ ސިޓީގައި އަލްޖަޒީރާގެ ނޫސްވެރިންގެ ޓީމެއް އިޒްރޭލުގެ ސިފައިން މަރާލިތާ ގަޑިއިރުކޮޅެއް ކުރިންނެވެ.

އ.ދ. ގެ އެންމެ ބާރުގަދަ މަޖިލީހުގައި މަދުން ބާއްވާ ހަފްތާ ބަންދުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަންސޫރު ވިދާޅުވީ، "ޣައްޒާގައި ހިނގަމުންދާ ކަންކަން ހަޤީޤީ ގޮތެއްގައި ކަށަވަރު ކުރުމަށްޓަކައި، ކީއްވެގެންތޯ ސަލާމަތީ މަޖިލީހުން، ތިޔަބޭފުޅުންގެ ޤައުމުތަކާއި އެހެން ޤައުމުތަކުން 100 ނޫސްވެރިންނާއެކު ޣައްޒާއަށް ވަޑައިނުގަންނަވަނީ؟"

މީގެ އިތުރުން މަންސޫރު ވިދާޅުވީ، "ނަތަންޔާހޫއަށް މި 'ދޮގު' އާއި ގުޅޭ ގްލޯބަލް ކޮންސްޕިރަސީއެއްގެ މައްޗަށް ޔަޤީންކަން އޮތް ނަމަ، އޭނާއަށް އެކަން ސާބިތުކޮށްދެވޭނެއެވެ. އަޅުގަނޑު ދަޢުވަތު އަރުވަން، އޭނާ ތިޔަބޭފުޅުންނަށް ޣައްޒާއަށް ގޮސް، ހިނގާ ކަންތައްތައް ހަޤީޤީ ގޮތުގައި ބެލުމުގެ ހުއްދަ ދޭންވާނެއެވެ. ހިނގާ ކަންތައްތައް ކަށަވަރު ކުރުމަށްޓަކައި ނޫސްވެރިންނާއި އެކު ވަޑައިގަންނަވާ،" ށެވެ.

މިކަމާއި ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބައެއް ބޭރުގެ ނޫސްވެރިންނަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދެއްވާފައިވާ ކަމަށާއި ނަމަވެސް "ސަލާމަތީ މައްސަލަތަކެއް" ހުރި ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން