ކޮލަމް
"ޔޫނޫ ބުކްސް" ކުޑަކުދިންނަށް ޙާއްޞަ ހިތްގައިމު ފޮތްތަށް ފަސޭހަކަމާއެކު އީޓުކުރިން ލިބޭނެ

ކުޑަކުދިންނަށް ޙާއްޞަ "ޔޫނޫ ބުކްސް"

ފަރުދުން
11 އޯގަސްޓު 2025، 09:50
11 އޯގަސްޓު 2025، 09:50
މި ދުނިޔެ އިތުރަށް އަލިކޮށް، ކުޑަކުދިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުން އަންނަ އެއް ފަރާތަކީ 'ޔޫނޫ ބުކްސް' އެވެ. މިފަރާތަކީ ކުޑަކުދިންގެ ވާހަކަ ފޮތް ހަދައި، އެމީހުންގެ ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދަމުން އަންނަ ފަރާތެކެވެ. ޔޫނޫ ބުކްސްއަކީ އަމިއްލަ ފޮތްތަކުގެ އިތުރުން ކުދި ގިފްޓު ބޮކްސް އާއި ގިފްޓު ބޭގު ކަހަލަ ތަކެތިވެސް ހަދައިގެން ވިއްކަމުން އަންނަ ފަރާތެކެވެ. މިފަދަ ވިޔަފާރިއެއް ކުރިއަރާ ދިޔަގޮތުގެ ސިއްރަކީ ކޮބައިކަން ބަލާލަމާ ހިނގާށެވެ.
ކުޑަކުދިންނަށް އިސްލާމީ ތަރުބިއްޔަތު އުނގަންނައިދިނުމާއި ރިވެތި އާދަކާދަ އަށަގެންނެވުމުގެ މަޤްސަދުގައި ޔޫނޫ ބުކްސްއިން އުފެއްދި މި ވިޔަފާރި ފެށިގެން އައީ އެންމެ ފޮތަކުންނެވެ. އަދި، މަދު ދުވަސްކޮޅެއްތެރޭ ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއަރާ ދިޔައެވެ.
ވިޔަފާރި ކުރިއަރާ ދިޔަގޮތާމެދު ސުވާލު ކުރުމުން ޔޫނޫ ބުކްސްއިން ބުނީ އެބޭފުޅުންގެ ވިޔަފާރި ކުރިއެރުމަށް އެންމެ އެހީވި އެއްފަރާތަކީ އީޓުކުރި ޕްލެޓްފޯމް ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ގިނަގުނަ އެހީތަކެއްވަމުން އަންނަ އީޓުކުރި އަކީ އޮންލައިން ވިޔަފާރި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ގައި ވިޔަފާރި ރެޖިސްޓަރ ކޮށް މުޅި ދުނިޔެއަށް ވިޔަފާރި ހުޅުވާލެވެއެވެ. ޔޫނޫ ބުކްސްއިން ބުނިގޮތުގައި އެބޭފުޅުންނަށް އީޓުކުރި ތައާރަފުކޮށްދިނީ އީޓުކުރީގެ ޚިދުމަތް ބޭނުންކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރި ކުރަމުންއައި ވިޔަފާރިވެރިއެކެވެ.
ޔޫނޫ ބުކްސްއިން އީޓުކުރި ޕްލެޓްފޯމްގައި ވިޔަފާރި ކުރަން ޝައުގު އުފެދުނު އެންމެ ބޮޑު އެއްސަބަބަކީ، ޑެލިވަރީގެ ނިޒާމް ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް އޮތުންކަމުގައި ފާހަގަ ކުރިއެވެ. އޯޑާރ ކުރާތަކެތި ކަސްޓަމަރުންގެ ހަމައަށް އީޓްކުރިން ޑެލިވަރކޮށްދެއެވެ. އީޓުކުރީގައި ވިޔަފާރި ކުރުމަކީ ވަރަށް ފަސޭހަ ކަމެއްކަމުގައި ޔޫނޫ ބުކްސްއިން ފާހަގަ ކުރިއެވެ. ސަބަބަކީ އީޓުކުރިއަކީ ވަރަށް "ޔޫސަރ-ފްރެންޑްލީ" ޕްލެޓްފޯމަކަށް ވެފައި، އަދި ހަމަ އެހެންމެ އީޓުކުރީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބުމެވެ. ރަށުގައިހުރެގެން އަދި ދުނިޔޭގެ ކޮންމެ ތާކުހުރެގެންވެސް، އީޓްކުރި އެޕް މެދުވެރިކޮށް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް، ފަސޭހަކަމާއި ރައްކާތެރިކަމާއެކު އަދި އަގުހެޔޮކޮށް ތަކެތި ގަތުމުގެ ފުރުސަތު ފަހިވެގެންދެއެވެ.
ޔޫނޫ ބުކްސް ފަދަ ވިޔަފާރިއަކަށް އީޓުކުރި ފަދަ އޮންލައިން ޕްލެޓްފޯމެއްގެ އެހީތެރިކަން ލިބުމަކީ، އެ ވިޔަފާރި ކުރިއަރާދިޔަ އެންމެ ބޮޑު އެއް ސަބަބެވެ. ކުޑަ ވިޔަފާރިއެއް ފައްޓަވާނަމަ އީޓުކުރިއާ ގުޅުމަކީ، އެ ފަރާއްތެއްގެ ވިޔަފާރި މުޅި ރާއްޖެއަށާއި ދުނިޔެއަށް ހުޅުވާލައި ވިޔަފާރި ކާމިޔާބުކުރުމުގެ ސިއްރަކަށް ވެދާނެއެވެ