ވިޔަފާރި / ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި!

ސްޓެލްކޯއިން ކަރަންޓުގެ މައްސަލައެއް ހައްލުކުރަނީ ފޮޓޯ: ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2025، 11:18

09 އޯގަސްޓު 2025، 11:18

މާލެއާއި ހުޅުމާލެއިން މިއަދު ހެނދުނު ކަރަންޓު ކެނޑި، ދިމާވި ދަތިތަކަށްފަހު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށްވެސް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިއަދު ހެނދުނު 9:30 ހާއިރު މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.



ސްޓެލްކޯއިން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ އާންމުކޮށްފައެވެ.

މިހާރު ސްޓެލްކޯއިން ބުނެފައިވަނީ، މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށްވެސް ކަރަންޓުދީފައިވާ ކަމަށާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގްރިޑް މިހާރު އެނަޖައިޒް ކުރެވިފައިވާ ކަމަށްވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ކަރަންޓު ނެތިގެން ކުރިމަތިވި ހުރިހާ ދަތިތަކަށް ވަނީ ލުޔެއް ލިބިފައެވެ.

ކަރަންޓު ކެނޑުމުގެ މިފަދަ ހާދިސާއެއް މީގެ ކުރިންވެސް ވަނީ ދިމާވެފައެވެ. މިދިޔަ ޖޫން 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާކަން ފާހަގަކުރެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން