Ads by Stelco

ޚަބަރު

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި

ޒަކާތު މަހާސިންތާ 2024: ފޮޓޯ- ޒަކާތު ހައުސް

farudhun logo

ފަރުދުން

07 އޯގަސްޓު 2025، 04:16

07 އޯގަސްޓު 2025، 04:16

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށްވެސް އެފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އެގޮތުން، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން މަޢުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު މެދުވެރިކޮށް ރަޖިސްޓަރ ވެވޭނެކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ. 

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ ނިމިދިޔަ 2024ވަނަ އަހަރުގައެވެ. ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެއް ކަމަށްވެސް ޒަކާތުހައުސް އިން ވިދާޅުވިއެވެ.

ފުރަތަމަ މަހާސިންތާއާއި އެއްފަދައިން މި ކޮންފަރެންސްގައިވެސް ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން