ދުނިޔެ

ބްރެޒިލްގެ ސްޕްރީމް ކޯޓުން އެ ޤައުމުގެ ކުރީގެ ރައީސް ގޭ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފި

ބްރެޒިލްގެ ސްޕްރީމް ކޯޓުން އެ ޤައުމުގެ ކުރީގެ ރައީސް ގޭ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފި

ބްރެޒިލްގެ ކުރީގެ ރައީސް ޖެޔާ ބޮލްސޮނާރޯ، ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 އޯގަސްޓު 2025، 07:21

05 އޯގަސްޓު 2025، 07:21

ބަޣާވާތެއް ރޭވިކަމުގެ ތުހުމަތިގައި، ބްރެޒިލްގެ ކުރީގެ ރައީސް، ޖެޔާ ބޮލްސޮނާރޯ ގޭ ބަންދުގައި ބެހެއްޓުމަށް އެ ޤައުމުގެ ސްޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ސްޕްރީމް ކޯޓުން މި އަމުރު ނެރެފައި މިވަނީ، ބޮލްސޮނާރޯގެ މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ ފަރާތްތަކުން ހޯމަ ދުވަހު މަގުމަތީ އެއްވުންތަކެއް ބޭއްވި ފަހުންނެވެ.

ބޮލްސޮނާރޯއަށް ކުރާ ތުޙުމަތަކީ، 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރުމެވެ. އެ އިންތިޙާބުގައި ކުރި ހޯދީ، މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލުލާ ޑަ ސިލްވާއެވެ.

ސްޕްރީމް ކޯޓުން މި އަމުރު ނެރެފައިވަނީ ފަނޑިޔާރު އެލެކްސެންޑަރ ޑި މޮރޭޒްއެވެ. 

މި މައްސަލައިގެ ތެރެއަށް އެމެރިކާއިން ވަދެ، އެމީހުންގެ ނުފޫޒު ފޯރުވުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މައްސަލަ ބަލަމުންދާ ފަނޑިޔާރު މޮރޭޒްއަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

ބޮލްސޮނާރޯ ގޭ ބަންދުކުރުމަށް ނެރުނު އަމުރުގައި އޭނާގެ މައްޗަށް ތުޙުމަތުކޮށްފައި ވަނީ ހަނގުރާމަވެރި ޖަމާޢަތެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމެވެ. އެހެންކަމުން ޤައުމުގެ އަމާންކަން ނަގާލާ، ޤާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތްކޮށްފާނެ ކަމުގެ ތުޙުމަތު އޭނާގެ މައްޗަށް ކޮށްފައިވެއެވެ. 

ބްރެޒިލްގައި ބަޣާވާތް ސާބިތުވެއްޖެނަމަ ޙުކުމްކުރަނީ 12 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. 

ނަމަވެސް އޭނާއާ މެދު ކުރާ ތުޙުމަތުތަކަށް ބޮލްސޮނާރޯ އެއްބަހެއް ނުވެއެވެ. އޭނާ ބުނީ އެއީ އޭނާގެ އަގު ވައްޓާލައި، ސިޔާސީ ގޮތުން އަޑުކަނޑުވާލުމަށް ތަޙުޤީޤު ކުރަމުންދާ މައްސަލައެއް ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން