ދުނިޔެ

"މޭކް އެމެރިކާ ހެލްތީ އަގެއިން" ކެމްޕޭނަށް ފާޑުކިޔުންތައް: އަސްލު ބަލިތަކުގެ އަސާސްތަކަށް ސަމާލުކަމެއް ނުދޭ

"މޭކް އެމެރިކާ ހެލްތީ އަގެއިން" ކެމްޕޭނަށް ފާޑުކިޔުންތައް: އަސްލު ބަލިތަކުގެ އަސާސްތަކަށް ސަމާލުކަމެއް ނުދޭ

ސްކިޓްލްސް ޕެކެޓެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 އޯގަސްޓު 2025، 05:36

04 އޯގަސްޓު 2025، 05:36

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން، މެޓާ އަދި ކާބޯތަކެތި އުފައްދާ ބޮޑެތި ކުންފުނިތަކުން އެތަކެތީގައި ހުންނަ ކެމިކަލް ކުލަތައް ނައްތާލައި، ހަކުރުގެ ބާވަތްތައް ބަދަލުކުރުމަށް ނިންމި ނިންމުންތަކަކީ، އެމެރިކާގެ ރައްޔިތުންގެ ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް އެ އިދާރާއިން ކުރި މަސައްކަތުގެ ކާމިޔާބީއެއް ކަމަށް ހުށަހަޅާފައިވާއިރު، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. މި ކަންކަމަކީ ހަމައެކަނި "ފޮނި ވާހަކައެއް" ކަމަށާއި، ޙަޤީޤީ މައްސަލަތައް ފޮރުވައިލުމަށް ކުރާ ކަމެއް ކަމަށް އެމީހުން ބުނެއެވެ.

އެގޮތުން، ކްރާފްޓް ހެއިންޒް، ސްކިޓްލްސް، އަދި ޖެނެރަލް މިލްސް ފަދަ ކުންފުނިތަކުން އުފެއްދުންތަކުން ކެމިކަލް ކުލަތައް ނައްތާލުމަށް އިއުލާންކުރުމާއި، ކޯކާ ކޯލާ އިން އެމެރިކާގެ އުފެއްދުމެއް ކަމަށްވާ" ކޭން ޝުގަރ ހައި-ފްރަކްޓޯސް ކޯން" ސިރަޕްގެ ބަދަލުގައި ބޭނުންކުރުމަށް ނިންމި ނިންމުމަކީ، ރައީސް ޓްރަމްޕް "މޭކް އެމެރިކާ ހެލްތީ އަގެއިން"  ކެމްޕޭނުގެ ދަށުން ގެނައި ކާމިޔާބީއެއް ކަމަށް ވައިޓް ހައުސްއިން ވަނީ ކުރިން ބުނެފައެވެ. އެމީހުން ބުނީ، މި ބަދަލުތަކަކީ "އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދާއިމީ ޞިއްޙީ މައްސަލަތައް ހައްލުކުރުމަށް" ކުރާ ކަމެއް ކަމަށެވެ.

ނަމަވެސް، ކާނާގެ ޢިލްމީ ދާއިރާގެ މާހިރުންނާއި، ޢާންމު ޞިއްޙަތާ ބެހޭ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން މި ދައުވާތައް ބަލައެއް ނުގަނެއެވެ. އެމީހުން ބުނާ ގޮތުގައި، ކުންފުނިތަކުން މިކުރި ބަދަލުތަކަކީ ހަމައެކަނި ކޮސްމެޓިކް ބަދަލުތަކެއް ކަމަށާއި، މި ބަދަލުތައް ގެނައުމަށް ކުންފުނިތަކުން ކުރިންވެސް މަސައްކަތް ކުރަމުން ދިޔައީ ކެމިކަލް ނޫން ތަކެތި ބޭނުންކުރުމަށް ކަސްޓަމަރުންގެ ފަރާތުން އޮތް ބޮޑު ތަރުހީބަށް  ޢަމަލުކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން، ޞިއްޙީ ޚިދުމަތްތަކަށާއި، ކާނާގެ އެހީތެރިކަމަށް، އަދި ޢާންމު ޞިއްޙަތުގެ ޕްރޮގްރާމްތަކަށް ސަރުކާރުން ކުރާ ޚަރަދު ކުޑަކުރުމަކީ، އެމީހުންގެ ޞިއްޙީ މަޤްސަދުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް އެމީހުން ފާހަގަކުރެއެވެ.

ޔުނިވަރސިޓީ އޮފް ނޯތު ކެރޮލައިނާގެ ކާނާގެ ޢިލްމުގެ ޕްރޮފެސަރ ޑރ. ބެރީ ޕޮޕްކިން ވިދާޅުވީ، "މިއީ ޞިއްޙީ ގޮތުން އެއްވެސް އަސަރެއް ނުކުރާ ކޮސްމެޓިކް ބަދަލުތަކެއް. މިއީ ހަމައެކަނި މަހާ ގެ މީހުންނަށް ކާމިޔާބީއެއް ލިބުނު ކަމަށް ބުނެވޭނެ ގޮތެއް. މިއީ ހަމައެކަނި ޕީއާރު ."

ޞިއްޙީ ދާއިރާގެ ވަކީލުން ބުނާ ގޮތުގައި، ހެލްތު އެންޑް ހިއުމަން ސަރވިސަސް ޑިޕާޓްމަންޓުގެ ސެކްރެޓަރީ ރޮބާޓް އެފް. ކެނެޑީ ޖޫނިއަރ އާއި އޭނާގެ މޭކް އެމެރިކާ ހެލްދީ އަގެއިން ހަރަކާތަކީ، ޞިއްޙަތަށް ގެއްލުންދެނިވި ކާބޯތަކެއްޗާއި، ދާއިމީ ބަލިތަކާއި، ކާނާގެ ނިޒާމަށް ބޮޑެތި ކުންފުނިތަކުގެ ނުފޫޒަށް ސަމާލުކަން ހޯދައިދިނުމުގައި ބޮޑު ދައުރެއް އަދާކުރި ކަމެކެވެ. ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނަނީ، ކެނެޑީގެ ސަމާލުކަން ކެމިކަލް ކުލަތަކަށް ހުއްޓިފައިވާއިރު، ލޮނާއި، ހަކުރާއި، ސަރުބީ ގިނައިން ހުންނަ އަގުހެޔޮ، ފަސޭހައިން ލިބޭ ކާނާގެ މައްސަލައަށް ސަމާލުކަން ނުދެވޭ ކަމަށެވެ.

ޕޮޕްކިން ވިދާޅުވީ، ކެމިކަލް ކުލަތައް ނެތަސް، އައިސްކްރީމަކީ ހަމަ އައިސްކްރީމް ކަމަށާއި، ސޯޑާއަކީ ހަމަ ސޯޑާ ކަމަށެވެ.
ހެލްތު އެންޑް ހިއުމަން ސަރވިސަސް ޑިޕާޓްމަންޓުގެ ތަރުޖަމާނެއް ބުނީ، ކެނެޑީ އަންނަނީ "މުޅި ޤައުމުގައި ދާއިމީ ބަލިތައް ފެތުރުވި ހާލަތު ބަދަލުކުރަމުން" ކަމަށާއި، "ސަރުކާރުގެ ޞިއްޙީ ޕްރޮގްރާމްތަކުގައި ހުރި ބޮޑެތި ބިއުރޯކްރެސީތައް ނައްތާލައި، އިތުބާރު އަލުން އިޔާދަކުރަމުން" ކަމަށެވެ.

"ހެލްތު އެންޑް ހިއުމަން ސަރވިސަސް އަންނަނީ ދާއިމީ ބަލިތަކުގެ އަސްލު މައްސަލަތަކަށް ސަމާލުކަންދެމުން، ކުރީގެ ސަރުކާރުތަކުން އެކަންކަމަށް ބަދަލެއް ނުގެނޭ،" ތަރުޖަމާނު އިތުރަށް ބުންޏެވެ.

ނަމަވެސް، ކެނެޑީ އާއި އޭނާގެ އިދާރާއަށް އެމެރިކާގެ ރައްޔިތުންގެ ކެއުމަށް ޙަޤީޤީ ގޮތުން ބޮޑު ބަދަލެއް ގެނެވޭނީ، "އަލްޓްރާޕްރޮސެސްޑް" ކާނާތައް ވަރަށް ބޮޑަށް ކޮންޓްރޯލްކުރުމަށް ސިޔާސަތުތަކެއް ތަންފީޒުކޮށްގެން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާގެ ކާނާގެ ސަޕްލައިގެ ގާތްގަނޑަކަށް %70 އަކީ އަލްޓްރާޕްރޮސެސްޑް ކާނާތަކެވެ. މި ތަކެތީގެ ތެރޭގައި ޗިޕްސް، ކޫކީސް، ކެންޑީ، އައިސްކްރީމް، އަދި ލުއިކާނާ  ކެއުންތައް ހިމެނެއެވެ. މިފަދަ ކާނާތައް ބޭނުންކުރުމަކީ ހަށިގަނޑު މާ ބޮޑަށް ފަލަވުމާއި، ކެންސަރާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތަކާއި، އެހެނިހެން ޞިއްޙީ މައްސަލަތަކާ ގުޅުންހުރި ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.



                    

Ads by MSS

މި ލިޔުން ކިޔާލުމުން