ދުނިޔެ

30 އަހަރަށް ވުރެ ގިނަ ދުވަހަށްފަހު އެންމެ ދުވަސްވީ ބޭބީ އުފަންވެއްޖެ!

30 އަހަރަށް ވުރެ ގިނަ ދުވަހަށްފަހު އެންމެ ދުވަސްވީ ބޭބީ އުފަންވެއްޖެ!

ދުނިޔޭގެ އެންމެ ދުވަސްވީ ބޭބީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 އޯގަސްޓު 2025، 03:05

04 އޯގަސްޓު 2025، 03:05

އެމެރިކާގެ އޯހައިއޯ ސްޓޭޓުގެ ދެމަފިރިއަކަށް މިދިޔަ ހަފުތާގައި ލިބުނު ފިރިހެން ކުއްޖަކީ، 30 އަހަރަށް ވުރެ ގިނަ ދުވަހު ގަނޑުކޮށްފައި އޮތް ބިހަކުން އުފެދިފައިވާ ކުއްޖެއް ކަމަށް ބެލެވެ އެވެ. މިއީ މިހާތަނަށް ގަނޑުކޮށްފައި ބެހެއްޓި ބިހުން ކުއްޖަކު އުފަންވި އެންމެ ދިގު މުއްދަތު ކަމަށް ވެ އެވެ.


ލިންޑްސޭ އަދި ޓިމް ޕިއަރސް އޭ ކިޔާ މި ދެމަފިރިންނަކީ، އެތައް އަހަރެއް ވަންދެން ދަރިއަކު ނުލިބި އުޅުމަށްފަހު، 1994 ވަނަ އަހަރު ހަދިޔާކުރެވިފައިވާ ބިހެއް ބޭނުންކޮށްގެން ކުއްޖަކު ހޯދަން މަސައްކަތްކުރި ދެމަފިރިންނެވެ. މި މަސައްކަތަށް "އެމްބްރިއޯ އެޑޮޕްޝަން" ނުވަތަ "ބިސް ދަރިއަކަށް ބަލައިގެން ބެލެހެއްޓުން" ކިޔަ އެވެ. އެމީހުންގެ ދަރިފުޅު، މިދިޔަ ހޮނިހިރު ދުވަހު ދުނިޔެއަށް އުފަންވިއިރު، އެ ބިސް 11,148 ދުވަހު (ގާތްގަނޑަކަށް 30 އަހަރާއި 6 މަސް) ވަންދެން ވަނީ ގަނޑުކޮށްފައި ބަހައްޓާފަ އެވެ. ޕިއަރސް ދެމަފިރިންގެ ޑޮކްޓަރު ވިދާޅުވީ، މިއީ ގަނޑުކޮށްފައި ބެހެއްޓިފައިވާ ބިހަކުން ކުއްޖަކު އުފަންވި އެންމެ ދިގު މުއްދަތުގެ ރެކޯޑު ކަމަށެވެ.


މިފަދަ ކޮންސެޕްޓެއް، ނުވަތަ ގަނޑުކޮށްފައިވާ ބިސް އެހެން ފަރާތްތަކަށް ދިނުމުގެ އުސޫލު 1990ގެ އަހަރުތަކުން ފެށިގެން އޮތް ނަމަވެސް، މިހާރު ދަނީ އިތުރަށް މަގުބޫލުވަމުންނެވެ. އެއީ، ގިނަ ފަރާތްތަކުން، ހާއްސަކޮށް ނަސާރާ ދީނަށް ތަބާވާ ފަރާތްތަކުން، ބިސް ނައްތާލުމާ ދެކޮޅު ހަދާތީ އެވެ. އެމީހުން ދެކޭ ގޮތުގައި، ދިރިއުޅުން ފަށަނީ ބިސް އުފެދޭ ހިސާބުން ކަމަށާއި، ކޮންމެ ބިހެއް ވެސް ގެއެއް ބޭނުންވާ ދަރިންނެކޭ އެއްފަދައިން ބެލެހެއްޓުން ހައްގުވެފައިވާ ކަމަށެވެ.

ޕިއަރސް ދެމަފިރިންނަށް އެމީހުންގެ ބިސް ހަދިޔާކުރި 62 އަހަރުގެ ލިންޑާ އާޗާޑް ކިޔާމީހެކެވެ.
އެމެރިކާގައި ދުނިޔެއަށް އުފަންވާ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ދެ އިންސައްތަ ކުދިންނަކީ އިން ވިޓްރޯ ފަރޓިލައިޒޭޝަން (IVF) އަށް ފަހު ލިބޭ ކުދިންނެވެ. އަދި އޭގެއިން ވެސް ވަރަށް ކުޑަ އިންސައްތައެއްގައި ހިމެނެނީ ހަދިޔާކުރެވިފައިވާ ބިސް=ތަކެވެ. އެހެންނަމަވެސް، ޑޮކްޓަރުންގެ އަންދާޒާކުރާ ގޮތުގައި، އެމެރިކާގައި މިހާރު ގާތްގަނޑަކަށް 1.5 މިލިއަން ގަނޑުކުރެވިފައިވާ ބިސް ބަހައްޓާފައި ހުރި ކަމަށާއި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބިސްތަކުގެ މުސްތަގުބަލާމެދު އޭގެ ވެރިން ވަނީ ވަކިގޮތެއް ނުނިންމައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން