ކޮލަމް

މިއަދަކީ ބައިނަލްއަޤްވާމީ ބަކަމޫނާ މެދު ހޭލުންތެރިކުރުވުމުގެ ދުވަސް

މިއަދަކީ ބައިނަލްއަޤްވާމީ ބަކަމޫނާ މެދު ހޭލުންތެރިކުރުވުމުގެ ދުވަސް

ބަކަމޫނުތަކެއް.

04 އޯގަސްޓު 2025، 02:02

ކޮންމެ އަހަރަކު ވެސް އޮގަސްޓު މަހުގެ 4 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤްވާމީ ބަކަމޫނާ މެދު ހޭލުންތެރިކުރުމުގެ ދުވަސް، ނުވަތަ International Owl Awareness Day ގެ ގޮތުގައެވެ. ވީމާ، މިމުނާސަބަތުގައި، ބަކަމޫނާ ބެހޭ މުހިންމު ބައެއް މަޢުލޫމާތުތައް ޙިއްޞާކޮށްލާނަމެވެ. 

  • ބަކަމޫނުގެ ފިޔަގަނޑުގެ ޚާއްޞަކަމުން، ވަރަށް އަޑުމަޑު ގޮތެއްގައި އުދުހުމުގެ ޤާބިލުކަން ބަކަމޫނަށް ލިބިގެންވެއެވެ.

  • އަނިޔާ ވުމެއް ނެތި، ގާތްގަނޑަކަށް 270 ޑިގުރީ އަށް އެސޮރުގެ ބޯ އަނބުރާލުމުގެ ޤާބިލުކަން ބަކަމޫނަށް ލިބިގެންވެއެވެ.

  • ބަކަމޫނުގެ ލޮލަކީ ފަރާތް ފަރާތަށް އެނބުރޭ އެއްޗެއް ނޫނެވެ. ދިމަދިމާއަށް ބަލަން ބޭނުން ނަމަ، އެސޮރު ޖެހޭނީ އެސޮރުގެ ބޯ އަނބުރާލާށެވެ.
  • ބަކަމޫނުގެ ކެއުން އެސޮރު ކާލަނީ ހަމަ ހުރި ގޮތަށެވެ. އެސޮރު ކާލާ ޖަނަވާރުތަކުގެ ކަށިތައް ފަހުން އަނގައިން ބޭރުކުރެއެވެ.

  • ދިވެހި ނަން "ބަކަމޫނު" ނެގިފައިވަނީ ސިންހަޅަ "ބަކަމޫނަ" އިން ކަމުގައި ބެލެވެއެވެ.
  • އައި.ޔޫ.ސީ.އެން. (އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ) އިން މިދިޔަ އަހަރު ހާމަކޮށްފައިވާ ގޮތުގައި، ބަކަމޫނުގެ 243 ބާވަތެއް މިހާތަނަށް ދެނެގަނެވިފައިވެއެވެ. އޭގެ ތެރެއިން 5 ވައްތަރެއް މިހާރު އުވިމަރުވިގެން ނެތިގޮސްފައިވެއެވެ. ބަކަމޫނުގެ 11 ވައްތަަރަކާ މެދު ނެތިދިއުމުގެ ބިރު ހީވެފައިވާ އިރު، އިތުރު 24 ވައްތަރަކަށް ނުރައްކާ ކުރިމަތިވެދާނޭ ކަމަށް ލަފާ ކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން