ދުނިޔެ

15 އަހަރުގެ ކުއްޖެއްގެ ގައިގަ ރޯކޮށް މަރާލުމާއިއެކު އަންހެނުންގެ ސަލާމަތީ ކަންކަމާ މެދު ސިޔާސީ ދެބަސްވުންތަކެއް

15 އަހަރުގެ ކުއްޖެއްގެ ގައިގަ ރޯކޮށް މަރާލުމާއިއެކު އަންހެނުންގެ ސަލާމަތީ ކަންކަމާ މެދު ސިޔާސީ ދެބަސްވުންތަކެއް

15 އަހަރުގެ ކުއްޖާ ހޮސްޕިޓަލްގައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޯގަސްޓު 2025، 04:08

03 އޯގަސްޓު 2025، 04:08

އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ޕޫރީ ޑިސްޓްރިކްޓްގައި ކޮންބައެއްކަން ނޭގޭ  ބަޔަކު އަލިފާން ރޯކޮށްލުމުން 15 އަހަރުގެ އަންހެން ކުއްޖެގެ ގައިގެ %75 ފިހި، ދިއްލީގެ އޭއައިއެމްއެސް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާގެ ސަބަބުން މުޅި ސްޓޭޓްގައި ހިތާމަ އާއި ރުޅިވެރިކަން ފެތުރިފައިވާއިރު، އަންހެނުންގެ ރައްކާތެރިކަމާއި ފުލުހުންގެ މަސައްކަތާ ގުޅޭގޮތުން ސިޔާސީ ދެބަސްވުންތަކެއް ވަނީ ފެށިފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އޮޑިޝާގެ ބަލަންގާ ސަރަހައްދުގައި އެ ކުއްޖާ ރަހުމަތްތެރިންނާއެކު ދަނިކޮށް މަގުމެދުން ވަގަށް ނަގައި، ކޯރުގެ އައްސޭރިއަކަށް ގެންގޮސް އަލިފާން ޖެހިކަމަށް ރިޕޯޓްތައް ބުނެއެވެ. ދެ ހަފްތާއަށްވުރެ ގިނަ ދުވަހު، ފުރަތަމަ އޭއައިއެމްއެސް ބުބަނެސްވަރގައި، ދެން ދިއްލީގެ އޭއައިއެމްއެސް ހޮސްޕިޓަލްގެ ބާން އައިސީޔޫގައި ފަރުވާދެމުންދިޔަ ނަމަވެސް، އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވިފައެއް ނުވެއެވެ.

އެ ކުއްޖާގެ ބޭބެ އޭއެންއައިއަށް މައުލޫމާތު ދެމުން ބުނީ، އިއްޔެ ހެނދުނު އެމީހުންނަށް އެ ކުއްޖާ ގެ ހާލު ރަނގަޅަށް ހުރި ކަމަށް މައުލޫމާތު ދިންކަމަށެވެ. އަދި މެންދުރު ކަންތައްވީ ގޮތެއް އެމީހުންނަށްވެސް ނޭގޭ ކަމަށެވެ. ހަވީރުވީއިރު އާއިލާއަށް އެކުުއްޖާ  ކުއްޖާ ގެއްލިއްޖެއެވެ. އެ ކުއްޖާ އެނބުރި ގެއަށް އަންނާނެ ކަމަށް އާއިލާއިން އަބަދުވެސް އުންމީދު ކުރިކަމަށް އޭނާ އިތުރަށް ބުންޏެވެ.
އެ ކުއްޖާގެ ބޮޑުބޭބެ ވެސް ހަމަ މިފަދަ ހިތާމައެއް ފާޅުކޮށްފައިވެއެވެ.  އާއިލާއިން ފަރުވާއާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި، ސަރުކާރުން ދެއްވި އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހިތާމައިން ފުރިފައިވާ އެ ކުއްޖާގެ ބައްޕަ، އޭނާގެ އާއިލާ ސިޔާސީ ކަންކަމުން ދުރުކޮށްދިނުމަށް އެދުނެވެ. އަދި އެއްވެސް މީހަކަށް އިނގިލި ދިއްކުރާކަށް ބޭނުމެއް ނޫންކަމަށާއި ކޮންމެ މީހަކު ވެސް އޭނާގެ ދަރިފުޅަށްޓަކައި ދުޢާކުރުމަށް އެދުނެވެ. އަދި އެމީހުން  އެއްވެސް މީހަކަށް ފާޑުކިޔާކަށް ބޭނުންނުވާ ކަމަށް ވަނީބުނެފައެވެ. 

ދިއްލީގެ އޭއައިއެމްއެސް ޓްރޯމާ ސެންޓަރުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އަންހެން ކުއްޖާގެ ހަށިގަނޑު ވަޅުލުމުގެ ކަންތައްތަކަށްޓަކައި މިދިޔަ އާދިއްތަ ދުވަހު ބުބަނެސްވަރަށް ގެންގޮސްފައިވެއެވެ.

މި ހިތާމަވެރި ހާދިސާ ވަނީ އޮޑިޝާގައި ސިޔާސީ މައްސަލައަކަށްވެ، އިދިކޮޅު ލީޑަރުން ވަނީ ގާނޫނު ތަންފީޒުކުރުމުގެ ހާލަތު ގޯސްވެފައިވާކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފައެވެ. އޮޑިޝާ ކޮންގްރެސްގެ ޗީފް ބަކްތާ ޗަރަން ދާސް ވަނީ ކުށްވެރިން ހައްޔަރުކުރުން ލަސްވުމާމެދު ސުވާލު އުފައްދާފައެވެ.

"14 ދުވަސްވެއްޖެ، ނަމަވެސް ކުށްވެރިން އަދިވެސް ހައްޔަރުކުރެވިފައެއް ނުވޭ، އެ ކުށްވެރިން ހައްޔަރު ނުކުރާނަމަ، އަހަރެމެން އޯގަސްޓް 7 ގައި ބީޖޭޕީ އޮފީސް ވަށާލާނެ،" އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ގިނަ ފަހަރު ކުއްޖާގެ ބަޔާން ނެގުމާމެދު ވެސް ސުވާލު އުފައްދާ، އެ މަސައްކަތް "ޝައްކު އުފެދޭ" ކަމަށް ސިފަކޮށްފައެވެ.

ކޮންގްރެސްގެ މެންބަރު ސަޕްތަގިރީ އުލާކާ ވިދާޅުވީ "ސްޓޭޓް ސަރުކާރު ހޭލާނީ ކޮން އިރަކުންތޯ؟ އޮޑިޝާ ސަރުކާރަކީ އަންހެނުންނާ ދެކޮޅު ސަރުކާރެއް" ޕާޓީގެ ލީޑަރު މުމްތާޒް ޕަޓޭލް އިތުރަށް ވިދާޅުވިއެވެ. "އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން... ރައީސް އޮޑިޝާ ސަރުކާރަށް ފިއްތުން ކުރިމަތިކުރަން ޖެހޭ." މިފަދައިންވެސް ވަނީ ބުނެފައެވެ.

ބީޖޭޑީގެ މެންބަރު ސަސްމިތު ޕަޓްރާ ވަނީ މިކަމުގައި ވަރުގަދަ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. "މިފަދަ ކުށްވެރިންނަށް އަދަބު ނުދެވޭހާ ހިނދަކު، އޮޑިޝާގައި އެއްވެސް މީހަކު ރައްކާތެރިއެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން