ސައިންސް

ކަނޑުމަހުގެ ޙަޔާތް: ހުއްޓި ހުރުމުން މަރުވޭ

ކަނޑުމަހުގެ ޙަޔާތް: ހުއްޓި ހުރުމުން މަރުވޭ

ކަނޑުމަހެއް.

farudhun logo

ފަރުދުން

03 އޯގަސްޓު 2025، 03:00

03 އޯގަސްޓު 2025، 03:00

ކަނޑުމަހަކީ އެހެން މަސްމަހާމެއްސާ ޚިލާފަށް، މުޅިން ތަފާތު ޚާއްޞަކަމެއް ލިބިގެން ވާ މަހެކެވެ. ކަނޑުމަހުގެ ނޭވާލާ ނިޡާމު ފަރުމާ ކުރައްވާފައި ހުންނަ ގޮތުގެ ސަބަބުން، އަބަދުމެ ޙަރަކާތްތެރި ވޭވޭ ތިބެން އެސޮރުމެންނަށް މަޖުބޫރު ވެއެވެ. އެހެނީ، ނޭވާލުމަށް ބޭނުންވާ ޕްރެޝަރ އެސޮރުމެންނަށް ލިބެނީ ކަނޑުތެރޭގައި ހެލިފެލި ވުމުންނެވެ. މިކަމަކީ ޓޫނާ ގެ އެހެން ބާވަތްތަކަށް ވެސް ލިބިގެންވާ ޚާއްޞަކަމެކެވެ.

ކަން މިހެން އޮތުމުގެ ސަބަބުން، ކަނޑުމަހަކީ ފުރިހަމަ ގޮތެއްގައި ނިދާ މަހެއް ނޫނެވެ. އެހެނަސް، އެސޮރުގެ ޙަރަކާތްތައް ކުޑަކުޑަ ކޮށް ލަސްކޮށްލުމަށް ފަހު، އެސޮރުގެ ސިކުނޑިއަށް ވަރުބަލިފިލުމުގެ ފުރުޞަތު ކޮންމެ ވެސް މިންވަރަކަށް ފަހިކޮށްދެއެވެ. އެސޮރުގެ ޖިސްމަށް އޮކްސިޖެން ވެއްދުމަށްޓަކައި މިއީ ކޮންމެހެން ކުރާން ލާޒިމު ކަމެކެވެ.

ކަނޑުމަސް ނުވަތަ ޓޫނާގެ ބާވަތްތަކަކީ މިފަދަ ހެލިފެލިވުމާ އެކަށޭނަ ޖިސްމެއް ލިބިގެންވާ މަސްތަކެކެވެ. އެސޮރުމެންގެ "ސްޓްރީމްލައިން" ބައްޓަމާއި، ހަކަތައިގެ ވަރުގަދަކަމުގެ ސަބަބުން، ގަޑިއަކު 75 މޭލުގެ ބާރުމިނުގައި ދަތުރުކުރުމުގެ ޤާބިލުކަން އެސޮރުމެންނަށް ލިބިގެންވެއެވެ. އަބަދު ހެލިފެލިވެ އުޅެން ޖެހުމުގެ ސަބަބުން، ބޮޑެތި ޝިކާރަވެރި މަސްމަހާމެހީގެ ކިބައިން ކަނޑުމަހަށް ފަސޭހައިން ސަލާމަތްވެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން