ދުނިޔެ

ޣައްޒާގެ ކުޑަ ކުދިންގެ ޙާލަތު ނަންބަރުތަކުން

ޣައްޒާގެ ކުޑަ ކުދިންގެ ޙާލަތު ނަންބަރުތަކުން

ޣައްޒާގެ މަގެއްގައި ކުޑަ ކުއްޖަކު ހިނގާފައިދަނީ، ފޮޓޯ: ރޮއިޓާރސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 އޯގަސްޓު 2025، 02:34

01 އޯގަސްޓު 2025، 02:34

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާގެ ކުޑަ ކުދިންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. 

މައިންބަފައިންނާއި ލޯބިވާ ޢާއިލާ މީހުން މުޅި އުމުރަށް ގެއްލި، ޔަތީމުވުމުގެ އިތުރުން، އެ ކުދިން މިހާރު އަންނަނީ ބަނޑުހައި ހޫނުކަން އިންތިހާއަށް ތަޙައްމަލު ކުރަމުންނެވެ. އަދި އެ ބަނޑުހައިހޫނުކަމުގައި ދުނިޔެ ދޫކޮށްދާ ކުޑަ ކުދިން ވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މީގެ އިތުރުން، ބޮޑެތި އަނިޔާތައް ލިބި، އެ އަނިޔާތަކަށް ފަރުވާ ނުލިބި ވޭނުގައި ދެމިތިބެން ޖެހުމަކީ ވެސް އެ ކުދިން ތަޙައްމަލު ކުރަމުންދާ އިތުރު އަނިޔާއެކެވެ. 

އެ ކުދިންގެ އެ ދިރިއުޅުމަކީ، ސޯޝަލް މީޑިއާއިން ފެންނަ ޕޯސްޓަކުން އެކަމުގެ ވޭން އަހަރެމެންނަށް އިޙުސާސް ކުރެވޭނެ ކަމެއް ނޫނެވެ. އެ ހިތްދަތިކަން އެއަށްވުރެ މާބޮޑެވެ.

ޣައްޒާގެ ކުޑަކުދިންގެ ޙާލަތު ނަންބަރުތަކުން ބަލާލަމާ ހިނގާށެވެ.

  • 42،304 ކުޑަ ކުދިންގެ މަންމަ ނޫނީ ބައްޕަ ޝަޙީދުވެފައި
  • 2،236 ކުދިންގެ މަންމަ އަދި ބައްޕަ ޝަޙީދުވެ، ކުއްޖާ ޔަތީމުވެފައި
  • 2،613 އާއިލާ އެއްކޮށް ޝަޙީދުވެފައި
  • 5،943 އާއިލާގައި ދިރިހުރީ އެންމެ މީހަކު
  • 7،504 އާއިލާއިން އެކަކަށް ވުރެ ގިނަ މީހުން ޝަޙީދުވެފައި

މަންމަ ނޫނީ ބައްޕަ ޝަޙީދުވެފައިވާ ޢާއިލާތަކުގެ ތެރެއިން އެންމެ ގިނައީ ބައްޕަ ޝަޙީދުވެފައިވާ އާއިލާތަކެވެ. އެގޮތުން 4،988 ކުދިންގެ މަންމަ ޝަޙީދުވެފައިވާއިރު 37،313 ކުއްޖެއްގެ ބައްޕަ ވަނީ ޝަޙީދުވެފައެވެ. ކަންމިހެން އޮތްއިރު، ކާބޯތަކެތި ހޯދުން މިހާރު އިންތިހާއަށް އިތުރުވެފައި ވުމަކީ، ބައްޕަ ނެތް އާއިލާތަކަށް ކާބޯތަކެތި ހޯދުމަށް އޮތް އިތުރު ގޮންޖެހުމެކެވެ.

މީގެ އިތުރުން، އެވަރެޖުކޮށް ކޮންމެ 45 މިނެޓަކުން ކުޑަ ކުއްޖަކު އަންނަނީ ޣައްޒާގައި ޝަޙީދުވަމުންނެވެ. އަދި ހަނގުރާމައަށް މިހާރު 530 އަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވާއިރު، އެވަރެޖުކޮށް ދުވާލަކު 30 ކުޑަކުދިން އަންނަނީ ޝަޙީދުވަމުންނެވެ. 

އެހެންކަމުން މި ހަނގުރާމައިގައި ޝަޙީދުނުވެ ދިރިތިބި ކުދިން ކުރިމަތިލާންޖެހިފައި ވަނީ ނަފްސާނީ ބޮޑު ހިއްދަތިކަމަކާއެވެ. އެއީ އެ ކުދިންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފަދަ ހިތްދަތިކަމެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން