Ads by Stelco

ޚަބަރު

ހަތަރު ދުވަސްތެރޭ އާ ޓަރމިނަލުން 2000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތްދީފި

ހަތަރު ދުވަސްތެރޭ އާ ޓަރމިނަލުން 2000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތްދީފި

ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުގެ އާޓަރމިނަލް

farudhun logo

ފަރުދުން

31 ޖުލައި 2025، 04:09

31 ޖުލައި 2025، 04:09

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް (ޓާމިނަލް 1)ން 4 ދުވަސްތެރޭ 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފި އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވީ ޓާމިނަލް 1 އިން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1,454 ފަސިންޖަރުން ހިމެނޭހެން ޖުމުލަ 2,410 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާކަމަށް އެމްއޭސީއެލުން ވިދާޅޅުވެފައިވެއެވެ. 

ވީއައިއޭގެ ޓާމިނަލް 1 އަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިންނެވެ. އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ. އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް, މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެކަމަށްވެސް އެ ކުންފުނިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

26 ޖުލައި 2025 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި ޓާމިނަލް 1ގެ އޮޕަރޭޝަންތައް ފަށާފައިވަނީ 27 ޖުލައި 2025 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން, މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކުއެވެ.
އެ ދުވަހުން ފެށިގެން 30 ޖުލައި 2025ގެ ނިޔަލަށް މިވަނީ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ޚިދުމަތްދީފައެވެ. ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާޓަރމިނަލް ހުޅުވާފައިވަނީ މިނިވަންދުވަހާއި ގުޅުވައިގެން ކުލަގަދަ ހަފްލާއަކަށްފަހުއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން