Ads by Stelco

ޚަބަރު

ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި

ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި

ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމަށް ހަވާލުކުރުމުގެ ރަސްމިްއޔާތުގެ ތެރެއިން

farudhun logo

ފަރުދުން

31 ޖުލައި 2025، 01:05

31 ޖުލައި 2025، 01:05

ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.

ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބަދަހި އިންވެސްޓްމަންޓާއެވެ. މި މަސައްކަތަކީ ދައުލަތުން 23.7 މިލިޔަން ރުފިޔާއަަށް، 150 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަސައްކަތެކެވެ. 

ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުންނެވެ.

މިހާރު އަންނަ އަހަރުގެ ދިރާސީ އަހަރަށް ސްކޫލްތަކަށް ވެއްދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަތޮޅުތަކުން 700 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާނެކަމަށް ތަޢުލީމީ ވުޒާރާއިން ލަފާކުރެއެވެ. އަދި ގްރޭޑް އެކަކަށް 2000އަށްވުރެ ގިނަ ދަރިވަރުން ވަންނާނެކަމަށާއި 1800 އަށްވުރެ ގިނަ ދަރިވަރުން އެލްކޭޖީއަށް ވާންނާނެކަމަށް އަންދާޒާ ކުރެވޭކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން