Ads by Stelco

ޚަބަރު

ބ އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަށް އާންމުކޮށްފި

ބ އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަށް އާންމުކޮށްފި

ބ.އަތޮޅުގައި އާރުޓީއެލް ޚިދުމަތް ފެށުން

farudhun logo

ފަރުދުން

31 ޖުލައި 2025، 12:25

31 ޖުލައި 2025، 12:25

ބ އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަށް ދަތުރުފަތުރާ މަަނީ އުދުހުންތަކާބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.

އެވުޒާރާއިން ވިދާޅުވީ ބ އަތޮޅުގައި ކުރާ އާރް.ޓީ.އެލް ފެރީގެ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަށް ގެޒެޓްކޮށްފައިވާކަމަށެވެ.  މި އަގުތަކުގެ ލިސްޓު ގެޒެޓުގައި ފެންނަންހުރިއިރު، އާރް.ޓީ.އެލް މޯބައިލް އެޕްލިކޭޝަން އާއި ވެބް ޕޯޓަލް މެދުވެރިކޮށް 01 އޮގަސްޓް 2025 އިން ފެށިގެން ޓިކެޓް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ. 

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ އާރް.ޓީ.އެލް ފެރީގެ ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ކުރަމުންދާ ހިލޭ ދަތުރުތައް 03 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި 04 އޮގަސްޓް 2025 ވާ ހޯމަ ދުވަހުން ފެށިގެން ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ދަތުރު ކުރާނީ އަގު ނަގައިގެން ކަމަށާއި، މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު އެމް.ޓީ.ސީ.ސީގެ ހޮޓްލައިން 1650އިން ލިބެން ހުންނާނެކަމަށް މަޢުލޫމާތުދީފައިވެއެވެ. 


ބ.އަތޮޅުގައި އާރު.ޓީ.އެލްގެ ޚިދުމަތް ފަށާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެެވެ. ބ. އަތޮޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފެށުމަކީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ފެށި މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން، ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު، ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހި ކުރުމާއި، އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން