Ads by Stelco

ޚަބަރު

ކުޅުދުއްފުށީ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފި

ކުޅުދުއްފުށީ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފި

ކުޅުދުއްފުށީ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކުރުން: ފޮޓޯ އާރުޑީސީ

farudhun logo

ފަރުދުން

31 ޖުލައި 2025، 10:50

31 ޖުލައި 2025، 10:50

ހދ.ކުޅުދުއްފުށި ސިޓީގެ މަގުތައް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ރޯޑު ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ހަވާލުކޮށްފިއެވެ. 

އާރުޑީސީން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ކުޅުދުއްފުށި ސިޓީ ފޭސް 03ގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެކު އާރުޑީސީން ސޮއިކޮށްފައިވާކަމަށެވެ. 


މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 100.4 މިލިޔަން ރުފިޔާއަށް ސަރުކާރުގެ ޚަރަދުގައެވެ. މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސީޓީގައި 3.4 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ. 

ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކޮށްގެން 2022ވަނަ އަހަރުގެ މެދުތެރޭގައެވެ. މިޕްރޮޖެކްޓްގައި ކުޅުދުއްފުށި ސިޓީ މަގުތަކުގެ ބޮޑުބައެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. މިއާއެކު ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެހި ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. 

ކުޅުދުއްފުއްޓަކީ ތިލަދުންމަތީގެ އެންމެ އާބާދީބޮޑު އެއްރަށެވެ. ސިއްޙީ ޚިދުމަތް ހޯދުމަށާއި ވިޔަފާރީގެ ބޭނުންތަކުގެ އިތުރުން ތަފާތު އެކި ކަންކަމުގައި އެރަށަށް ގިނަ ބަޔަކު އަރާފައިބާ ހަދާތީ، އެރަށުގެ މަގުތައް ތަރައްޤީ ކުރުމަކީ ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން