Ads by Stelco

ޚަބަރު

ކުޅަދާނަކަން ލިބިގެންވާ މިންވަރުން ޣައްޒާއަށް އެހީވުމަކީ އިންސާނީ ވާޖިބެއް: ވަޒީރު ޝަހީމް

ކުޅަދާނަކަން ލިބިގެންވާ މިންވަރުން ޣައްޒާއަށް އެހީވުމަކީ އިންސާނީ ވާޖިބެއް: ވަޒީރު ޝަހީމް

އިސްލާމީ އިސްލާމީ ކަންތައްތަކާބެހޭ ވޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

farudhun logo

ފަރުދުން

31 ޖުލައި 2025، 10:19

31 ޖުލައި 2025، 10:19

ކުޅަދާނަކަން ލިބިގެންވާ މިންވަރުން ޣައްޒާއަށް އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ ކަމަށާއި، ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށެވެ. އަދި ހަމައެއާއެކު، ޣައްޒާއަށް އިންސާނީ އެހީފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.



ވަޒީރު އިތުރަށް ވިދާޅުވެފައި ވަނީ، އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެއްކަމަށެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. ދިވެހިންގެ އެހީގައި ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ފުދޭ ތަކެތީގެ ލޮރީތައް ވަނީ ޣައްޒާއަށް ވަނުމަށް ތައްޔާރަށެވެ. އެހެން ނަމަވެސް ހައްދުފަހަނަ އެޅި ޔަހޫދިން ދަނީ ފަލަސްތީނަށް އެހީ ވެއްދިޔަ ނުދީ ހިފަހައްޓަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން