Ads by Stelco

ޚަބަރު

ދެއްވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދެއްވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދެއްވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން

farudhun logo

ފަރުދުން

30 ޖުލައި 2025، 03:44

30 ޖުލައި 2025، 03:44

ގއ.ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. 

އެމްޓީސީސިން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގއ.ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއާއެކު އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާކަމަށެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފްއެވެ.



އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 60،672 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 29 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 407 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 1256 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 20 މީޓަރު ދިގު 2 މީޓަރު ފުޅާ ބުރިޖެއް ހެދުމުގެ މަސައްކަތާއި 1،980 އަކަ މީޓަރުގެ ޕޭމަންޓްގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ. މި މަޝްރޫޢަކީ 103.09 މިލިއަން ރުފިޔާއަށް 630 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް ކަމަށް އެމްޓީސީން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގް ކޮމްޕެނީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާ އެއް ކުންފުންޏެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން